ގްލޯބަލް ސުމޫދު ފްލޮޓިލާގެ އުޅަނދުތައް.. ފޮޓޯ: ޖޭރުއްސަލަމްޕޯސްޓް
ހަބަރު
19 May 2026 | 10:40
ސުމޫދު ފްލޮޓިލާއަށް އިސްރާއީލުން ދިން ހަމަލާ ރާއްޖެ ހިމެނޭ ގޮތަށް 10 ޤައުމަކުން ކުށްވެރިކޮށްފި

އިންސާނީ އެހީގެ ސުލްހަވެރި މިޝަނެއް ކަމަށްވާ ގްލޯބަލް ސުމޫދު ފްލޮޓިލާއަށް އިސްތިއުމާރީ އިސްރާއީލުން ހަމަލާ ދިން މައްސަލައިގައި ރާއްޖެ ހިމެނޭ ގޮތަށް 10 ޤައުމެއްގެ ޚާރިޖީ ވަޒީރުން އެ ޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ.

ޤައުމުތަކުގެ ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ލޯބަލް ސުމޫދު ފްލޮޓިލާއަކީ ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ހިތާމަވެރި އިންސާނީ ކާރިސާއަށް ބައިނަލްއަޤުވާމީ ސަމާލުކަން ހޯދުމަށް ހިންގާ ސުލްހަވެރި މަދަނީ އިންސާނީ އެހީގެ އިސްނެގުމެކެވެ.

ދިވެހިރާއްޖެ، ބަންގްލަދޭޝް، ބްރެޒިލް، ކޮލޮމްބިއާ، އިންޑޮނީޝިއާ، އުރުދުން، ލީބިޔާ، ޕާކިސްތާން، ސްޕެއިން އަދި ތުރުކީގެ ޚާރިޖީ ވަޒީރުންގެ ފަރާތުން ނެރުނު މި ބަޔާނުގައި ވަނީ ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދުގައި ކުރީގެ ފްލޮޓިލާތަކަށް ވެސް އިސްރާއީލުން ހުރަސްއެޅިކަން ކަންބޮޑުވުމާ އެކު ފާހަގަކޮށް، މަދަނީ އުޅަނދުފަހަރާއި އިންސާނީ އެހީގެ ޙަރަކާތްތެރިންނަށް އަމާޒުކޮށް ދެމުންދާ ޢުދުވާނީ ޢަމަލުތައް ކުށްވެރިކޮށްފައެވެ.

އުޅަނދުފަހަރަށް ހަމަލާ ދިނުމާއި ޙަރަކާތްތެރިން ގޮތެއް ފޮތެއް ނެތި ހައްޔަރުކުރުން ފަދަ ޢަމަލުތަކަކީ ބައިނަލްއަޤުވާމީ ޤާނޫނާއި ބައިނަލްއަޤުވާމީ އިންސާނީ ޤާނޫނާ ފާޅުކަން ބޮޑު ގޮތެއްގައި ޚިލާފު ޢަމަލުތަކެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ފްލޮޓިލާގައި ބައިވެރިވި މަދަނީ ފަރާތްތަކުގެ ރައްކާތެރިކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، ވަޒީރުން ވަނީ ހައްޔަރުކޮށްފައިވާ ހުރިހާ ޙަރަކާތްތެރިން ވަގުތުން ދޫކޮށްލައި، އެ މީހުންގެ ޙައްޤުތަކާއި ކަރާމާތަށް ފުރިހަމައަށް އިޙުތިރާމު ކުރުމަށް ގޮވާލައިފައެވެ.

އަދި ސުލްހަވެރި އިންސާނީ އެހީގެ މިޝަންތަކަށް ތަކުރާރުކޮށް ހަމަލާ ދިނުމަކީ ބައިނަލްއަޤުވާމީ ޤާނޫނާއި ކަނޑުދަތުރުފަތުރުގެ މިނިވަންކަމަށް ބެލުމެއް ނެތް ކަމުގެ ހެއްކެއް ކަމަށް ފާހަގަކޮށް، ބައިނަލްއަޤުވާމީ މުޖުތަމަޢުން ޤާނޫނީ އަދި އަޚުލާޤީ ޒިންމާ ނެގުމަށާއި، މި ފަދަ އިންތިހާކުތައް ހުއްޓުވައި ޖަވާބުދާރީ ކުރުވުމަށް ފިޔަވަޅު އެޅުމަށް ވަޒީރުން ގޮވާލައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.