ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުން-
ދުނިޔެ
26 May 2026 | 09:52
ކޮއިމްބަޓޯރުގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް މަރާލުން: ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ހޭތީ އާންމުންގެ ނުރުހުން

އިންޑިއާގެ ޓެމިލް ނާޑޫގެ ކޮއިމްބަޓޯރުގައި އުމުރުން އެންމެ 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް، ރަހުމުކުޑަގޮތަކަށް މަރާލި ހާދިސާއާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފުލުހުންގެ އިސް އޮފިސަރުންތަކެއް ހީ ސަމާސާކުރި މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެން އާންމުންގެ ބޮޑު ނުރުހުމެއް ފުލުހުންނަށް އަމާޒުވެއްޖެއެވެ.

މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ކޮއިމްބަޓޯރުގެ ސުލޫރު ސަރަހައްދުގައެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު އެ ކުއްޖާ ގެއިން ބޭރަށް ނުކުތީ ކާބޯތަކެތި ގަތުމަށެވެ. އެ ވަގުތު ސައިކަލެއްގައި އައި ދެ މީހަކު އެ ކުއްޖާ ރަހީނުކޮށް، ޖިންސީ ގޯނާކުރުމަށްފަހު މަރާލާފައިވާ ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ. އެ ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ ހުކުރު ދުވަހު ކަންނަމްޕަލަޔަމް ފެންގަނޑު ކައިރިންނެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ކާތިކް ނަމަކަށް ކިޔާ މީހަކާއި އޭނާގެ އެހީތެރިއެއް ކަމަށްވާ މޯހަން ރާޖް ހައްޔަރުކޮށްފައެވެ. މީގެ ތެރެއިން ކާތިކް ހައްޔަރުކުރަން އުޅުމުގެ ތެރޭގައި އޭނާ ވަނީ އިމާރާތެއްގެ މަތިން ފުންމާލައި ފިލަން މަސައްކަތްކޮށްފައެވެ. އެ ހާދިސާގައި އޭނާގެ އަތާއި ފައި ބިންދައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ދެ މީހުންގެ މައްޗަށް މިހާރު ވަނީ އިންޑިއާގެ އާ ގާނޫނުލްއުގޫބާތާއި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއިން ރައްކާތެރިކޮށްދޭ ގާނޫނުގެ ދަށުން ދައުވާ އުފުލާފައެވެ.

އާންމުންގެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވަނީ، މިހާ ނުރައްކާތެރި އަދި ހިތާމަވެރި މައްސަލައެއްގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން އަމަލުކުރި ގޮތެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، ވެސްޓް ޒޯންގެ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް، އާރް.ވީ ރަމްޔާ ބާރަތީ އާއި އޭނާގެ ކައިރީގައި ތިބި އޮފިސަރުން ނޫސްވެރިންގެ ބައްދަލުވުމުގައި ތިބީ ވަރަށް މަޖާވެފައި ހީ ސަމާސާ ކުރާށެވެ.

މި މަންޒަރުތަކާ ގުޅިގެން ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ކުޑަކުއްޖަކަށް މިފަދަ ބޮޑު އަނިޔާއެއް ލިބިފައިވާ ދަނޑިވަޅެއްގައި، މުޖުތަމައުގެ ރައްކާތެރިކަން ބަލަހައްޓަން ތިބި އިސް އޮފިސަރުންގެ ފަރާތުން މިފަދަ އަމަލެއް ފެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އާންމުން ބުނެއެވެ.

ނަމަވެސް، މި ވީޑިއޯއާ ގުޅިގެން ޓެމިލް ނާޑޫ ފުލުހުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.