ހިމަބިހި ޖެހިފައިވާ މީހެއްގެ އަތެއް. ފޮޓޯ: ގޫގުލް
ހަބަރު
20 May 2026 | 17:08
ހިމަބިހި ޖެހުނު މީހުންގެ އަދަދު ހަތަކަށް، 74 ކޮންޓެކްޓުން

މި އަހަރުގެ މިހާތަނަށް ހިމަބިހި (މީސަލްސް) ހަތް މީހަކަށް ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން ބުނީ، މި ކޭސްތައް ފެނުމާ ގުޅިގެން ސިއްހީ ޓީމުތަކުން މިހާރު ދަނީ އާއްމުކޮށް އަމަލުކުރާ އުސޫލުގެ މަތިން ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މި ކޭސްތަކުގެ 74 އަށް ވުރެ ގިނަ ކޮންޓެކްޓުން ފާހަގަ ކުރެވިފައިވެ އެވެ.

ބަލި ޖެހުނު ގޮތް ދެނެގަތުމަށް ކޭސް އިންވެސްޓިގޭޝަން ހެދުމާއި، ބަލި މީހުންނާ ދިމާވި މީހުން ނުވަތަ ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށް އެ އެޖެންސީން ބުނެ އެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ ހަތް ކޭސް ރިޕޯޓްކޮށްފައިވާއިރު މީގެ ތެރޭގައި ރާއްޖެއިން ބޭރުން ބަލި ޖެހިގެން ރާއްޖެ އައިސްފައިވާ މީހުން ހިމެނޭ ކަމަށް އެޗްޕީއޭ އިން ފާހަގަކުރެއެވެ.

މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައާއި ރާއްޖެއާ ގާތް ގައުމުތަކުގައިވެސް ހިމަބިހި ފެތުރޭ މިންވަރު އިތުރުވަމުންދާ ދުވަސްވަރެކެވެ.

އެހެންކަމުން، ބަލިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ހުން އައުމާ އެކު ހަށިގަނޑުން ރަތް ތިކިތަކެއް ފެންނަން ފަށައިފިނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެ އެވެ.

ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔަކަށް ވީނަމަވެސް، ދޭތެރެއަކުން މިފަދަ ކޭސްތައް ފެންނަމުންދާތީ އާންމުން ސަމާލުވުމަށް ސިއްހީ މާހިރުން ލަފާދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Jul 2026
ފަހަތުން އަރައި އިނގިރޭސިން ބަލިކޮށް، އާޖެންޓީނާ ފައިނަލަށް
ވަރލްޑްކަޕް ސެމީފައިނަލުގައި އާޖެންޓީނާ ނިކުންނާނީ ސްޕެއިން އާ ދެކޮޅަށެވެ
15 Jul 2026
ބީއެމްއެލްގެ ސީއީއޯ މިއަދުވެސް ދެއްވީ، 4،000 އެޕާޓްމަންޓްގެ ޔަގީންކަން
ޝަރީފް ވިދާޅުވީ، 4،000 އެޕާޓްމަންޓަކީ ހަމައެކަނި ކަރުދާހުގައި އޮތް އަދަދެއް ނޫން ކަމަށެވެ
15 Jul 2026
ފުލުހުން އިލްތިމާސްކުރީ މެޗުގެ ފޯރީގައި އެހެން މީހުންނަށް އުނދަގޫނުކުރަން
މިރޭ ދަންވަރު 12:00 ކުޅޭ މިމެޗު ބަލަން ގިނަ އަދަދެއްގެ ސަޕޯޓަރުން ތައްޔާރުވަމުންދާއިރު، ފުލުހުން ބުނީ ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތުތަކަކަށް ވުމާއެކު، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަކުރުމާއި، ބާރަށް ލަވަޖެހުމުގެ އިތުރުން އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ ކަންކަމުން ދުރުހެލިވާންޖެހޭ ކަމަށެވެ. މިއީ އެހެން މީހުންނަށް ނުހަނު ބޮޑަށް އުނދަގޫވާނެ ކަންކަންކަން ފުލުހުން ފާހަގަކުރެއެވެ.
15 Jul 2026
ކޯޓުން ބަންދުކޮށްފައިވާ ގެއަކަށް ވަތް ދެ މީހަކު ޑްރަގާއެކު ހައްޔަރު ކޮށްފި
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ސ.މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުންނެރުނު އަމުރާ ގުޅިގެން ސ.މަރަދޫފޭދޫ / އުއްމީދު ބަންދުކޮށްފައިވަނީ ޖޫން 15 ވަނަ ދުވަހުއެވެ.
15 Jul 2026
އަލަތު ކައިވެނީގެ ވަލީމާ ބޭއްވުމަށް މާލެއިން ހިލޭ ޖާގަ ހަމަޖައްސައިދެނީ
ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވަނީ، މި ޚިދުމަތް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އުސޫލުތައް އެކުލަވާލައި، ވީ އެންމެ އަވަހަކަށް އެ ތަފްސީލުތައް އާންމުކޮށް އިއުލާނުކުރުމާއެކު ފުރުސަތު ހުޅުވާލުމަށެވެ.
15 Jul 2026
ބީއެމްއެލްގެ ބްރާންޗް ވިއުގަ 55 އަށް: އަލަށް 7 ބްރާންޗެއް ހުޅުވައިފި
ބޭންކިންގ ޚިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މިއަދު ޚިދުމަތް ދޭން ފެށި ބްރާންޗުތައް ހުންނަނީ ހއ. ހޯރަފުށި، ށ. ކަނޑިތީމު، ރ. އަލިފުށި، ޅ. ހިންނަވަރު، އދ. މާމިގިލި، ގއ. ގެމަނަފުށި އަދި ލ. މާވަށުގައެވެ.
15 Jul 2026
ސެމީ ފައިނަލަށް ރެފްރީއެއް ކަނޑައެޅުން
އާޖެންޓީނާ-އިންގްލެންޑް ސެމީ ފައިނަލް ރެފްރީކުރުމަށް އެމެރިކާގެ އިސްމާއިލް އެލްފަތު ހަމަޖައްސާފައިވާއިރު، މެސީ ބައިވެރިވި މެޗުތަކުގައި އޭނާ ރެފްރީކުރި ކޮންމެ މެޗަކުންވެސް އިންޓަރ މިއާމީ ފުރިހަމަ ޕޮއިންޓް ހޯދާފައިވާކަން ސޯޝަލް މީޑިއާގައި ފާހަގަކުރެވިފައިވެއެވެ.
15 Jul 2026
ޒުވާން ވިޔަފާރިވެރިންނަށް ރަހުނަކާ ނުލައި ލޯނު ދޫކުރާ ސްކީމެއް
ދިވެހި ޒުވާނުންނަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފެށުމަށާއި، އައު އީޖާދީ ޚިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން "ޔޫތު އެންޓަރޕްރަނަރޝިޕް ފައިނޭންސިންގ" ފެސިލިޓީ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.