ހުޅުމާލެ
ހަބަރު
23 May 2026 | 15:12
ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ވާނީ ކަރަންޓް ދީފައި: ސްޓެލްކޯ

ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓް އަލުން ދެވިފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްތެލްކޯގެ ކަރަންޓް ދިނުމުގެ ނިޒާމަށް ކުރިމަތިވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިއަދު ވަނީ މާލެ ހިމެނޭހެން މުޅި ހުޅުމާލެއިން ކަރަންޓް ކެނޑިފައެވެ. ސްޓެލްކޯއިން އެންމެފަހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކަރަންޓް ކެނޑުނު ހުޅުމާލޭގެ ހުރިހާ ހިސާބަކަށް މިހާރު އަލުން ކަރަންޓް ދީ ނިމިފައިވާކަމަށެވެ.

ސްޓެލްކޯއިން ބުނީ މާލޭގެ ހުރިހާ ހިސާބަކަށް ކަރަންޓް ދީ ނިންމުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ސްޓެލްކޯއިން ބުނީ މާލެ އަދި ހުޅުމާލެއިން ކަރަންޓް ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އެގޮތުން މިއަދު ކަރަންޓް ދިޔައީ ހުޅުމާލޭގެ 50 މެގަވޮޓްގެ އިންޖީނުގެ އަޕްގްރޭޑް ކުރުމަށް ރާވާފައިވާ މަސައްކަތްތަކުގެ ތެރެއިން ދިމާވި މައްސަލައަކާ ގުޅިގެން، ބައެއް އިންޖީނުތައް ވަގުތީ ގޮތުން ހުއްޓުމަކަށް އައިސްގެންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Jul 2026
އާޖެންޓީނާ މެޗަށް ރައިސް ފިޓްވާނެކަން އެނގޭނީ އަދި ފަހުން: ޓުޗެލް
ޓުޗެލް ބުނީ ރައިސްގެ ބަލި ހާލަތަށް ހެޔޮ ބަދަލެއް އައިސްފައިވާކަމަށާއި، އާޖެންޓީނާ މެޗަށް ފިޓްވުމުގެ އުއްމީދު ބޮޑުކަމަށެވެ
14 Jul 2026
އެމެރިކާ ވަޢުދާ ޚިލާފުވާނަމަ އީރާނުންވެސް ފުއްދާނެ ވަޢުދެއް ނެތް: އީރާން
އެމެރިކާއިން ފަހިކޮށްފައިވާ ވަޢުދުތަކާ ޚިލާފުވަމުންދާ ކަމަށް ބުނެ، ޕާކިސްތާނުގެ ސެހިކަމުގައި ހެދި އެއްބަސްވުމުގެ ދަށުން ޢަމަލުކުރަން ޖެހޭ ކަންކަން ނުކުރާނެ ކަމަށް އީރާނުން އިންޒާރު ދީފިއެވެ.
14 Jul 2026
ބަންގްލަދޭޝްގެ ފެންބޮޑުވުމުގައި 51 މަރު
ބަންގްލަދޭޝްގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެ 51 މީހުން މަރުވެފައިވާއިރު 10 ލައްކައަށްވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވެއެވެ. ބޮޑުވަޒީރު ވަނީ ރައްޔިތުންގެ ފުރާނަ ރައްކާތެރިކުރުމަށް އަމުރުކުރައްވާފައެވެ.
14 Jul 2026
މާލެއަށް މިފްކޯ ހިކިމަސް ކާރުޚާނާ
މިފްކޯ އިން ކަނޑުއޮތްގިރި ފިޝް ވިލެޖުގައި ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައިފިއެވެ. މިއީ މާލެ ސަރަހައްދުގެ ފިހާރަތަކަށް ސީދާ ޚިދުމަތްދިނުމަށް ފެށުނު ފެށުމެކެވެ.
14 Jul 2026
ހިމަބިހީގެ ކޭސްތައް 144 އަށް
ވޭތުވެދިޔަ ހަފުތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 23 ކޭސް ފެނި، މިއަހަރު ޖުމުލަ އަދަދު 144 އަށް އަރައިފިއެވެ. މިހާތަނަށް 7100 ފަރާތަކަށް ވެކްސިން ދެވިފައިވެއެވެ.
14 Jul 2026
މަގުތައް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރަން އޮފީހެއް ހެދީ އެންމެން ގުޅިގެން މަސައްކަތްކުރަން: ސައީދު
މިނިސްޓަރު ސައީދު ވިދާޅުވީ، މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ މަގުތައް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް އޮފީހެއް ގާއިމްކުރީ މިހާރު ހުރި ސިސްޓަމްގެ ތެރެއިން ކަމާބެހޭ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމަށް ކަމަށެވެ
14 Jul 2026
އިސްލާޙްތަކާއެކު ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް މަޖިލީހުން ފާސްކޮށްފި
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލް ފާސްކޮށްފައިވަނީ ހާޒިރުވި 58 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ނުދެއްވައެވެ.
14 Jul 2026
ކުދިންގެ ސްކްރީން ޓައިމް މަދުކުރާނީ ކިހިނެއް؟
މިއަދުގެ ޑިޖިޓަލް ޒަމާނުގައި ދަރިން ސްކްރީނާ ދުރުކުރުމަކީ ވަރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ ކަމެކެވެ. ހަމަ އެހެންމެ އެނގެން ޖެހޭ ޙަޤީގަތަކީ ސްކްރީން ޓައިމް މަދުކުރުމަކީ ހަމައެކަނި ޑިވައިސްތަކާ ކުދިން ދުރުކުރުމެއްވެސް ނޫންކަމެވެ. އެކްޓިވް ސްކްރީން ޓައިމްއަކީ ކުދިންނަށް އޭގެން ފައިދާކުރާނެ ކަމެއްކަމެވެ. މަދުކުރަން މަސައްކަތް ކުރަންވީ ކުދިންނަށް ގެއްލުންލިބޭ ގޮތަށް ސްކްރީނާއެކު ކުދިން ހޭދަކުރާ ވަގުތެވެ.