ހުޅުމާލެ ފޭސް ދޭކުން ގޯތި ދޫކޮށްފައިވާ ސަރަހައްދެއް... ފޮޓޯ: ވޮއިސް
ހަބަރު
17 May 2026 | 19:01
ބިންވެރިޔާ ސްކީމުން ހުޅުމާލެއިން ގޯތި ދޫކުރުމުން އެޗްޑީސީއަށް 15.9 ބިލިއަން ރުފިޔާގެ ގެއްލުމެއް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ބިންވެރިޔާ ސްކީމުން ހުޅުމާލެއިން ގޯތި ދޫކުރުމުން އެޗްޑީސީއަށް ލިބުނު ގެއްލުމުގެ އަދަދު 15.9 ބިލިއަން ރުފިޔާއަށް އަރާކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފިއެވެ.

ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ "ބިންވެރިޔާ ސްކީމުގެ ދަށުން 2023 ވަނަ އަހަރު ހުޅުމާލެއިން ދޫކުރި ގޯތިތަކާ ގުޅިގެން އެޗްޑިސީއަށް ލިބިފައިވާ މާލީ ގެއްލުމުގެ ހައްސަ އޮޑިޓްގައި ބުނެފައިވަނީ، ބިންވެރިޔާ ސްކީމްގެ ސަބަބުން އެޗްޑިސީއަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ޖުމްލަ 4،120 މީހަކަށް 1،408 ގޯތި ވަނީ ދީފައެވެ. އެއީ ބިމުގެ ޖުމްލަ ނިސްބަތަށް ބަލާއިރު، 2.8 މިލިއަން އަކަފޫޓެވެ. މީގެ ތެރޭގައި ހިމެނެނީ ހުޅުމާލެ ފޭސް ދޭކުން 1،639 ފަރާތަކަށް ވަނީ 709 ގޯތި ދޫކޮށްފައެވެ. އެއީ ޖުމްލަ 1.2 މިލިއަން އަކަފޫޓެވެ. ހުޅުމާލެ ފޭސް ތިނަކުން 2،481 ފަރާތަކަށް 699 ގޯތި ދީފައިވާއިރު މިއީ 1.5 މިލިއަން އަކަފޫޓެވެ. 

އޮޑިޓްގައި ބުނެފައިވަނީ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކުރުމަށް ނިންމާފައިވާ ބިންތަކަކީ އެޗްޑީސީގެ މިލްކިއްޔާތުގައި ހިމެނޭ އަދި އެކުންފުނީގެ މުސްތަގްބަލުގެ އާމްދަނީއަށް މުހިންމު ބިންތަކެއް ކަމަށެވެ. މި ސްކީމްގެ ދަށުން 2.8 މިލިއަން އަކަފުޓުގެ ބިން ވަކިކޮށް ދޫކުރުމުގެ ސަބަބުން އެކުންފުންޏަށް ލިބެންހުރި 14.85 ބިލިއަން ރުފިޔާ އާއި 15.93 ބިލިއަން ރުފިޔާ އާ ދެމެދުގެ އަދަދެއްގެ އާމްދަނީ ގެއްލިގެންދާނޭކަމަށް އަންދާޒާކުރެވޭކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ހިޔާ މަޝްރޫޢުތަކުގައި ބޭނުންކޮށްފައިވާ ބިމާ އަޅާބަލާއިރު، ބިންވެރިޔާ ސްކީމްގެ ދަށުން ބޯހިޔާވަހިކަމަށް ބިން ބޭނުންކޮށްފައިވާ މިންވަރު ނިސްބަތުން އިންތިހާއަށް މަތިކަމަށެވެ. 

ބިންވެރިޔާ ސްކީމުން ދޫކޮށްފައިވާ ގެވަޅެއް، ނީލަން މުދާ ވިއްކާ ތަނަކަށް ހަދާފައި..  ފޮޓޯ: ވޮއިސް

ބިންވެރިޔާ ސްކީމަކީ މާލޭގެ ރައްޔިތުންނަށް ބޯހިޔށވަހިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ފެށި ސްކީމެއް ނަމަވެސް މި ސްކީމްގެ ދަށުން ބިން ދޫކުރުމުގައި ދިރިއުޅުމުގެ ހާލަތަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަން ދެވިފައިނުވާކަން ވަނީ ފާހަގަކޮށްފައވެެ. އެގޮތުން މި ސްކީމްގެ ދަށުން ގޯތި ލިބުމަށް ކަނޑައަޅާފައިވާ ޝަރުތުތަކަކީ ހަމައެކަނި މާލޭ ގެއެއްގެ ރަޖިސްޓްރީގައި ހިމެނުމާއި، އަމިއްލަ ނަމުގައި ބިމެއް ނެތުމާއި، 18 އަހަރު ފުރިފައިވުން ފަދަ އާންމު ޝަރުތުތަކެއްކަން ފާހަގަކޮށްފައިވާއިރު، އިޖުތިމާއީ ހާލަތަށް ރިޔާއަތްކުރުމުގެ މިންގަނޑުތައް ހިމަނާފައި ނުވާަކަން ވަނީ ފާހަގަކޮށްފައެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގެވަޅެއް އޮޑިހަރުގެއެއްގެ ގޮތުގައި ބޭނުންކުރަނީ.... ފޮޓޯ: ވޮއިސް

މީގެ އިތުރުންވެސް މި ރިޕޯޓްގައި ވަނީ ވަރަށް މުހިންމު ކަންތައްތަކެއް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ބިްނވެރިޔާ ސްކީމުން ހުޅުމާލެއިން ބިންތައް ދޫކުރުމުގެ ސަބަބަުން އެޗްޑިސީން ތައްޔާރުކޮށްފައިވާ ހުޅުމާލޭގެ ދުރުރާސްތާގެ ޕްލޭނަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހި މުހިންމު ހިދުމަތްތަކަށް ހާއްސަކޮށްފައިވާ ބިންތައް ހަމައެކަނި މީހުން ދިރިއުޅެން ދީފައިވާަކަމަށް ވަނީ ބުނެފައެވެ. އެގޮތުން ތައުލީމް، އިންސްޓިޓިއުޝަނަލް، އައިޓީ، ޕާކް، ނޮލެޖްޕާކް، އޮފީސް، އަދި ދީނީ ކަންކަމަށް ކަނޑައަޅާފައިވާ 563،642 އަކަފޫޓުގެ ބިން، މި ބަދަލުގެ ސަބަބުން ބޭނުންކުރެވެން ނެތްކަން ވަނީ ފާހަގަކޮށްފައެވެ. 

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ މިކަންކަމުގެ ސަބަބުން ސިޓީއެއްގެ ތަރައްޤީއަށް ބޭނުންވާ މައިގަނޑު ވަސީލަތްތައް ހަނިވެ، ތަރައްޤީގެ ޕްލޭންތަކަށް ބުރޫއަރާނޭކަން ފާހަގަކުރެވިފައިވާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.