ރައީސް މުޢިއްޒު- ފޮޓޯ/ ރައީސް އޮފޫސް
ހަބަރު
01 Jun 2026 | 11:11
ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް މީސް މީޑިއާގެ ބައެއް އެޕްތައް މަނާކުރަނީ ކުރަނީ

ރާއްޖޭގައި 16 އަހަރުން ދަށުގެ ކުދިންނަށް މީސް މީޑިއާގެ ބައެއް އެޕްލިކޭޝަންތައް މަނާކުރުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާން ކުރައްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން ފައްޓަވަމުން އެމަނިކުފާނު ވިދާޅުވީ، މީސްމީޑިއާގެ އަވާގައި ޒުވާން ޖީލު ޖެހުމުގެ ސަބަބުން، ވަރަށް ނުރަނގަޅު ކަންކަމުގެ ތެރެއަށް އެ ޒުވާނުން ހުށަހެޅިފައިވާ ކަމަށެވެ. އަދި އެކަމަކީ ހަމައެކަނި ރާއްޖެއަށް ޚާއްސަ ކަމެއް ނޫން ކަމަށާ މުޅި ދުނިޔޭގައިވެސް އެއީ ބޮޑު މައްސަލައެއް ކަމަށެވެ.  

”ސައިބާ ބުލީން މިއީ ވަރަށް ނުރައްކާތެރި ކަމެއް. ޒުވާން ކުދިން ، ތުއްތު ކުދިން ވަނީ މިކަމުގެ ތެރެއަށް ގޮސްފައި. މުޅި ދުނިޔޭގައިވެސް. ހަމައެގޮތަށް، އޮންލައިން ގުރޫމިން އަކީވެސް އެކަމުގެ ސަބަބުން އަންނަ ވަރަށް ނުރައްކާތެރި ކަމެއް. ވަރަށް ހާމްފުލް ކޮންޓެންޓްއަށް ޒުވާންކުދިން އެބަ އެކްސްޕޯސްވޭ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

އެހެންކަމުން ޒުވާނުން އެކަންކަމުން ސަލާމަތްކުރުމަށް މަސައްކަތްތަކެއް ކުރުމަކީ ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންނާ، މުވައްސަސާތަކާއި ގުޅިގެން އެކަން ކުރުމަކީ، ސަރުކާރުގެ ޒިންމާއެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

އެހެންވީމާ ކުރިއަށް އޮތްތަނުގައި ކަމާބެހޭ ފަރާތްތަކާ، މި ދެންނެވީ ސިވިލްސޮސައިޓީ އަދި ކަމާބެހޭ ޖަމިއްޔާ ޖަމާޢަތްތަކާ މަޝްވަރާކޮށް، އާއްމު ރައްޔިތުންގެވެސް ޚިޔާލާ މަޝްވަރާއާއެކީގައި އަޅުގަނޑުމެން ކަމާގުޅޭ ގާނޫނުތަކާއި ކުރަންޖެހޭ އެހެނިހެން ކަންކަން ކުރާނަން. ސޯޝަލް މީޑިއާގެ ކަނޑައެޅޭ ވަކިވަކި އެޕްތަކެއް 16 އަހަރުން ދަށުގެ ޒުވާނުންނަށް ބޭނުން ނުކުރެވޭ ގޮތަށް ކަނަޑައެޅުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގަސްތުކުރަން. 

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

އެގޮތުން ފިޔަވަޅުތައް އެޅުމުގައި، މިހާރުވެސް މިފަދަ ގާނޫނަކަށް އަމަލުކޮށް 16 އަހަރުން ދަށަށް މީސްމީޑިއާ މަނާކޮށްފައިވާ ގައުމެއް ކަމަށްވާ އޮސްޓްރޭލިޔާ ނަމޫނާއަކަށް ބައްލަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވިގޮތިގައި، މި މައްސަލަ ހައްލު ކުރުމަށް އޮސްޓްރޭލިޔާއިން އަޅާފައިވާ ފިޔަވަޅުތަކަކީ ރަނގަޅު މިންގަނޑު ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.  

”އެހެންވީމާ އޮސްޓްރޭލިޔާއިން އަޅާފައިވާ ފިޔަވަޅުތަކުގެ އަލީގައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، ގާނޫނަށް ގެންނަންޖެހޭ ބަދަލު ކަމުގައި ވިޔަސް، އަދި ސޯޝަލް މީޑިއާގެ އެޕްތައް ހިންގާ ކުންފުނިތަކާ މުޢާމަލާތް ކުރުމުގައި ވިޔަސް، އޮސްޓްރޭލިޔާގެ މިންގަނޑުތައް ބޭނުން ކުރެވޭނެ ގޮތެއް، ރާއްޖޭގައި ތަޢާރަފް ކުރެވޭނެ ގޮތެއް ހެދުމަށް ކުރަންޖެހޭ މަސައްކަތް ކުރިއަށް ގެންދަން ގަސްތުކުރަން“

ރައީސް ވިދާޅުވީ ގިނަވެގެން އަހަރެއްހާ ދުވަސް ތެރޭގައި، އެފަދަ ގާނޫނެއް އެކުލަވާލައި، 16 އަހަރުން ދަށުގެ ކުދިންނަށް މީސްމީޑިއާ މަނާކުރެވިގެންދާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، 16 އަހަރުން ދަށަށް މީސްމީޑިއާ މަނާ ކުރުމަކީ ޑިޖިޓަލައުޒޭޝަންއާ ދުރަސް ދިޔުން ނޫން ކަމަށާ ސަރުކާރުގެ ސިޔާސަތަކީ 2.0 ކަމަށެވެ.

ނަމަވެސް ފިޔަވަޅުތައް އަޅަނީ ނުރައްކާތެރި ކޮންޓެންޓް ތަކުން ޒުވާން ކުދިން ސަލާމަތްކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އުއްމީދަކީ މި އަހަރު ތެރޭގައި ގާނޫނަށް އަމަލުކުރަން ފެށުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ