'ލީން ސްޓާޓަޕް ލެބް' ޕްރޮގްރާމްގެ ތެރެއިން: ފޮޓޯ/ ސްޕާކް ހަބް
ހަބަރު
26 May 2026 | 13:46
މެލޭޝިޔާގައި ކިޔަވާ ދިވެހި ދަރިވަރުންނަށް 'ލީން ސްޓާޓަޕް ލެބް' ޕްރޮގްރާމް ބާއްވައިފި

ރާއްޖޭގެ ސްޓާޓަޕް އިކޯސިސްޓަމް ބިނާކުރުމަށް މަސައްކަތްކުރާ 'ސްޕާކް ހަބް' އިން އިސްނަގައިގެން، މެލޭޝިޔާގައި ކިޔަވާ ދިވެހި ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވި 'ލީން ސްޓާޓަޕް ލެބް - މެލޭޝިޔާ އެޑިޝަން' ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި މަހުގެ 23 އިން 26 އަށް މެލޭޝިޔާގެ އޭޝިއާ ޕެސިފިކް ޔުނިވަރސިޓީ (އޭޕީޔޫ) ގައި ކުރިއަށްދިޔަ މި ޕްރޮގްރާމަކީ، އެ ޔުނިވަރސިޓީ އާއި އޭޕީޔޫގެ މޯލްޑިވްސް ސްޓޫޑެންޓްސް އެސޯސިއޭޝަނާ ގުޅިގެން ހިންގި ޕްރޮގްރާމެކެވެ. 48 ގަޑިއިރަށް ދެމިގެންދިޔަ މި ޕްރޮގްރާމްގައި މެލޭޝިޔާގެ މުހިންމު ހަތަރު ޔުނިވަރސިޓީއަކުން ޖުމްލަ 30 ދަރިވަރުން ބައިވެރިވިއެވެ. އޭގެ ތެރޭގައި 28 ދިވެހި ދަރިވަރުންނާއި ބައިނަލްއަގުވާމީ 2 ދަރިވަރުން ހިމެނެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވެފައިވަނީ އޭޝިއާ ޕެސިފިކް ޔުނިވަރސިޓީ، ސަންވޭ ޔުނިވަރސިޓީ، ޓޭލާސް ޔުނިވަރސިޓީ އަދި މޮނާޝް ޔުނިވަރސިޓީ މެލޭޝިޔާގެ ދަރިވަރުންނެވެ.

'ލީން ސްޓާޓަޕް ލެބް' އަކީ ދުނިޔޭގެ 'ލީން ސްޓާޓަޕް މެޝިން' އޮނިގަނޑަށް ބިނާކޮށް ސްޕާކް ހަބުން ތަރައްގީކޮށްފައިވާ އުފެއްދުމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ވިޔަފާރިއެއް ފެށުމުގެ ކުރިން، ދިމާވާ މައްސަލަތަކާއި ކަސްޓަމަރުންގެ ބޭނުންތައް ދެނެގަނެ، އެކަންކަން އަމަލީ ގޮތުން ތަޖުރިބާކޮށް ކަށަވަރުކުރުމެވެ.

ސްޕާކް ހަބްގެ ކޯ-ފައުންޑަރ އަދި ސީއީއޯ ހުސައިން ޖިނާން ވިދާޅުވީ، މިއީ ރާއްޖެއިން ބޭރުގައި މި ޕްރޮގްރާމް ބޭއްވި ދެވަނަ ފަހަރު ކަމަށާއި، އަމާޒަކީ ރާއްޖޭގައި އުފައްދާ މިފަދަ ޕްރޮގްރާމްތައް ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށް ގެންދިއުން ކަމަށެވެ.

މި ވޯކްޝޮޕްގެ ލީޑް ފެސިލިޓޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ ތަޖުރިބާކާރު ޓްރެއިނަރު ދާނިޝް އާތިފެވެ.

މީގެ އިތުރުން، 'އަކުރު ޓައިޕް' ގެ ކާމިޔާބީގެ ވާހަކަ ހިއްސާކުރައްވަމުން އަބްދުالله ޝަފީއު (އަބޯ) ކޭސް ސްޓަޑީ ސެޝަނެއް ނަގައިދެއްވިއިރު، އޭއައި ޓޫލްސް ބޭނުންކޮށްގެން އުފެއްދުންތައް ތައްޔާރުކުރާނެ ގޮތުގެ ސެޝަނެއް ޝާފިއު ހުސައިން ކުރިއަށް ގެންދެވިއެވެ.

މެންޓަރުންގެ ގޮތުގައި އަހުމަދު ރިޝްވާން (ރިޝީ)، މަހްފޫޒް އަލީ (މޯ މޯޝަން)، އަދި ފެމިލީ ރޫމް ކޭއެލްގެ އަފްރާހުގެ އިތުރުން ސްޕާކް ހަބްގެ ޕާޓްނަރުން ކަމަށްވާ ޔާމީން އަދި އައިޝާ އަދުނާން ބައިވެރިވެ، ދަރިވަރުންނަށް މައުލޫމާތު ދިނެވެ.

އޭޕީޔޫގެ މޯލްޑިވްސް ސްޓޫޑެންޓްސް އެސޯސިއޭޝަނުގެ ރައީސް ޒީދާން ޒައީމް ފާހަގަކުރެއްވި ގޮތުގައި، މިއީ، ދަރިވަރުންގެ މުސްތަގުބަލަށް ބޭނުންތެރި ހުނަރުތަކެއް ދަސްކޮށްދިން، ދިރިއުޅުމަށް ބަދަލުތަކެއް ގެނުވި ވަރަށް މުހިންމު ފުރުސަތެކެވެ.

2018 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ސްޓާޓަޕް އިކޯސިސްޓަމް ބިނާކުރުމަށް މަސައްކަތްކުރާ ސްޕާކް ހަބުން ބުނީ، ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ދަރިވަރުން ދިރިއުޅޭ އެކި ގައުމުތަކުގައި މިފަދަ ޕްރޮގްރާމްތައް ހިންގުމަށް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ