ކޮކްރޯޗް ޖަންތާ ޕާޓީ-
ދުނިޔެ
24 May 2026 | 11:09
އިންޑިއާ ސަރުކާރަށް ފާޑުކިޔާ 'ކޮކްރޯޗް ޖަންތާ ޕާޓީ'ގެ ވެބްސައިޓް ބަންދުކޮށްފި

އިންޑިއާގެ ވެރިކަންކުރާ ޕާޓީއަށް މަލާމާތްކުރުމުގެ ގޮތުން އުފައްދާފައިވާ ސިޔާސީ ހަރަކާތެއް ކަމަށްވާ "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ގެ ރަސްމީ ވެބްސައިޓް އިންޑިއާ ސަރުކާރުން ބަންދުކޮށްފައިވާ ކަމަށް އެ ހަރަކާތް އުފެއްދި ފަރާތުން ތުހުމަތުކޮށްފިއެވެ.

މި ހަރަކާތް އުފެއްދި، ބޮސްޓަން ޔުނިވަރސިޓީގައި ކިޔަވަމުންދާ އަބީޖީތު ދިޕްކޭ ހޮނިހިރު ދުވަހު އެކްސްގައި ބުނީ، އެ ޖަމިއްޔާގެ "އައިކޮނިކް" ވެބްސައިޓް ސަރުކާރުން ހުއްޓުވާފައިވާ ކަމަށެވެ. އަދި އޭނާގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓާއި ސީޖޭޕީގެ އިންސްޓަގްރާމް އެކައުންޓް ވެސް ހެކްކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ. 

ނަމަވެސް މިހާރު ވަނީ އެ ވެބްސައިޓްތަކާއި އެކައުންޓްތައް އަންބްލޮކް ކޮށް ވަދެވޭގޮތް ހަދާފައެވެ.

މި ހަރަކާތް ދިޕްކޭ ފެށީ މީގެ ހަފުތާއެއް ކުރިން، އިންޑިއާގެ ޗީފް ޖަސްޓިސް ސޫރިޔާ ކާންތު ދެއްކެވި ވާހަކައާ ގުޅިގެންނެވެ. ޖަސްޓިސް ކާންތު ވަނީ ވަޒީފާނެތް ޒުވާނުންނަކީ "ކޮކްރޯޗް" ނުވަތަ ކުރަތްޕާ އެއްފަދަ ބައެއް ކަމަށް ސިފަކުރައްވާފައެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެއީ ފޭކު ސެޓުފިކެޓު ހޯދާ މީހުންނަށް ނިސްބަތްކުރެއްވި ބަހެއް ކަމަށް ވިދާޅުވެ އެކަން ސާފުކޮށްދެއްވާފައެވެ.

"ކޮކްރޯޗް ޖަންތާ ޕާޓީ" ނުވަތަ ސީޖޭޕީގެ ނަން ނިސްބަތްކޮށްފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބާރަތިޔާ ޖަންތާ ޕާޓީ (ބީޖޭޕީ) އަށެވެ. އުފެދުނުތާ އެންމެ ހަފުތާއެއްގެ ތެރޭގައި ސީޖޭޕީގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު 22 މިލިއަނަށް އަރާފައިވާއިރު، އިންޑިޔާގެ އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ ބީޖޭޕީގެ އިންސްޓަގްރާމްގައި ތިބީ 9 މިލިއަން ފޮލޯވަރުންނެވެ.

ދިޕްކޭ ބުނި ގޮތުގައި ފާއިތުވި ހަފުތާގައި އެއް މިލިއަން މީހުން މި ހަރަކާތާ ގުޅިފައިވެއެވެ. މި ހަރަކާތުން މިހާރު ކެމްޕޭން ކުރަމުންދަނީ އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރާ ޕްރަދާން އިސްތިއުފާ ދިނުމަށެވެ. މެޑިކަލް އެންޓްރަންސް އިމްތިހާނުގެ ކަރުދާސްތައް ލީކުވި މައްސަލައިގައި މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލާ ސީޖޭޕީން ތައްޔާރުކުރި ޕެޓިޝަނެއްގައި 6 ލައްކަ މީހުން ވަނީ ސޮއިކޮށްފައެވެ.

މި ހަރަކާތުގެ މަގްސަދާ ގުޅޭގޮތުން އަލްޖަޒީރާއާ ވާހަކަދައްކަމުން ދިޕްކޭ ބުނީ، ވެރިކަމުގައި ތިބި މީހުން ގަބޫލުކުރަނީ ރައްޔިތުންނަކީ ކުރަފި ނުވަތަ ސޫފިތަކެއް ކަމަށެވެ.

"އެމީހުން ދަންނަންޖެހޭނެ ކުރަފި އާލާވަނީ ކުނިވެފައިވާ ތަންތަނުގައިކަން. މިއަދު އިންޑިއާގެ ހާލަތަކީ އެއީ،" އޭނާ ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.