ކުނިކޮތަޅު ޖެހުނީ ބިދޭސީ މަސައްކަތްތެރިޔާގެ ބޮލަށް
ހަބަރު
16 May 2026 | 13:33
ގޮތްކުޑަ އަމަލެއް: ފްލެޓްގެ ބެލްކަންޏަށް ނިކުމެ ކުނިކޮތަޅު އެ ވައްޓާލީ ބޮލަށް

ދިވެހީންނަކީ ރަނގަޅު، ހެޔޮ ސިފަތައް ގިނަ ބައެކެވެ. މީހުންގެ މައްޗަށް އޯގާތެރިކަން ބޮޑު ބައެކެވެ. އަނިޔާވެރިކަމާ، ގެއްލުން ދިނުމާއި ދެކޮޅު ބައެކެވެ.

ނަމަވެސް ދިވެހި މި މުޖްތަމައުން މި ސިފަތަކާ އިދިކީލަ ކަންކަން ބައެއް ފަހަރު ފެނެ އެވެ. ވަރަށް ލަދުވެތި އަމަލުތައް ފެންނަ ފަހަރު އާދެ އެވެ. ބައެއް ފަހަރު ފެންނަނީ ވަރަށް ގޮތްކުޑަ، އެހާމެ ދެރަވަރު ކަންކަމެވެ.

މި ފަހަރުވެސް އެފަދަ ކަމެކެވެ. މާލޭ ހިޔާގައި މިއަދު ހިނގި ކަމެކެވެ.

މާލެ ސިިޓީ ކައުންސިލުން ބުނި ގޮތުގައި ކައުންސިލް މުއައްޒަފުން، މާލެ ހިޔާ-2ގެ، ކުނި އަޅާ ސަރަޙައްދުން ކުނި ނެގުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެ ޢިމާރާތުގެ ފްލެޓެއްގެ ބަދިގެއާ ވީފަރާތު ބެލްކަނިން، ހަޑިވެފައި ހުރި ކާ އެއްޗިއްސާ، އެކި ބާވަތުގެ ކުނި އަޅާފަހުރި ކޮތަޅެއް ވަނީ ވައްޓާލާފަ އެވެ.

އަދި އެ ވަގުތު އެތާގައި މަސައްކަތްކުރަމުންދިޔަ މާލެ ސިޓީ ކައުންސިލްގެ މުއައްޒަފެއްގެ ބޮލުގައި ކޮތަޅުން ޖެހި، އެ މީހާގެ ބޯ ދުޅަވެ، އެ މީހާއަށްވަނީ އަނިޔާވެފައެވެ. ކޮތަޅުގައި ހުރީ ރިހަތަކުން މުޅި މީހާގެ ބޮލާއި ކަނދުރާ ވަނީ ހަޑިވެފަ އެވެ.

ބެލެވޭ ގޮތުން މިއީ ގަސްތުގައި ކުރި ކަމެކެވެ. ނޫނީ ބަލަންވާވަރަށް ނުބަލާ ކޮތަޅު އެއްލާލުމުގެ ނަތީޖާ އެވެ. ކޮންމެ ގޮތެއް ވެސް މިއީ އަމަލުކޮށްގެންވާނެ ގޮތެއް ނޫނެވެ. ފްލެޓްގެ ބެލްކަންޏަށް ނިކުމެ ކުނިކޮތަޅު ހޫރާލާ ގޮތަށް އޮންނަ އުސޫލެއް ނޯވެ އެވެ.

ކައުންސިލުން ވަނީ މާލެ ހިޔާ ފްލެޓްތުގެ ކުނި، އެ ކައުންސިލުން ޤަވާޢިދުން ނަގަމުން ދަނިކޮށް، މި ފަދަ ނާ ތަހުޒީބު، ދަށު ދަރަޖައިގެ ޢަމަލު ހިންގުމަކީ، އެއް ވެސް ގޮތަކުން ބަލައިގަނެވޭނެކަމެއް ނޫން ކަމަށް ބުނެފަ އެވެ. އެހެންކަމުން، މި ފަދަ ވިޔާނުދާ ޢަމަލުތައް ތަކުރާރު ނުކުރުމަށް، އިލްތިމާސް ކޮށްފައިވެ އެވެ. 

ކައުންސިލުން މިކަމާއި ގުޅޭ ޕޯސްޓްކުރުމުން އެތައް ބަޔަކު ވަނީ އެކަން ކުރި ބަޔަކު / މީހަކު ހޯދާ ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ.

ކޮމެންޓް
ޙަމަފިސާރި ތެދެއް
އެމީހުން މަޢާފަށް ނެއެދޭނަމަ ފްލެޓް އަތުލަންވެސް ޖެޙޭފަދަ ކަމެއްކަމަށް ދެކެން
16 May 2026
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ