ރާއްޖޭގެ ޓީމް ފުރުމުގެ ކުރިން.. ފޮޓޯ: ވަން ސްޕޯޓްސްއެމްވީ
ހަބަރު
23 May 2026 | 20:55
ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޓީމް ގޯއާއަށް ފުރައިފި

ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސީނިއާ ޤައުމީ ޓީމް ގޯއާއަށް މިއަދު ފުރައިފިއެވެ.

ސާފް ވިމެންސް ޗެމްޕިއަންޝިޕް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަދުވަހު އިންޑިއާގެ ގޯއާގައެވެ. ރާއްޖޭގެ ޓީމް މިއަދު ގޯއާއަށް ދިއުމަށް ފުރާފައިވާއިރު، މި މުބާރާތަކީ މިހާތަނަށް ރާއްޖެއަށް އުނދަގޫވާނެ އެއް މުބާރާތަށް ވެގެންދާނޭކަމަށް ތަޖުރިބާކާރުން ވަނީ ފާހަގަކޮށްފައެވެ.

މިފަހަރު ރާއްޖެ ހިމެނޭ ގްރޫޕް ބީއަކީ މަރުގެ ގްރޫޕެވެ. މި ގްރޫޕްގައި ހިމެނެނީ ދިވެހިރާއްޖޭގެ އިތުރުން ބަންގްލަދޭޝް އާއި އިންޑިއާ އެވެ. ބަންގްލަދޭޝްއަކީ މިދިޔަ ފަހަރުގެ މުބާރާތުގެ ޗެމްޕިއަނުންނެވެ. އަދި އިންޑިއާއަކީ އަބަދުވެސް ރާއްޖެއަށް އެންމެބޮޑަށް އުނދަގޫކުރާ ޓީމެވެ. އިންޑިއާއިން ވަނީ މި މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފައެވެ.

މިފަހަރުގެ މުބާރާތުގައި ހަ ޤައުމަކުން ވާދަކުރެއެވެ. ރާއްޖެ ހިމެނޭ ގްރޫޕްގެ އިތުރުން ދެން ވާދަކުރަނީ، ބޫޓާން، ނޭޕާލް އަދި އަވައްޓެރި ސްރީލަންކާއެވެ.

މިފަހަރުގެ މުބާރާތުން އެއްފަރާތްވި ޓީމަކީ ޕާކިސްތާނެވެ. އެޓީމް މުބާރާތައް ނުދާން ނިންމީ އިންޑިއާގައި މުބާރާތް ބާއްވާތީއެވެ. ޕާކިސްތާނު ސަރުކާރުން ވަނީ އެޤައުމުގެ ޓީމް އިންޑިއާއަށް ނުފޮނުވާނޭކަމަށް ބުނެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.