މިރޭގެ ޖަލްސާގައި މީކާއީލް ވާހަކަދައްކަވަނީ --
ހަބަރު
20 May 2026 | 00:45
ސަރުކާރު ނިންމާލުމަކުން ހަމަނުޖެހުމެއް ނާދޭ, އޭގެ ކުރީން އެމްޑީޕީއަށް ހަމަޖެހުން ގެންނަންޖެހޭ: މީކާއީލް

ރައީސް މުއިއްޒުގެ ސަރުކާރު ނިންމާލުމަކުން އެކަނި މުޅި ގައުމަށް ހަމަޖެހުން ނާންނާނެ ކަމަށާއި، އޭގެ ކުރިން އެމްޑީޕީގެ އެތެރެއަށް ހަމަޖެހުން ގެނެސް ސަފުތައް ބަދަހިކުރަން ޖެހޭކަމަށް، އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއީލް މިހެން ވިދާޅުވީ، އޭނާގެ "އިތުބާރު" ކެމްޕެއިންގެ ފަރާތުން އަންގާރަ ދުވަހުގެ ރޭ ބޮނޑިބަތް ޕާކުގައި ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ޕާޓީގެ އެތެރޭގެ އިންތިޒާމުތައް ރަނގަޅުކޮށް، އެއްބައިވަންތަކަން ގާއިމުކުރަން ޖެހޭ ކަމަށެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާ ދެކޮޅަށް މަސައްކަތްކުރި ފަރާތްތަކަށް ފާޑުވިދާޅުވަމުން އޭނާ ވަނީ، ޕާޓީގެ މެންބަރުންނަށް މިއަދު ކުރިމަތިވެފައިވާ ބިރުވެރިކަން ގެނެސްދިން ފަރާތްތަކާ ޕާޓީގެ ހުންގާނު ހަވާލުކުރަން އާންމު މެންބަރުން ބޭނުންވޭތޯ ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ އާންމު މެންބަރުން ބޭނުންވަނީ ތެދުވެރި، ބަހުގެ އިތުބާރު ހިފަހައްޓާނެ ޗެއަރޕާސަނެއް ކަމަށެވެ.

ޗެއަރޕާސަންގެ މަގާމަކީ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ކޮށާ މަގަކަށް ވެގެން ނުވާނެކަމަށް މީކާއީލް ތަކުރާރުކުރެއްވިއެވެ. އޭނާ ވިދާޅުވީ ޗެއަރޕާސަންގެ ފޯކަސް ހުންނަންވާނީ ޕާޓީ ހިންގުމަށާއި، ގޮފިތަކާއި މައި އޮފީހާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ކަމަށެވެ. އަދި 2028 ގެ ރިޔާސީ ޕްރައިމަރީއާ މެދު އާންމު މެންބަރުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި، ޗެއަރޕާސަނަކީ ވަކި ކެންޑިޑޭޓަކު އެންޑޯސްކޮށްގެން ހުންނަ ފަރާތަކަށް ވެގެން ނުވާނެ ކަމަށާއި، ރެފްރީއަކަށް ވަކި ކޮޅެއް ނުނެގޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. މީކާއީލް ވަނީ 2028 ގައި މުއިއްޒުގެ ދެވަނަ ދައުރަކަށް ފުރުސަތު ނުދިނުމަށްޓަކައި ޕާޓީގެ އެއްބައިވަންތަކަން ގެއްލުވާނުލުމަށް މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

އެމްޑީޕީގެ އެންމެ ބޮޑު އެއް ރައުސްމާލަކީ ސީދާ ވޯޓަކުން އިންތިޚާބުކޮށްފައި ތިބި ކައުންސިލަރުންކަން ފާހަގަކުރައްވައި މީކާއީލް ވިދާޅުވީ، ޕާޓީއަށް 21 އަހަރު ފުރިގެންދާއިރުވެސް ގައުމީ މަޖިލީހުގައި ކައުންސިލަރުންގެ ދައުރެއް ނެތުމަކީ ހިތާމައެއް ކަމަށެވެ. އޭނާ ވަނީ ޕާޓީގެ ކޮންގްރެސް މެދުވެރިކޮށް، ގައުމީ މަޖިލީހުގައި ކައުންސިލަރުންނަށް ބަސްކިޔޭނެ ޖާގަ ހޯދައިދެއްވާނެ ކަމަށް ވައުދުވެވަޑައިގަތެވެ. މީގެ އިތުރުން، ޕާޓީއަށް ލިބޭ ފައިސާއިން އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރަށް ވަކި މިންވަރެއް ހާއްސަކޮށް، މައި އޮފީހަށް އާދޭސް ނުދަންވައި ހަރަކާތްތައް ހިންގޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ޕާޓީގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް އަލިއަޅުވާލައްވަމުން މީކާއީލް ވިދާޅުވީ، ޕާޓީއަށް 21 އަހަރު ފުރޭއިރު އިންވެންޓްރީއަކާއި އާކައިވެއް އަދި ރެކޯޑު ބެލެހެއްޓޭނެ ނިޒާމެއް ނެތުމަކީ ބަދަލުކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އޭނާގެ އަމާޒަކީ ޕާޓީ މާލެއަށް ބަރޯސާވެފައި އޮތުން ހުއްޓުވައި، އަތޮޅުތެރޭގައި ޕާޓީ ހަރަކާތްތެރި ކުރުވުން ކަމަށް ވިދާޅުވިއެވެ.

މީކާއީލްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަރަށް ބޮޑަށް ފާހަގަކުރެއްވީ، އެމްޑީޕީއަށް މިއަދު އެންމެ ބޮޑަށް ބޭނުންވަނީ "ޖެނެރޭޝަނަލް ޗޭންޖެއް" ކަމަށާއި، ޕާޓީގެ ކުރިމަގު އޮތީ އާ ޒުވާން ޖީލަކަށް ފުރުސަތު ދީގެން ކަމަށެވެ. 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނީ ޕާޓީގެ އާންމު މެންބަރުން އަނެއްކާވެސް ކަށިން ހިތްވަރު ނެރެގެން، ބަހުގެ އިތުބާރު ހިފަހައްޓާނެ ތެދުވެރި، އާ ލީޑަރޝިޕަކާ ޕާޓީ ހަވާލުކޮށްގެންކަން ފާހަގަކުރައްވައި، އެ ބަދަލު ގެނެސްދެއްވާނެ ކެންޑިޑޭޓަކީ އޭނާ ކަމުގެ ޔަގީންކަން މީކާއީލް ދެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ