މިދިޔަ އަހަރުގެ ޢީދު އުފާ ހަރަކާތުގެ ތެރެއިން- ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް
ރިޕޯޓް
20 May 2026 | 08:26
ޢީދަށް މިފަހަރު ދާންވީ ދަނގެއްޗަށް؛ ތަފާތު ވާނެ، އެހާމެ އުފާވެރި ވާނެ!

ބަރަކާތްތެރި އަޟުޙާ ޢީދު ބޯމަތިވެފައިވާއިރު، ގިނަ ބައެއްގެ ސަމާލުކަން މިހާރު ހުއްޓިފައިވަނީ ޢީދު ބަންދުގައި އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ދާނެ ރަށަކާމެދުގައެވެ. ސަރުކާރު ބަންދާއެކު ލިބޭ މި ދިގު ޗުއްޓީއަކީ އާއިލާގެ ކުދިބޮޑު އެންމެން އެކުގައި ހިތްހަމަޖެހުމާއި އުފާވެރިކަން ހޯދުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނީ، އެންމެން ބައިވެރިވާ ތަފާތު ގިނަ ހަރަކާތްތަކެއް ރޭވިފައިވާ ރަށަކަށް ގޮސްގެންނެވެ. އެފަދަ އެއް މަންޒިލަކީ ޔަގީނުންވެސް އދ. ދަނގެއްޗެވެ.

ދަނގެތީ ޖަމިއްޔަތުލް ޤަލަމުން އިސްނަގައިގެން އެރަށުގެ މުއައްސަސާތަކާއި ޖަމިއްޔާތަކާއި ގުޅިގެން، ދީލަތުއެތައް ބައެއްގެ އެހީއާއެކު މިފަހަރުވެސް ޢީދުގައި ގިނަ ކުރިވަރުތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ރާވާފައެވެ.  

ޢީދު ދުވަހުގެ ހާއްސަ ހަރަކާތްތައް

ދަނގެތީގައި ޢީދުގެ ހަރަކާތްތައް ފެށިގެންދާނީ ޢީދު ނަމާދަށްފަހު ކުރިއަށްދާ އުޟުހިޔާ ކަތިލުމުގެ މުހިންމު ހަރަކާތުންނެވެ. ދަނގެތީގެ  އުޟުހިޔާ ކަތިލަން ބޭނުންވާ ފަރާތްތަކުން ބަކަރީގެ އަގު ދެއްކުމުން، އެއްވެސް ފީއަކާ ނުލައި ބަކަރި ގެނެސްދިނުމާއި، ބެލެހެއްޓުމާއި، ކަތިލުން އަދި ބެހެނިވެރިންނަށް މަސް ބެހުމުގެ އެންމެހާ ކަންކަން ޖަމިއްޔަތުލް ޤަލަމުން ކޮށްދެއެވެ.

މިދިޔަ އަހަރުގެ ޢީދު އުފާ ހަރަކާތުގެ ތެރެއިން- ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

ޢީދު ދުވަހުގެ ހަވީރު އޮންނާނީ އާއިލީ ހަވީރެވެ. މި ހަވީރަށް އަންނަ ހުރިހާ ކުޑަކުދިންނަށް ހަދިޔާ ދިނުމާއި، ތަފާތު ސްޓޯލްތަކުން ހަދިޔާ ލިބުމުގެ އިތުރުން ސްޓޭޖް އައިޓަމްތައް ހުށަހަޅައިދޭނެއެވެ. އަދި ހަވީރުގެ ބައިވެރިންގެ މެދުގައި ގުރުނަގައި، ކުޑަކުދިންނާއި ބޮޑެތި މީހުންނަށްވެސް އަގުހުރި ހަދިޔާތަކެއް ދޫކޮށްލާނެއެވެ.

މިދިޔަ އަހަރުގެ ޢީދު އުފާ ހަރަކާތުގެ ތެރެއިން- ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

ރޭގަނޑުގެ ވަގުތަކީ ދަނގެތީގައި "ބޮޑުމަސް ޝޯވް" އޮންނަ ވަގުތެވެ. މިފަހަރުވެސް ބޮޑުމަސް ޝޯވް ކުރިއަށްދާނީ ވަރަށް ތަފާތުކޮށް، މަޖާ ގޮތްތަކެއް ހިމަނައިގެންނެވެ. 

މިދިޔަ އަހަރުގެ ޢީދު އުފާ ހަރަކާތުގެ ތެރެއިން- ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

މީގެ އިތުރުން، މި އަހަރު އަލަށް ތައާރަފުކުރާ "ގަދަ ފަހުލަވާނުން" މުބާރާތްވެސް އެ ރޭ އޮންނާނެއެވެ. މި މުބާރާތުން ރަށުގެ އެންމެ ވަރުގަދަ ފަހުލަވާނު ހޮވިގެންދާނެއެވެ.

މިދިޔަ އަހަރުގެ ޢީދު އުފާ ހަރަކާތުގެ ތެރެއިން- ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

ދެވަނަ ދުވަހުގެ ކުޅިވަރުތައް

ޢީދުގެ ދެވަނަ ދުވަހުގެ ހަވީރު އޮންނާނީ ފޯރިގަދަ ވާދެމުގެ މުބާރާތެވެ. ފުރަތަމަ ޖޫނިއާ ކުދިންގެ މުބާރާތް ކުރިއަށްދާއިރު، އޭގެ ފަހުން ބޮޑެތި މީހުންގެ ވާދެމުގެ މުބާރާތް އޮންނާނެއެވެ. ވަނަވަނައަށް އަންނަ ޓީމުތަކަށް ފައިސާގެ އިނާމު ހުށަހެޅިފައިވެއެވެ.

މިދިޔަ އަހަރުގެ ޢީދު އުފާ ހަރަކާތުގެ ތެރެއިން- ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

މަސްރޭހާއި އިސްރަށްވެހިންގެ ހަވީރު

ތިން ވަނަ ދުވަހަކީވެސް ހަރަކާތްތަކުން ފުރިގެންވާ ދުވަހެކެވެ. މި ދުވަހުގެ އެންމެ ހާއްސަ ހަރަކާތަކީ "އިސްރަށްވެހިންގެ ހަވީރު" އެވެ. މި ހަވީރުގައި ރަށުގެ 70 އަހަރުން މަތީގެ އިސްރަށްވެހިންނަށް ދައުވަތު އަރުވައި، އެ ބޭފުޅުން ރަށަށާއި ގައުމަށް ކޮށްދެއްވި އަގުހުރި ހިދުމަތްތަކުގެ އަގުވަޒަން ކުރެވޭނެއެވެ. އަދި ދުނިޔެ ދޫކުރައްވާފައިވާ ހިދުމަތްތެރިންގެ ހަނދާނުގައި "ޝަޚްސުންގެ ރަންހަނދާނުގައި" ނަމުގައި ހަނދާނީ ފިލާ އެރުވުމާއި، ކުޑަކުދިންގެ ފަރާތުން އިސްރަށްވެހިންނަށް ހާއްސަ ލަވައެއް ހުށަހެޅުން އޮންނާނެއެވެ.

މިދިޔަ އަހަރުގެ ޢީދު އުފާ ހަރަކާތުގެ ތެރެއިން- ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

މީގެ އިތުރުން، އެ ދުވަހު އޮންނަ މަސްރޭހާއި، ރޭގަނޑު އޮންނަ "ރަނިރަހަ" ކެއްކުމުގެ މުބާރާތަކީ ފޯރިގަދަ ހަރަކާތްތަކެކެވެ. މި ދެ މުބާރާތުން ވަނަވަނައަށް އަންނަ ޓީމުތަކަށްވެސް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރުގެ ޢީދު އުފާ ހަރަކާތުގެ ތެރެއިން- ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

ނިންމާލުން: ރައްޔިތުންގެ ބާބަކިޔު އާއި އުމްރާ ދަތުރު

ޢީދު ހަރަކާތްތައް ނިންމާލުމުގެ ގޮތުން ހޮނިހިރު ދުވަހުގެ ރޭ މުޅި ރަށުގައި ދިރިއުޅޭ ރައްޔިތުންނާއި ޒިޔާރާތްކޮށްފައިވާ ފަރާތްތަކަށް ހާއްސަ ބާބަކިޔުއެއް އޮންނާނެއެވެ. މި ރޭގެ އެންމެ އުފާވެރި ވަގުތަކީ  ޢީދުގެ އެންމެ ބޮޑު އިނާމު ކަމަށްވާ ޤިބްލަ ހައްޖު އެންޑް އުމްރާގެ ފަރާތުންދޭ "ޢުމްރާ ދަތުރު" ގެ ނަސީބުވެރިޔާ އިއުލާންކުރާ ވަގުތެވެ.

މިދިޔަ އަހަރުގެ ޢީދު އުފާ ހަރަކާތުގެ ތެރެއިން- ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

ވުމާއެކު، މި އަހަރުގެ ޢީދު އުފާވެރިކަމާއެކު ހޭދަކޮށްލަން ދަނގެތި ނޫން ދެވަނަ މަންޒިލެއް ނެތެވެ.

އިސްލާމީ ހަމަތަކާއި، އިމުގެ ތެރޭގައި، ދިވެހި ސަގާފަތާ، އާދަކާދަތަކާ އެއްގޮތަށް، އެންމެން ގުޅިގެން، ބައިވެރިކުރުވައިގެން ކުރިއަށް ގެންދާ މި ހަރަކާތްތަކުގެ މެއިން ސްޕޮންސަރަކީ ބީއެމްއެލް އިސްލާމިކްއެވެ. މީޑިއާ ޕާޓްނަރަކީ ވޮއިސް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.