ކާގޯ ބޯޓަލުން ވިޔަފާރިބަނދަރަށް ކޮންޓޭނަރުތަކެއް ބާލަނީ... ފޮޓޯ: ވޮއިސް
ހަބަރު
31 May 2026 | 17:53
ކޮންޓެއިނާ ސްކޭންކުރެވޭ ނިޒާމްގެ މަސައްކަތް ނިމުމުން ސްމަގްލިން ވަރަށްބޮޑަށް ކޮންޓްރޯލްވާނެ: އިހުސާން

ވިޔަފާރި ބަނދަރުގައި ކޮންޓެއިނާ ސްކޭންކުރާ ނިޒާމް ގާއިމްކޮށް ނިމުމުން ވިޔަފާރި ބަނދަރުން ވަގަށް ތަކެތި އެތެރެކުރުމުގެ މައްސަލައަށް ވަރަށްބޮޑު ހައްލެއް ލިބިގެންދާނޭކަމަށް ދާހިލީ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

މަނާތަކެތި އެތެރެކުރުން ހުއްޓުވުމަށް ބޯޑަރުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން މާލޭ ވިޔަފާރި ބަނދަރުން ބާލާ ކޮންޓެއިނާތައް ސްކޭން ކުރެވޭ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިކަމާ ގުޅޭގޮތުން ދާހިލީ ވަޒީރު ވިދާޅުވީ، ރާއްޖެއަށް ތަކެތި އެތެރެކުރާ ދޮރޯށިތައް ބެލެހެއްޓުމަށް ކުރެވެމުންދާ ހާއްސަ މަސައްކަތްތަކާއެކު ވަގަށް އެތެރެކުރާ ތަކެތި އަތުލައިގަނެވޭ މިންވަރު އިތުރުވަމުންދާކަމަށެވެ. މިކަމުން ދައްކުވައިދެނީ ތަންފީޒީ އިދާރާތަކުން ކުރަމުންގެންދާ މަސައްކަތުގެ ނަތީޖާކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިހްސާން ވިދާޅުވީ ކޮންޓެއިނާ ހުރިގޮތަށް ސްކޭންކުރެވޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކަސްޓަމްސް އާއި އެމްޕީއެލް އާ ގުޅިގެން މަސައްކަތްކުރަމުން ގެންދާކަމަށެވެ. މި މަސައްކަތުގެ ދަށުން ވިޔަފާރި ބަނދަރުގައި ގާއިމްކުރެވޭ ސްކޭން މެޝިން އިންސްޓޯލްކުރުމުގެ މަސައްކަތް ކުރިއަށްއޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިމޭނޭކަމަށް ވަޒީރު ވިދާޅުވިއެވެ.

އިންސްޓޯލް ކުރުމުގެ މަސައްކަތް އިރާދު ކުރެއްވީޔާ ހަތަރު ވަރަކަށް މަސް ތެރޭގައި އަޅުގަނޑުމެން ބުނެވޭނެ އެކަންވެސް ނިމިގެން ދާނެކަމަށް. އޭރަށް އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުން މިހާރު މިގެންދާ ސްމަގްލިންގެ ކަންތައްތައްވެސް ވަރަށް ބޮޑަށް އެއްކޮށް ކޮންޓްރޯލް ކުރެވިގެން ދާނެ

ދާހިލީ ވަޒީރު އަލީ އިހްސާން

ވިޔަފާރި ބަނދަރުގައި ކޮންޓެއިނާ ސްކޭން ކުރެވޭ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ކޮންޓެއިނާ ތަކުގެ ތެރޭގައި ފޮރުވައިގެން ސިނގިރޭޓް ފަދަ ތަކެތި އެތެރެކުރުމަކީ ރާއްޖޭގައި ވަރަށް އާއްމު ކަމެކެވެ. މޯލްޑިވްސް ކަސްޓަމްސް އާއި އެމްޕީއެލް ގުޅިގެން ކުރިއަށްގެންދާ ބައެއް އޮޕަރޭޝަންތަކުގައި ވަގަށް އެތެރެކުރާ ބައެއް އެއްޗެހި އަތުލައިގަންނަމުންދާއިރު، މީގެ ތެރޭގައި ސިނގިރޭޓްގެ ބާވަތްތައް ނިސްބަތުން ގިނަކަން ފާަހަގަކުރެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ