ޝަހުޒާން އާއި ލީވާން
ހަބަރު
28 May 2026 | 14:44
ޝަހުޒާންއާ ލީވާން ވަކި ގޮޅިއަކަށްލީ އެމީހުން ތިބި ގޮޅިން ފޯނެއް ފެނިގެން: އިހުސާން

ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގައި ޖަލަށްލީ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި މުހައްމަދު ލީވާން ވަކި ދެ ގޮޅިއަކަށް ބަދަލުކުރީ، އެމީހުން ތިބި ގޮޅިން މޯބައިލް ފޯނެއް ފެނިގެން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ޝަހުޒާން ޖަލުން މިނިވަންވުމަށްފަހު ވާހަކަދައްކަމުން އިއްޔެ ވަނީ، އެމީހުން ވަކި ގޮޅިތަކަކަށް ބަދަލުކުރީ ރައީސް މުއިއްޒު އަންގަވައިގެން އެއްވެސް ސަބަބަކާ ނުލައި ކަމަށް ތުހުމަތުކޮށްފައެވެ.

ނަމަވެސް ސަރުކާރުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

އެގޮތުން މިނިސްޓަރު އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، ޖަލުން މިނިވަންވުމަށްފަހު ޝަހުޒާން ދައްކަމުންދާ ވާހަކަތަކަކީ 100 އިންސައްތަ ދޮގު ވާހަކަތަކެއް ކަމަށެވެ.

އިހުސާން ވިދާޅުވި ގޮތުގައި، 15 މެއި 2026 ވީ ދުވަހުގެ ރޭގަނޑު 19:35 ހާއިރު، އާންމު ފަރާތަކުން ލިބުނު މައުލޫމާތަކާ ގުޅިގެން ކަރެކްޝަންސްގެ އޮފިސަރުން ވަނީ ޝަހުޒާން އާއި ލީވާން ބަންދުކޮށްފައި ތިބި ގޮޅި ފާސްކޮށްފައެވެ. އެމީހުންގެ ހާޒިރުގައި ގޮޅި ފާސްކުރިއިރު، ގޮޅީގައި ހުރި ކަބަޑެއްގެ ތެރޭގައި ހުރި އެއްޗެހީގެ ތެރެއިން މޯބައިލް ފޯނެއް ފެނިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން، ޖަލުގެ އުސޫލުތަކާ އެއްގޮތަށް އެ ދެމީހުން މޮނިޓަރު ކުރުމަށްޓަކައި ވަކި ދެ ގޮޅިއަކަށް ބަދަލުކުރި ކަމަށާއި، އަދި ވަކި ވަގުތުތަކެއްގައި ގޮޅި ފާސްކުރަމުންދިޔައީ ވެސް އުސޫލުގެ ތެރެއިން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"މިކަންކަމަކީ ވަކި ގައިދީއަކަށް ނުވަތަ ވަކި ފަރާތަކުން އަންގައިގެން ކުރާ ކަންކަމެއް ނޫން. އަމުދުން ޖަލުގެ މިފަދަ ކަންކަމަކީ ރައީސުލްޖުމްހޫރިއްޔާ ގޮތް ނިންމަވާ ކަންކަމެއް ނޫން. އަދި އަލްހުގަނޑުގެ ވަޒީރުކަމުގައި ރައީސް (ޑރ. މުހައްމަދު މުއިއްޒު) ދުވަހަކުވެސް ޖަލުގެ މިފަދަ ކަންކަމާ އެއްވެސް މިންވަރަކަށް އިރުޝާދެއް ދެއްވާފައެއް ނުވޭ،" އިހުސާން ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ތަފާތު ތިން ނޫސްވެރިއަކު މިކަމާ ގުޅޭގޮތުން ސުވާލުކުރުމުން އެ މައުލޫމާތު ސާފުކޮށްދެއްވާފައިވާނެ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ފަރާތަކުން އެ ހަގީގަތް ހާމަކޮށްފައިނުވާތީ މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޖަލަށް ވައްދަން މަނާ ތަކެތި ފެނުނު މި މައްސަލަ މިހާރު މޯލްޑިވްސް ޕޮލިސް ސާވިސްއިން ދަނީ ތަހުގީގު ކުރަމުންނެވެ.

ޝަހުޒާން އާއި ލީވާން ޖަލަށްލާފައިވަނީ "އަދަދު" ނޫހުން ނެރުނު ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ކޯޓުން މަނާކޮށްފައި ވަނިކޮށް، އެއާ ހިލާފުވެ ކޯޓުގެ ހުރުމަތް ކެނޑިކަމަށް ކަނޑައަޅައިގެންނެވެ. އެ މައްސަލާގައި ޝަހުޒާން 15 ދުވަހަށް އަދި ލީވާން 10 ދުވަހަށް ޖަލަށްލުމަށް ކޯޓުން ހުކުމްކުރިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ