ގަދަ ފަހުލަވާނު މުބާރާތާ ގުޅޭ ފޮޓޯއެއް-
ހަބަރު
22 May 2026 | 10:53
ދަނގެތި ޢީދުއުފާ: އެންމެ ”ގަދަ ފަހުލަވާނު“ ހޮވުމަށް މުބާރާތެއް؛ ޢީދަށް އަންނަ މެހެމާނުންނަށްވެސް ބައިވެރިވެވޭނެ

ކުރިއަށް އޮތް ބަރަކާތްތެރި އަޟުހާ ޢީދު ފާހަގަކުރުމަށް ދަނގެތީގައި ކުރިއަށް ގެންދާ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޢީދުއުފާ އިމުގެ ތެރޭގައި ފާހަގަކުރުމަށް ދަނގެތީ ޖަމިއްޔަތުލް ޤަލަމުން އިސްނަގައިގެން، އެރަށު މުވައްސަސާތަކާއި، މަދަނީ ޖަމިއްޔާ ތަކާއި ގުޅިގެން ގިނަ ހަރަކާތްތަކަކާއި މުބާރާތްތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

އެގޮތުން، މި އަހަރުގެ ކުޅިވަރުތައް ހިންގުމުގައި، އެ ރަށު ޖަމިއްޔަތުލް އަންވާރު، ދަނގެތީ ސިއްހީ މަރުކަޒު، ދަނގެތީ މަސައްކަތްތެރިންގެ ޖަމިއްޔާ، އަންހެނުންގެ ތަރައްގީއަށް މަަސައްކަތްކުރާ ކޮމިޓީ، ދަނގެތި ޕޮލިސް ސްޓޭޝަން، ދަނގެތީ ޔޫތު ސެންޓަރު، ދަނގެތީ ސްޓެލްކޯ އަދި އަލް އަސްރު ބައިވެރިވެއެވެ.

އެގޮތުން، ބާއްވާ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، އެންމެ ފާހަގަކޮށްލެވޭ އެއް މުބާރާތަކީ މިފަހަރު އަލަށް ބާއްވާ ”ގަދަ ފަހުލަވާނު“ މުބާރާތެވެ. މިއީ، އެންމެ ވަރުގަދަ މީހެއް ހޮވުމަށް ފިރިހެނުންނަށް ޚާއްސަ ކޮށްގެން ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގައި ބައިވެރިވާ މީހުންގެ ބުންވަރު ހުރި މިންވަރެއް ބެލުމަށް ތަފާތު މަސައްކަތްތައް ހަވާލުކުރެވޭއިރު، މަސައްކަތްތައް އަވަހަށް ނިންމައި އެއީ "ގަދަ ފަހުލަވާނު“ ކަން ސާބިތުކޮށްދޭ މީހާއަށް 3000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.

މި މުބާރާތުގެ އިތުރުން، ޒުވާނުންގެ ވާދެމުގެ މުބާރާތަކާއި، ބޮޑެތި މީހުންގެ ވާދެމުގެ މުބާރާތެއްގެ އިތުރުން މަސްރޭހެއްވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. 

ކޮންމެ މުބާރާތަކުންވެސް ވަނަވަނައަށް އަންނަ ފަރާތްތަކަށް ފައިސާގެ އިނާމް ދިނުމަށް ވަނީ ނިންމާފައެވެ.

މުބާރާތްތަކުގައި ބައިވެރިވުމަށް އަންނަނިވި ލިންކުތައް މެދުވެރިކޮށް ފޯމު ފުރުމުން ބައިވެރިވެވޭވެނެ ކަމަށް ޖަމިއްޔަތުން ޤަލަމުން ބުނެއެވެ. 

ގަދަ ފަހުލަވާނު: https://forms.gle/WqfGrtYaQME5SKvV8

ޒުވާނުންގެ ވާދެމުން މުބާރާތް: 

https://forms.gle/KeCPpkG4Tn1JqgSG9

ބޮޑެތި މީހުންގެ ވާދެމުން މުބާރާތް: 

https://forms.gle/XKDw5ZvKzcGPT3n39

މަސްރޭސް:

https://forms.gle/NZSg4NDLVMRKFdnXA

ޢީދަށް ދަނގެއްޗަށް ޒިޔާރަތްކުރާ މެހެމާނުންނަށްވެސް މުބަރާތްތަކުގައި ބައިވެރިވެވޭނެ ކަމަށް ޖަމިއްޔަތުލް ޤަލަމުން ބުނެއެވެ. 

އިސްލާމީ ހަމަތަކާއި، އިމުގެ ތެރޭގައި، ދިވެހި ސަގާފަތާ، އާދަކާދަތަކާ އެއްގޮތަށް، އެންމެން ގުޅިގެން، ބައިވެރިކުރުވައިގެން ދަނގެތީގައި ކުރިއަށް ގެންދާ މި ހަރަކާތްތަކުގެ މެއިން ސްޕޮންސަރަކީ ބީއެމްއެލް އިސްލާމިކްއެވެ. މީޑިއާ ޕާޓްނަރަކީ ވޮއިސް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.