އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން ދިން ހަދިޔާ އާއެކި ފިޔަވަތީގެ ކުދިން: ފޮޓޯ/ އދ.އޭ.އީ.ސީ
ހަބަރު
01 Jun 2026 | 08:01
އދ. އަތޮޅު ތަޢުލީމީ މަރުކަޒު ތަފާތު؛ ދަރިވަރުންގެ އޯގާތެރިކަމާއި ލޯބި ފޯރުކޮށްދިނީ ފިޔަވަތީގެ ކުދިންނަށް

އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް އަށެއްގެ ދަރިވަރުން އިސްނަގައިގެން، ކުޑަކުދިންގެ ހިޔާ "ފިޔަވަތި" ގައި ދިރިއުޅޭ ކުދިންނަށް އީދު ހަދިޔާ ފޮނުވައި، ލޯތްބާއި އޯގާތެރިކަމުގެ ނަމޫނާއެއް ދައްކައިފިއެވެ.

މިއީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިއަހަރު ހުރިހާ ސުކޫލުތަކެއްގައި ކުރިއަށްގެންދާ "ވެލިއު އެޑިޔުކޭޝަން" ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ޕްރޮގްރާމަކީ ކޮންމެ މަހަކު ވަކި ތީމެއް ކަނޑައަޅައިގެން ދަރިވަރުންގެ ކިބައިގައި ރަނގަޅު އާދަތައް އަށަގަންނުވަން ހިންގާ ހަރަކާތެކެވެ. ކޮންމެ ތީމެއްގެ ދަށުންވެސް ކްލާސް ތެރެއާއި، ގޭތެރެ އަދި މުޖުތަމަޢަށް ފައިދާހުރި ކަންތައްތަކެއް ކުރުމަށް ރާވައެވެ. 

ހަދިޔާ ތައްޔާރުކުރުމުގެ މަސައްކަތް ކުރަނީ

ހަދިޔާ ތައްޔާރުކުރުމުގެ މަސައްކަތް ކުރަނީ

އެގޮތުން މެއި މަހަށް ކަނޑައަޅާފައިވާ ތީމަކީ "އޯގާތެރިކަން" ކަމަށްވުމާއެކު، އދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 8 ގެ ދަރިވަރުން ވަނީ މުޖުތަމަޢަށް އޯގާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މި ހަރަކާތް ރާވާފައެވެ.

މި ހަރަކާތާ ގުޅޭގޮތުން "ވޮއިސް" އަށް މަޢުލޫމާތު ދެއްވަމުން އެ ގްރޭޑްގެ ކްލާސް ޓީޗަރަކު ވިދާޅުވީ، ފިޔަވަތީގެ ކުދިންނަށް ހަދިޔާ ދިނުމަށް ބޭނުންވާ ފައިސާ ހޯދާފައިވަނީ ސުކޫލުގެ ދަރިވަރުންނާއި މުވައްޒަފުންގެ އެހީތެރިކަމާއެކު ފަންޑް ރެއިޒް ކޮށްގެން ކަމަށެވެ. 

ކޭމުޖަހާ ތަކެތިި ޕެކް ކޮށްފައި

ހަދިޔާ ތައްޔާރުކުރުމުގެ މަސައްކަތް ކުރަނީ

ޓީޗަރު ވިދާޅުވި ގޮތުގައި ފުރަތަމަ ގަސްތުކުރީ ލިބުނު ފައިސާ އެހީގެ ގޮތުގައި ދިނުމަށެވެ. ނަމަވެސް ފައިސާ ދިނުމުގައި ހުރި އިދާރީ އުސޫލުތަކުގެ ސަބަބުން، އީދު ހަދިޔާއެއްގެ ގޮތުގައި ކުދިންނަށް ބޭނުންކުރެވޭނެ ތަކެތި ފޮނުވުން މާ ރަނގަޅުވާނެ ކަމަށް ފެންނާތީ ކުދިންނަށް ކަމުދާނެ ތަކެތި ހަދިޔާއެއްގެ ގޮތުގައި ފޮނުވީއެވެ.

ހަދިޔާގެ ގޮތުގައި ފޮނުވާފައިވަނީ މަހިބަދޫގެ ސަގާފަތާއި ރަށުގެ ރަހަތައް ދައްކުވައިދޭ ތަކެއްޗެވެ. އެގޮތުން ރަށުގައި ތައްޔާރުކުރާ ލުއިކާނާ، ތެލުލި ބަނބުކެޔެ، ކުުޅިކާޖާ، ބެންބޮޅު، މުރުމުރު އަދި ކޭމުޖެހި ފަދަ ތަކެތި ހިމެނެއެވެ.

ހަދިޔާ ތައްޔާރުކުރުމުގެ މަސައްކަތް ކުރަނީ

ހަދިޔާ ތައްޔާރުކުރުމުގެ މަސައްކަތް ކުރަނީ

މި ހަރަކާތުގައި މައިގަނޑު ގޮތެއްގައި ބައިވެރިވީ ގްރޭޑް 8 އެއްގެ ދަރިވަރުންނެވެ. ނަމަވެސް، މިއީ މުޅި ސުކޫލުގެ ދަރިވަރުންނާއި މުވައްޒަފުންގެ ފަރާތުން ދެވުނު ހަދިޔާއެއްކަން ޓީޗަރު ފާހަގަކުރެއްވިއެވެ.

މި ހަރަކާތުގައި ގްރޭޑް 8 އެއްގެ ދަރިވަރުން ވަރަށް ފޯރިއާއެކު ބައިވެރިވިއެވެ. ހަދިޔާތައް ބަންދުކޮށް، ޕާރުސަލް ތައްޔާރުކުރުމާއި، އީދު މުބާރަކް ކާޑު ހެދުމުގައިވެސް އިސްކޮށް އުޅުނީ ދަރިވަރުންނެވެ.

ހަދިޔާތައް ޕެކް ކޮށްފައި

މީގެ އިތުރުން، ބެލެނިވެރިންގެ ފަރާތުންވެސް ބޮޑު އެއްބާރުލުމެއް ލިބުނުކަން ޓީޗަރު ފާހަގަކުރެއްވިއެވެ. އެގޮތުން ތަކެތި ތައްޔާރުކޮށްދިނުމާއި، ސުކޫލުން ބޭނުންވި ކޮންމެ ވަގުތަކު ދަރިވަރުން ސުކޫލަށް ގެންގޮސްދީ، މި ކަމުގައި ބެލެނިވެރިން ވަނީ ނަމޫނާ ދައްކާފައެވެ.

"ގްރޭޑް 8 ގެ ދަރިވަރުންގެ ބެލެނިވެރިންނަށް މި ހަދިޔާ ފޮނުވުމާ ގުޅޭގޮތުން މައުލޫމާތު ދިނުމުން، އެ ބޭފުޅުންގެ ފަރާތުން ދޭ ހަދިޔާއެއްގެ ގޮތުން ވަނީ ކޭމުޖަހާތަކެތި ތައްޔާރުކޮށް އަޅުގަނޑުމެންނާ ހަވާލުކޮށްދެއްވާފަ. އަދި ސުކޫލް ބަންދު ދުވަސްވަރު ނަމަވެސް، ސްކޫލުން ކަނޑައަޅާފައިވާ ގަޑިތަކަށް ދަރިވަރުން ސްކޫލަށް ހާޒިރުކޮށްދެއްވުމުގައާއި، ދަރިވަރުން ބަލާ ވަޑައިގަތުމުގައި ބެލެނިވެރިން އެއްވެސް ޝަކުވާއެއް ނެތި ދެއްވި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަކުރަން." ޓީޗަރު ވިދާޅުވިއެވެ.

ގްރޭޑް 8 ގެ ކްލާސް ޓީޗަރުން ހަދިޔާތަކާއި އެކު

ފިޔަވަތީގެ ކުދިން ހަދިޔާ ތަކާއެކު

ޓީޗަރު ވިދާޅުވިގޮތުގައި މިފަދަ ހަރަކާތެއް ހިންގުމުގެ މައިގަނޑު މަޤްޞަދަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަކީވެސް މި މުޖުތަމަޢުގެ ބައެއްކަން ދަރިވަރުންނަށް އިހުސާސްކޮށްދީ، އެކުދިންނަށް އޯގާތެރިވުމުގެ ރޫޙު އާލާކުރުމެވެ.

މި ހަރަކާތާމެދު ސްކޫލުގެ ދަރިވަރުންނާއި މުދައްރިސުން ތިބީ ނުހަނު އުފަލުންނެވެ. އެހެން ޓީޗަރުންގެ ފަރާތުން މިކަމަށް ބޮޑު ތަރުހީބެއް ލިބުނުއިރު، ދަރިވަރުން ވަނީ ފިޔަވަތީގެ ކުދިން މަހިބަދޫއަށް ގެނެސް، އެކުދިންނާއެކު ވަގުތު ހޭދަކޮށްލުމުގެ ޝައުގުވެރިކަންވެސް ފާޅުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ