އދ. ދަނގެތީ ޢީދު އުފާ؛ އިސްރަށްވެހިންގެ ހަވީރުގެ ތެރެއިން
ރިޕޯޓް
31 May 2026 | 08:19
ދަނގެތީ ޢީދުއުފާ؛ އިސްރަށްވެހިންގެ ހަވީރުން އެންމެނަށް އުފާވެރިކަން

އދ. ދަނގެތީ ޢީދު އުފާގެ ހަރަކާތްތަކުގެ ތެރެއިން އެންމެ ތަފާތު އަދި އެންމެ ހިތްހަމަޖެހުން ގެނުވައިދޭ އެއް ހަރަކާތަކީ އިސްރަށްވެހިންގެ ހަވީރެވެ. އާއްމުކޮށް ޢީދު ކުޅިވަރުގެތަކުގެ ތެރެއިން އެންމެ ބާކީވާ އެއްބަޔަކީ އެރަށެއްގައި ދިރިއުޅޭ އިސްރަށްވެހިން ނަމަވެސް، ދަނގެތީ ޢީދު އުފާގެ ހަރަކާތްތައް ކުރިއަށް ގެންދަނީ އެފަރާތްތައްވެސް ޝާމިލްކޮށްގެންނެވެ.

އދ. ދަނގެތީ ޢީދު އުފާ؛ އިސްރަށްވެހިންގެ ހަވީރުގެ ތެރެއިން

އެގޮތުން އެ ރަށުގައި ދިރިއުޅޭ 75 އަހަރުން މަތީގެ އިސްރަށްވެހިންނަށް ކޮންމެ ޢީދަކުވެސް ޚާއްސަ ހަވީރެއް ބާއްވާއިރު، އެ ހަވީރަކީ އެފަރާތްތަކުގެ އަގުވަޒަންކޮށް، އެފަރާތްތަކުން ރަށަށާއި ޤައުމަށް ކޮށްދީފައިވާ އަގުހުރި ޚިދުމަތްތަކުގެ ޒިކުރާއައު ކުރާ ދުވަހެވެ. 

އދ. ދަނގެތީ ޢީދު އުފާ؛ އިސްރަށްވެހިންގެ ހަވީރުގެ ތެރެއިން

މި ޙަރަކާތް ފެށިގެންދަނީ އިސްވެހިންނަށް ރަތް ދޫލައިން ކިޔާ މަރުޙަބާއިންނެވެ. ކޮންމެ އިސްރަށްވެއްސަކުވެސް ޢާއިލާގެ ކުއްޖަކާއެކު ޙަރަކާތް އޮންނަ ސަރަހައްދަށް ވަންނަ ވަގުތު ރަތް ދޫލައިން ކިޔާ މަރުޙަބާއާއެކު، ރީތި މާބޮނޑިއެއްވެސް ހަދިޔާ ކުރެއެވެ. 

އދ. ދަނގެތީ ޢީދު އުފާ؛ އިސްރަށްވެހިންގެ ހަވީރުގެ ތެރެއިން

އެއަށްފަހު، ދެން އޮންނަނީ ވެލްކަމް ޑްރިންކެއް ދިނުމެވެ. އިސްރަށްވެހިން އެ ބުއިމަށް އިންސާފްކުރަމުންދާއިރު، އެފަރާތްތަކުގެ އާއިލާގައި ހިމެނޭ، މާމަ ކާފަ ކިޔާ ކުދިން ރީތި އައިޓަމެއް ހުށަހަޅައިދެއެވެ. އައިޓަމްގައި ކިޔައިދޭ ލަވަވެސް ޚާއްސަކޮށްފައިވަނީ އެ އިސްރަށްވެހިންނަށެވެ.

އދ. ދަނގެތީ ޢީދު އުފާ؛ އިސްރަށްވެހިންގެ ހަވީރުގެ ތެރެއިން

އދ. ދަނގެތީ ޢީދު އުފާ؛ އިސްރަށްވެހިންގެ ހަވީރުގެ ތެރެއިން

އދ. ދަނގެތީ ޢީދު އުފާ؛ އިސްރަށްވެހިންގެ ހަވީރުގެ ތެރެއިން

އެ ޙަރަކާތަށްފަހު ”ޝަޚުސުންގެ ރަން ހަނދާން“ ފިލާ ހަވާލުކުރެވޭއިރު، މިއީ މިހާރު ދުނިޔެ ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، އެކިގޮތްގޮތުން ދަނގެއްޗަށް ޚިދުމަތްކޮށްދީފައިވާ ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަންކޮށް އެފަރާތުގެ ޢާއިލާއާ ހަވާލުކުރެވޭ ފިލައެވެ. މި ފަހަރު މި ފިލާ އަރުވާފައިވަނީ، ދީނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ދަނގެއްޗަށް ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ޒުލޭޚާ ޢަލީ އަށެވެ. 

އދ. ދަނގެތީ ޢީދު އުފާ؛ އިސްރަށްވެހިންގެ ހަވީރުގެ ތެރެއިން

އިސްރަށްވެހިންގެ ހަވީރަށް އިތުރު ދިރުމެއް ގެނެސްދެނީ އެ ހަވީރު ނިންމާލުމުގެ ގޮތުން ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތެވެ. އިސްރަށްވެހިންނާ ގުޅޭ ގޮތަށް ފަރުމާ ކުރެވިފައިވާ މި ކުޅިވަރުތަކުން، މިފަހަރުވެސް އެންމެންގެ މޫނަށް ހިނިތުންވުން ގެނެސްދިނެވެ.

އދ. ދަނގެތީ ޢީދު އުފާ؛ އިސްރަށްވެހިންގެ ހަވީރުގެ ތެރެއިން<br>

އިސްރަށްވެހިން އެ ކުޅިވަރުތަކުގައި ބައިވެރިވެ، އެކަކު އަނެކަކާ ހީނ ސަކަރާތްޖަހަމުންދިޔަ މަންޒަރު ވެގެންދިޔައީ މަންޒަރު ބަލަންތިބި އެންމެންގެ ހިތަށްވެސް ފިނިކަން ގެނުވި މަންޒަރަކަށެވެ. 

އދ. ދަނގެތީ ޢީދު އުފާ؛ އިސްރަށްވެހިންގެ ހަވީރުގެ ތެރެއިން

މި ހަވީރު ނިންމާލާފައިވަނީ އިސްރަށްވެހިންނަށް ޚާއްސަ ހަދިޔާއެއްވެސް ދިނުމަށްފަހުގައެވެ. 

ކޮމެންޓް
ފާތި
ދިސް އިޒް ސޯ ބިއުޓިފުލް
31 May 2026
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.