ލީވާން ޖަލުން މިނިވަންވެފައި-
ހަބަރު
22 May 2026 | 12:49
ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން ނޫސްވެރިޔާ ލީވާން މިނިވަންވެއްޖެ

އަދަދުގެ ލީވާން އަލީ ނަސީރު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ތަންފީޒުކޮށް ނިމުމުން އޭނާ މިނިވަންވެއްޖެއެވެ.

ލީވާން އާއި އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ކޯޓުން ނެރުނު އަމުރާއި ހިލާފުވި ކަމަށް ކަނޑައަޅައި ޖަލަށް ލާފައިވަނީ މިމަހު 12 ވަނަ ދުވަހުއެވެ. 

އެގޮތުން ޝަހުޒާން 15 ދުވަހަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ. އަދި ލީވާން 10 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފައިވެ އެވެ. ލީވާންގެ ބަންދު މުއްދަތު ހަމަވުމުން އޭނާ ވަނީ މިއަދު މިނިވަންވެފައެވެ. ޝަހުޒާން އަދިވެސް ހުރީ ޖަލުގައެވެ. 

ޝަހުޒާނަށް ތުހުމަތު އޮތީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ބޭއްވެވި ނޫސްވެރީންގެ ބައްދަލްވުމުގައި އެ އަމުރާއި ހިލާފަށް ވާހަކަ ދެއްކުމުންނެވެ. ލީވާނަށް އޮތީ އެ އަމުރާއި ހިލާފަށް ހަބަރެއް ލިޔުމުގެ ތުހުމަތެވެ.

ކޯޓުން ވަނީ ކޯޓްގެ ހުރުމަތް ކެނޑިކަން ސާބިތުވާ ކަމަށް ކަނޑައަޅާ ޝަހްޒާން 15 ދުވަހަށް ޖަލަށް ލުމަށާއި 25,000 ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ.

އަދި ލީވާން 10 ދުވަހަށް ޖަލަށްލައި 25,000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވެ އެވެ.

އަދަދުން ހެދި ޑޮކިއުމަންޓްރީއަކާއި ގުޅިގެން ތަހުގީގެއް ހިންގާ އެ ނޫހުގެ އިސް ދެ ވެރީން ކަމަށްވާ ހުސައިން ފިޔާޒްއާ ހަސަން މުހައްމަދުގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ.

ކޮމެންޓް
.
ވީއައިޕީ ޚިދުމަތް ދިނަސް ބުނާނެ އަނިޔާ ކުރީއޭ! މިހާރު ރާއްޖޭގެ ނޫސްވެރިންނަށް އިތުބާރެއް ނުކުރަން!!!!!!!
22 May 2026
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ