މާލެ ސިޓީ މޭޔަރ އާދަމް އާޒިމް
ހަބަރު
19 May 2026 | 18:25
އައު މާރުކޭޓް މަޝްރޫއު: ހަތަރު ސިޓީ ފޮނުވިއްޖެ، ސިޓީ ކައުންސިލުން ބިމެއް ނުދިން

މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްގީ ކުރުމުގެ މަސައްކަތް ނުފެށި ލަސްވަނީ ސިޓީ ކައުންސިލުން ބިން ހަވާލުނުކޮށްގެން ކަމަށް ބިނާރާ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފި އެވެ.

މަސްމާރުކޭޓާއި ތަރުކާރީ މާރުކޭޓް ހިމެނޭހެން އަޅަން ހަމަޖެހިފައިވާ ޒަމާނީ މި އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޓްރަސްޓެންގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

ނަމަވެސް އެ މަސައްކަތް މިހާތަނަށް ފެށިފައެއް ނުވެ އެވެ. ބިނާރާ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން މިއަދު ބުނީ ބިން ހަވާލުކޮށްދޭން އެދި ހަތަރު ފަހަރެއްގެ މަތީން ސިޓީ ކައުންސިލަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.

އެގޮތުން ފުރަތަމަ ސިޓީ ފޮނުވީ މާޗް 29 ވަނަ ދުވަހު އެވެ. އަދި ފައިނޭންސް ހަމަޖެހުމާއެކު ބިމަށް ވަނުމުގެ ހުއްދައަށް އެދި އޭޕްރީލް 11 ވަނަ ދުވަހު ކޮންޓްރެކްޓަރު ސިޓީ ފޮނުވާފައިވާ ކަމަށެވެ. މީގެ އިތުރުން އޭޕްރީލް  12 ވަނަ ދުވަހާއި މެއި ތިންވަނަ ވަނަ ދުވަހުވެސް ބިން ހަވާލުކޮށްދޭން އެދި ސިޓީ ފޮނުވާފައިވެ އެވެ.

މިހާރު ވަނީ ހަތަރުވަނަ ސިޓީއެއް ވެސް ފޮނުވާފަ އެވެ. އެ ސިޓީގައި އެދިފައިވަނީ މޭ 31 ގެ ކުރިން ބިން ހަވާލުކުރުމަށެވެ. 

އެ ވުޒާރާއިން ބުނީ ދެ މަސް ދުވަސްވެގެންދިޔައިރު ހަތަރު ފަހަރެއްގެ މަތީން ސިޓީ ފޮނުވައިގެން ވެސް މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބިން ހަވާލުކޮށްފައިނުވާ ކަމަށެވެ. އަދި މަޝްރޫއު ނުފެށި އޮތް ހަމައެކަނި ސަބަބަކީ އެއީ ކަމުގައި ފާހަގަކޮށްފައިވެ އެވެ.

މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ނިމުމުން ހުންނާނެ ގޮތް --

ބިނާރާ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި މި އިމާރާތުގެ ގްރަންޑް ފްލޯގައި މަސް މާރުކޭޓެއް ތަރައްގީ ކުރާނެ އެވެ. އަދި ދެވަނަ ފްލޯ އާއި ތިންވަަ ފްލޯގައި ތަރުކާރީ މާރުކޭޓެއް ތަރައްގީ ކުރާއިރު ހަތަރުވަނަ ފްލޯ ހާއްސަ ކުރާނީ ފުޑް ކޯޓްތަކަށެވެ.

މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ 126,359,594.94 އަށެވެ. މި މަޝްރޫއު ކުރިއަށް އޮތް 600 ދުވަސް ތެރޭގައި ނިންމަން ޖެހެ އެވެ.

މަޝްރޫއު ނުފެށި ލަސްވުމަކީ މަޝްރޫއުގެ އަގުބޮޑުވެ އެކަމަށް ކުރަންޖެހޭ ހޭދަ އިތުރުވާނެ ކަމެއްކަން ވެސް އެ ވުޒާރާއިން ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ