އަފްޢާނިސްތާނާ ރާއްޖެ ބައްދަލުކުރިމެޗުގެ ތެރެއިން.. ފޮޓޯ: އެފްއޭއެމް
ކުޅިވަރު
01 Jun 2026 | 23:57
އަފްޢާނިސްތާނުން އަތުން ދިވެހިރާއްޖެ ބަލިވެއްޖެ

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގެ ދެވަނަ މެޗްގައި މިރޭ ދިވެހިރާއްޖެ އާއި އަފްޢާނިސްތާން ބައްދަލުކުރިމެޗް ހަނިގޮތަކަށް އަފްޢާނިސްތާނުން ކާމިޔާބުކޮށްފިއެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް، އަފްޢާން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި އަފްޢާން ޓީމުން ލަނޑު ޖަހާފައިވަނީ މެޗް ނިމެން 10 ވަރަކަށް މިނެޓަށް ވެފައިވަނިކޮށެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ، ރޯމާން ފާޒީ އެވެ.

ރާއްޖެ ބަލިވިނަމަވެސް މެޗް ފެށުމާ ހަމައިން، މެޗްގެ އެންމެ ފަހު ވަގުތާހަމަޔަށްވެސް މޮޅަށް ކުޅެފައިވަނީ ރާއްޖޭގެ ޓީމުންނެވެ. އަފްޢާނިސްތާނުން ގުޅިގެން އުފެއްދި ގިނަ ހަމަލާތައް ނާކާމިޔާބުކޮށްލުމަށް ރާއްޖޭގެ ޑިފެންސުން މޮޅު ކުޅުމެއް ދެއްކިއިރު، ރާއްޖޭގެ ކުޅުންތެރިންވެސް ވަނީ އަފްޢާނުގެ ޑިފެންސް ލައިނަށް ބާރުބޮޑުކޮށްފައެވެ.

އަފްޢާނިސްތާނާ ރާއްޖެ ބައްދަލުކުރިމެޗުގެ ތެރެއިން..   ފޮޓޯ: އެފްއޭއެމް

މެޗްގައި ރާއްޖޭގެ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިން ފެނިގެން ގޮސްފައިވަނީ ފަހު ހާފްގައެވެ. އެގޮތުން އަހުޒަމްގެ ބަދަލުގައި ސެންޓޭ ކުޅެން އަރާފައިވާއިރު، ފޭދޫ އިއްބެ އަދި އަޝްފާގުވެސް ވަނީ ފަހު ހާފް ކުޅެން ނިކުމެފައެވެ. ނަތީޖާއަކަށް ވެގެންދިޔައީ ރާއްޖޭގެ ޓީމު ކުރިއަށްޖެހި އެޓޭކް ވަރުގަދަވުމެވެ.

މެޗްގައި އަޝްފާގް ކުޅެން ނިކުމެފައިވާއިރު މިއީ އޭނާ ޤައުމީ ޓީމަށް ކުޅުނު 100 ވަނަ މެޗެވެ. 

މުބާރާތުގައި ދެން ދިވެހިރާއްޖެ ނިކުންނާނީ މިމަހުގެ ހަތަރުވަނަ ދުވަހުގެ ހަވީރު، ޕާކިސްތާނާ ދެކޮޅަށެވެ. އަދި ހަމަ އެދުވަހު އަފްޢާނިސްތާން ނިކުންނާނީ ބަންގްލަދޭޝް އާ ދެކޮޅަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ