ރާޝިދާ ޔޫސުފް :. -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
24 May 2026 | 14:15
މުސާރަ އެންމެ ބޮޑުވާންޖެހޭނީ އެންމެ ބުރަކޮށް މަސައްކަތް ކުރާ ޓީޗަރުންނާ ނަރުހުންގެ: ރާޝިދާ

މި ގައުމުގައި އެންމެ ބުރަކޮށް މަސައްކަތްކޮށް، އެންމެ ބޮޑު ޒިންމާއެއް އުފުލާ ޓީޗަރުންނާއި ނަރުހުންގެ މުސާރަ، ދައުލަތުގެ ތިން ބާރުގެ އިސްވެރިން ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ވުރެ ބޮޑުވާން ޖެހޭނެ ކަމަށް ކުރީގެ ވަޒީރު ރާޝިދާ ޔޫސުފް ވިދާޅުވެއްޖެއެވެ.

ރާޝިދާގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި އެންމެ ގިނަ ވަގުތު، އެންމެ ބުރަކޮށް، އަދި އެހާމެ ޒިންމާދާރުކަން ބޮޑު މަސައްކަތެއް ކުރަނީ ޓީޗަރުންނާއި ނަރުހުން ކަމަށެވެ.

މީހުންގެ ފުރާނައާ ސީދާ ގުޅިފައިވާ މި މަސައްކަތްތަކަކީ ޝުކުރުގެ ބަހެއް މަދު ފަހަރަކު ނޫނީ ނުލިބޭ ވަޒީފާތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޚާއްޞަކޮށް ޓީޗަރުންނަކީ ތަފާތު އެތައް މަސްއޫލިއްޔަތުތަކެއް ކޮނޑުގައި އަޅައިގެން ތިބޭ ބައެއްކަން ފާހަގަކުރައްވައި، ރާޝިދާ ވިދާޅުވީ ދައުލަތުގެ ތިން ބާރުގެ އިސްވެރިން، ރައީސުލްޖުމްހޫރިއްޔާ، މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރު، ޖެހިގެން އެންމެ ބޮޑު މުސާރައެއް ލިބޭ ބަޔަކަށް ވާންޖެހޭނީ އެމީހުން ކަމަށެވެ. 

”ފެންނަމުންދަނީ ވަރަށް ބޭއިންސާފު ފިޔަވަޅުތަކެއް އަޅާތަން“ ރާޝިދާ ވިދާޅުވިއެވެ.

ރާޝިދާ މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، މިދިޔަ ބުރާސްފަތި ދުވަހު ނެޝަނަލް ޕޭ ކޮމިޝަނުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (ޑަބްލިއުޑީސީ) ރައީސާއިންގެ މުސާރަ ދެގުނައަށް ބޮޑުކުރަން ނިންމުމާ ގުޅިގެންނެވެ.

ޕޭ ކޮމިޝަނުން ފުރަތަމަ ނިންމީ ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސާއިންނަށް 41,000 ރުފިޔާގެ މުސާރައެއް ދިނުމަށެވެ. އަދި ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިންނަށް 21,000 ރުފިޔާ ދޭން ނިންމިއެވެ. ނަމަވެސް، އެ ނިންމުމާއެކު އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވާން ފެށުމުން، ސިޓީތަކުގެ ރައީސާއިންގެ މުސާރަ 21,000 ރުފިޔާއަށް އަދި ރަށު ކައުންސިލްތަކުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިންގެ މުސާރަ 17,000 ރުފިޔާއަށް މިހާރު ވަނީ ކުޑަކޮށްފައެވެ.

ކޮމެންޓް
ބަޗީ
ރަޝިޔާގެ އެވާހަކަ ފުޅަކީ ބުރަދަން ވަރަށް ބޮޑު ހަގީގަތެކެވެ.
24 May 2026
އަލީ
ރާޝިދާ ވިޔަސް މިފަހަރު އެވިދާޅުވީ ތެދުފުޅެއް.
24 May 2026
ކިހާ ދެރަ ކަމެއް
ޓީޗަރުން ކިޔަވައިގެން ޑިގްރީ ނެގީމާ މި ލިބެނީ 18000ރުފިޔާ އެކަމަކު ނުކިޔަވާ ކަމެއް ނޭނގޭ ބަޔަކަށް ވެސް 17000ރ ވަރަށް އިންސާފް
24 May 2026
ސައްލޭ
ކަލޭ ފުރަތަމަ އިސްލާމީ އުޞޫލުން ހެދުން އަޅާބަލަ.
24 May 2026
ކަބަލުން
ހުރިހާ މުވައްޒަފުން ވެސް ކުރަނީ ބުރަމަސައްކަތް ވަކި ބައެއްގެ މުސާރަ ބޮނޑު ވެގެންނުވާނެ އެންމެ ހަމަހަމަ ވާންވީ !
24 May 2026
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ