އެކްސިޑެންޓްގައި ގެއްލުންވި ލޯންޗް- ފޮޓޯ/ އެމްއެންޑީއެފް
ހަބަރު
01 Jun 2026 | 08:18
ލޯންޗެއް އެކްސިޑެންޓްވެ ދެމީހަކަށް ބޮޑެތި އަނިޔާތަކެއް؛ ލޯންޗުގެ ކުރީކޮޅު އޮތީ “ފުނޑުފުނޑު ވެފައި“

މާލެ ކައިރީގައި ދަތުރުކުރަމުންދިޔަ ލޯންޗެއް އެކްސިޑެންޓްވެ، އޭގައި ތިބި ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ދެ މީހުންނާއެކު ދަތުރުކުރަމުންދިޔަ "ޓުއަރ ގާރޑް" ނަމަކަށް ކިޔާ ލޯންޗެއްގައެވެ.

އެމްއެންޑީއެފުން ބުނިގޮތިގައި، މި ލޯންޗް ދަތުރު ކުރަމުން ދިޔައީ ވިލިގިލިން ގިރިލަންކަންފުއްޓަށް ދިއުމަށެވެ. އަދި ލޯންޗު އެކްސިޑެންޓުވި ކަމުގެ މައުލޫމާތު ލިބިފައި ވަނީ، ލޯންޗް ވިލިގިއްޔާ ވަރަށް ކައިރީގައި އޮއްވައެވެ.

އެކްސިޑެންޓްވި ލޯންޗް- ފޮޓޯ/ މެރިން ޕޮލިސް

މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ވަނީ އެ ސަރަޙައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެމްއެންޑީއެފުން މައުލޫމާތުދީފައިވާ ގޮތުން މި އެކްސިޑެންޓްގައި ލޯންޗުގައި ތިބި ދެ ފަޅުވެރިންނަށް އެކިވަރުގެ ބޮޑެތި ހާނިކަތަކެއް ލިބިފައިވެއެވެ. އަދި އެމްއެންޑީއެފްގެ އެހީތެރިކަމާއެކު މި ދެ މީހުން މިހާރު ވަނީ މާލެ ގެނެސް، އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައި ކަމަށްވެސް ބުންޏެވެ.

އެމްއެންޑީއެފުން ވަނީ ހާދިސާގައި ގެއްލުންވި ލޯންޗުގެ ފޮޓޯވެސް އާންމުކޮށްފައެވެ. ފޮޓޯއިން ފެންނަ ގޮތުގައި އެ ލޯންޗަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެގޮތުން ލޯންޗުގެ ކުރީބައި އޮތީ ވަރަށް ބޮޑަށް ހަލާކުވެ، ފުނޑުފުނޑުވެފައެވެ.

އެކްސިޑެންޓްވި ލޯންޗް- ފޮޓޯ/ މެރިން ޕޮލިސް

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސީދާ ސަބަބެއް އެމްއެންޑީއެފުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް، މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގީ ދަތުރުކުރަމުންދިޔަ ދެ ލޯންޗެއް ޖެހިގެންނެވެ. އަދި "ޓުއަރ ގާރޑް" ލޯންޗުގައި ޖެހުނު އަނެއް ލޯންޗު މަޑުނުކޮށް ފިލާފައިވާ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ލޯންޗު އެކްސިޑެންޓް ވީގޮތް މޯލްޑިވްސް ޕޮލިސް ސާވިސް އިން އަންނަނީ ބަލަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ