ރައީސް މުޢިއްޒު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
01 Jun 2026 | 11:56
ނަމާދު ގަޑިތަކުގައި ކުޅިވަރު ނުކުޅެވޭ ގޮތް ހަދައި، ކުޅިވަރުކުޅޭ ތަންތަނުގައި ނަމާދުކުރެވޭގޮތް ހަދަނީ

ނަމާދު ވަގުތު ޖެހުމުން، ވަކި ވަގުތެއް ވަންދެން ކުޅިވަރުކުޅުން މަނާކޮށް، ކުޅިވަރުކުޅޭ ތަންތަނުގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހިންނަކީ މުސްލިމުން ކަމަށާ، ދިވެހިންގެ ދިރިއުޅުމުގައި ޢަމަލީ މައިދާނުގައިވެސް ދީނަށް އިސްކަންދޭންޖެހޭނެ ކަމަށެވެ.

މިސާލަކަށް ކުޅިވަރުގެ މައިދާނުގައި، އުޅޭއިރު ނަމާދުގަޑި ޖެހިގެން ނިމިގެންދާއިރުވެސް ކުޅިވަރު ކުޅުމުގައި ތިބުމަކީ އެންމެ ރަނގަޅު ގޮޔެއް ނޫން. (އެކަމަކު) އަޅުގަނޑުމެންގެ ތެރޭގައި ކަންކަން އޮންނަ ގޮތް އެއީ. އެއީ ގަސތުގައި ކުރާ ކަމެއްވެސް ނޫން. ޒަމާނުއްސުރެ އޮތް އާދަ.

ރައީސް މުޢިއްޒު

އެހެންކަމުން ކުރިއަށް އޮތް ތަނުގައި، ކުޅިވަރު ކުޅޭ ތަންތަނުގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސައި، ކުޅިވަރު ކުޅެން އުޅޭ ފަރާތްތައްވެސް ނަމާދު ވަގުތު ޖެހުމުން ނަމާދު ކުރެވޭނެ ގޮތް ހަދައުދެއްވާނެ ކަމަށް ރައީސް ވިދާޅުވުއެވެ.

އަޅުގަނޑުމެންގެ ތެރޭގައި މިހާރު މަޝްވަރާ ކުރެވެމުންގޮސް ވަކި ހިސާބަކަށް ގެންދެވިފައި ތަންފީޒު ކުރުމާ ހަމައަށް ގެންދެވިފައި މިއޮތީ ކުޅިވަރުގެ މައިދާނުގައި، މިސާލަކަށް ސަރުކާރުން އަޅާ އިމާރާތްތަކުގައި ސްޕޯޓްސް ކޮމްޕްލެކްސް ތަކާ ތަންތަނުގައި، ކުޅިވަރު އެކުވެނީގައިވެސް، ނަމާދު ކުރެވޭނެ ފެސިލީޓަށް ގާއިމް ކުރުން. އަދި ބަންގި ގޮވާ ގަޑިން ފެށިގެން، ކަނޑައެޅޭ ވަކިވަގުތަކަށް ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލެވޭ ގޮތަށް، (ވިއްސަކަށް މިނެޓް ނަމަވެސް) ގެންނަންޖެހޭ ބަދަލުތައް ގެންނާނަން

ރައީސް މުޢިއްޒު

ރައީސް ވިދާޅުވީ، މާފަންނު ސްޓޭޑިއަމް އާއި ކުޅިވަރުއެކުވެނި އާއި ދެންވެސް ސަރުކާރުން އަޅަން ނިންމާފައިވާ ހުރިހާ ކުޅިވަރު ކުޅޭ ތަނެއްގައި ނަމާދު ކުރުމަށް ޚާއްސަ ތަނެއް ހުންނާނެ ކަމަށެވެ. 

ރައީސް ވިދާޅުވީ އެފަދަ ފިޔަވަޅުތައް އަޅަން ނިންމަވާފައިވަނީ ދިވެހި މުޖުތަމަޢުއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށް ވުމުން ކަމަށެވެ. އެހެންކަމުން މުޖުތަމައުގެ ކަންކަން ތަންފީޒުވާންޖެހޭނީ އެކަމުގެ މައްޗަށް ބިނާކޮށް ކަމަށްވެސް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ