މިއަދު އޮތް ނޫސްވެެރީންގެ ބައްދަލްވުމުގައި މިނިސްޓަރު އިހްސާން މައުލޫމާތު ދެއްވަނީ --
ހަބަރު
31 May 2026 | 18:40
ސިނގިރޭޓެއްގެ ޑިއުޓީ 4ރ އަށް ކުޑަކުރަން ޑަބްލިއުއެޗްގެ ލަފައެއް، މަޝްވަރާ ކުރަނީ

ގާނޫނަށް ބަދަލު ގެނެސް ރާއްޖެ އެތެރެކުރާ ސިނގިރޭޓަށް ނަގަމުން އައި ޑިއުޓީ ކުޑަކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާ ދީފައިވާ ކަމަށާ އެކަމާއި ގުޅިގެން ކަމާގުޅޭ އިދާރާތަކުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހު ގޮތްތަކެއް ނިންމާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުން އެކަން ހާމަކުރީ ހަތަރު މިނިސްޓަރަކު ބައިވެރިވެވަޑައިގެން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގަ އެވެ. އެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ 2024 ވަނަ އަހަރު, ގާނޫނަށް ބަދަލު ގެނެސް ރާއްޖެ އެތެރެކުރާ ސިނގިރޭޓަށް ނަގަމުން އައި ޑިއުޓީ ބޮޑުކުރީ ވޭޕް މަނާކުރުމާއި ގުޅިގެން ގިނަ ބަޔަކު ސިނގިރޭޓް ބޭނުންކުރަން ކުރަން ފަށާފާނެ ކަމަށް ބެލެވޭތީ ދުންފަތުން ދިވެހި ޖީލު ސަލާމަތް ކުރުމަށް ކަމަށެވެ.

އެގޮތުން ސިނގިރޭޓުން އޭރު ނަގަމުން އައި ތިން ރުފިޔާ 30 ލާރީގެ ބަދަލުގައި އަށް ރުފިޔާއަށް ބޮޑުކުރަން ނިންމި އެވެ.

ނަމަވެސް އެއީ ވަގުތާއި ހަލާތަށް ބަދަލާ އަބަދުވެސް ބަދަލު ގެނައުމުގެ ވިސްނުން އޮތް ކަމެއް ކަން މިނިސްޓަރު އިހްސާން ފާހަގަ ކުރެއްވި އެވެ. އިހްސާން ވިދާޅުވީ ސިނގިރޭޓްގެ ޑިއުޓީ އެ މިންވަރަށް ބޮޑު ކުރުމަކީ އޭރު ސަރުކާރުން ނިންމި އުނދަގޫ ނިންމުމެއް ކަމަށެވެ. 

އަދި ސިނގިރޭޓް ޑިއުޓީއާ ގުޅޭގޮތުން ޑަބްލިއުއެޗްއޯގެ ލަފައެއް ލިބިފައިވާ ކަމުގައި ވިދާޅުވި އެވެ.

"މި ވަގުތު އަޅުގަނޑުމެންނަށް ލިބިފައިވާ ދިރާސާތަކުން، ހާއްސަކޮށް ޑަބްލިއުއެޗްއޯއިން ހަދާފައިވާ ދިރާސާއަކުން ރާއްޖެއަށް 2026 ވަނަ އަހަރަށް ރިކޮމެންޑްކޮށްފައި އޮތް އެއް ޑިއުޓީ ރޭޓަކީ 4ރ. މިއީ އަޅުގަނޑުމެން ކޮންސިޑާ ކުރަމުން އަންނަ ރޭޓެއް މިހާރު ވެސް," އިހްސާން ވިދާޅުވި އެވެ.

އިހްސާން ވިދާޅުވި އެފަދަ ނިންމުމެއް ނިންމާނީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އަދި އެފަދަ ނިންމުމެއް ނިންމާނަމަ ގާނޫނަށް ބަދަލު ގެނައުމަށް ހުށައަޅާނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ