އެމްއެންޑީއެފް ކޯސްޓްގާޑުގެ އެންމެ ހުނަރުވެރި އެއް ޑައިވަރު، ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ (ހ. 6029)-
ހަބަރު
17 May 2026 | 08:45
ޚިދުމަތުގައި 19 އަހަރު؛ ”މަހުދީއަކީ ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި ނަމޫނާދެއްކި ޝަޚްޞިއްޔަތެއް“

ވ. އަތޮޅުގައި ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ހަތަރު ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުން ދަނިކޮށް، ނިޔާވި އެމްއެންޑީއެފް ކޯސްޓްގާޑުގެ އެންމެ ހުނަރުވެރި އެއް ޑައިވަރު، ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ (ހ. 6029) އަކީ ޚިދުމަތުގައި ނަމޫނާ ޝަޚުސިއްޔަތެއް ކަމުގައި އެމްއެންޑީއެފުން ބުނެފިއެވެ.

މަހުދީ ނިޔާވުމާ ގުޅިގެން އެމްއެންޑީއެފުން ނެރުނު ތަޢުޒިޔާގެ މެސެޖުގައި ބުނީ، އޭނާ ނިޔާވުމަކީ، މުޅި ޤައުމަށް ލިބުނު ބޮޑު ހިތާމައެއް ކަމަށެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި، މަހުދީ ނިޔާވީ، ގެއްލުނު ފަތުރުވެރިން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން، ސަލާމަތީ ފިޔަވަޅުތަކާއެކު ކުރިއަށް ގެންދިޔަ "ސަރޗް އެންޑް ރިކަވަރީ" އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ.

އަދި މަހުދީގެ ކުއްލި ވަކިވުމަކީ ދިވެހި ސިފައިންނަށާއި ދިވެހި ޤައުމަށް ލިބުނު ވަރަށް ބޮޑު އުނިކަމެއް ކަމަށް އެމްއެންޑީއެފުން ނެރުނު ތައުޒިޔާގެ މެސެޖުގައި ބަޔާންކޮށްފައިވެއެވެ.

19 ޑިސެންބަރު 2005 ގައި ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތް މަހުދީއަކީ، ވޭތުވެދިޔަ 19 އަހަރު ދުވަހު އަމިއްލަ ނަފުސަށް ވުރެ ޤައުމީ ޚިދުމަތް އިސްކުރެއްވި، ހިތްވަރުގަދަ، ކެރޭ، އަދި ނަމޫނާ ސިފައިންގެ ބޭކަލެކެވެ.

ވަކިން ޚާއްޞަކޮށް، ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް ކޯސްޓްގާޑުން ހިންގާފައިވާ ބޮޑެތި އޮޕަރޭޝަންތަކުގައި އޭނާ ދައްކުވައިދީފައިވާ ޤާބިލުކަމަކީ އެންމެހާ ސިފައިން ފަޚުރުވެރިވާ ފަދަ ޚިދުމަތްތަކެއްކަމަށް އެމްއެންޑީއެފުން ފާހަގަކުރެއެވެ. 

އެމްއެންޑީއެފުން ބުނިގޮތުގައި، މަހުދީއަކީ ރާއްޖެއާއި ރާއްޖެއިން ބޭރުން ޑައިވިންގ ދާއިރާއިން މަތީ ތަމްރީނުތައް ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. އަދި ފުން ސަރަހައްދުތަކުގައި ހިންގާ އޮޕަރޭޝަންތަކަށް ޚާއްޞަކޮށްގެން ޓެކްނިކަލް ޑައިވަރުން އުފެއްދުމަށް ހިންގާ ތަމްރީނުތަކުގައި އޭނާ ދައްކުވައިދިން ހިތްވަރަކީ، ޤައުމީ ވާޖިބަށާއި އިންސާނިއްޔަތަށް އޭނާގެ ހިތުގައި އޮތް ލޯތްބާއި ޝައުޤުވެރިކަން ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ.

މަހުދީގެ ޖަނާޒާ ރޭ ބާއްވާފައިވަނީ ރަސްމީ ޢިއްޒަތުގައެވެ. އެމްއެންޑީއެފުން ވަނީ މަހުދީގެ ފުރާނައަށް މަތިވެރިވެގެންވާ ޝަހީދެއްގެ ދަރަޖަ ދެއްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާކޮށްފައެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި އޭނާގެ ޢާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވުމަށް ވެސް އެދިފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ