ޕްރިފެޝަނަލް ސްޕީކާސް ސަމިޓްގެ ތެރެއިން- ފޮޓޯ/ އެމްޕީއެސްއޭ
ހަބަރު
02 Jun 2026 | 19:22
މޯލްޑިވްސް ޕްރޮފެޝަނަލް ސްޕީކާސް ސަމިޓް ޖުލައިމަހު ބާއްވަނީ؛ ރެޖިސްޓާވުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ޕްރޮފެޝަނަލް ސްޕީކާސް އެސޯސިއޭޝަން، އެމްޕީއެސްއޭ އިން އިންތިޒާމުކުރާ "މޯލްޑިވްސް ޕްރޮފެޝަނަލް ސްޕީކާސް ސަމިޓް 2026" އަންނަ ޖުލައި މަހު ބޭއްވުމަށް ނިންމައި، ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

"ވޮއިސަސް އޮފް އިމްޕެކްޓް" ނުވަތަ ނުފޫޒުގަދަ އަޑުތަކުގެ ތީމްގެ ދަށުން ބާއްވާ މި ސަމިޓް އޮންނާނީ 2026 ޖުލައި 11 އިން 12 އަށް، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލް އޮޑިޓޯރިއަމްގައެވެ. މިއީ މި ސަމިޓް ބާއްވާ ތިންވަނަ އަހަރެވެ.

މި ސަމިޓުގައި އެމެރިކާ، ސިންގަޕޫރު، ސްވިޑަން، އިންޑިއާ، އިނގިރޭސިވިލާތް އަދި ރަޝިއާ ފަދަ ގައުމުތަކުގެ މަޝްހޫރު ވާހަކަދެއްކުންތެރިންނާއި، ތަމްރީނުދޭ މާހިރުންނާއި، ކޯޗުން ބައިވެރިވާނެއެވެ. މީގެ އިތުރުން ރާއްޖޭގެ ފުންނާބުއުސް ވާހަކަދެއްކުންތެރިންނާއި އިލްމީ މާހިރުންވެސް މި ބައްދަލުވުމުގައި އެމީހުންގެ ތަޖުރިބާ ހިއްސާކުރާނެއެވެ.

އެމްޕީއެސްއޭ އިން ހާމަކުރި ގޮތުގައި، މި ސަމިޓް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ މުޢާމަލާތްކުރުމުގެ ހުނަރު ބޭނުންކޮށްގެން ލީޑަޝިޕް ވަރުގަދަކުރުމަށާއި، ވިޔަފާރި ކުރިއެރުވުމަށާއި، އަމިއްލަ ނަފްސު ތަރައްގީކުރުމަށް މީހުން އަހުލުވެރިކުރުވުމެވެ. ޚާއްޞަކޮށް އާޓިފިޝަލް އިންޓެލިޖެންސް، އޭއައި އާއި އާ އީޖާދުތަކާއެކު މަސައްކަތުގެ މާހައުލު ބަދަލުވަމުންދާ މި ދަނޑިވަޅުގައި، އެފެކްޓިވް ކޮމިއުނިކޭޝަން ނުވަތަ މުއާމަލާތްކުރުމުގެ ހުނަރަކީ ކޮންމެ ދާއިރާއެއްގައިވެސް ކާމިޔާބީގެ އަސްލުކަމަށް އެ ޖަމިއްޔާއިން ގަބޫލުކުރެއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ސަމިޓުގައި ޕްރޮފެޝަނަލް ސްޕީކިންގ، ސްޓޯރީޓެލިންގ، އޯޑިއަންސް އެންގޭޖްމަންޓް، ޕާސަނަލް ބްރޭންޑިންގ އަދި ލީޑަޝިޕް ކޮމިއުނިކޭޝަން ފަދަ މުހިންމު މައުޟޫއުތަކަށް ސެޝަންތައް ކުރިއަށްދާނެއެވެ. މިއީ ވާހަކަދެއްކުންތެރިންނާއި، ޓީޗަރުންނާއި، ވިޔަފާރިވެރިންނާއި، އަދި މުއާމަލާތްކުރުމުގެ ހުނަރު ކުރިއަރުވަން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް ހުޅުވާލެވިފައިވާ ރަނުގެ ފުރުސަތެކެވެ.

އެމްޕީއެސްއޭ އިން ބުނި ގޮތުގައި މި އަހަރުގެ ތީމް "ވޮއިސަސް އޮފް އިމްޕެކްޓް" އިޚްތިޔާރުކުރީ ކޮންމެ މީހެއްގެ އަޑަކީވެސް މުޖުތަމައަށް ހެޔޮ ބަދަލެއް ގެނައުމުގެ ބާރު ލިބިގެންވާ އެއްޗަކަށްވާތީއެވެ.

މި ސަމިޓުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް މިހާރު ވަނީ ރަޖިސްޓްރޭޝަން ހުޅުވާލާފައެވެ. އެމްޕީއެސްއޭ ގެ މެންބަރުންނަށާއި އާންމު ރައްޔިތުންނަށްވެސް ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.

ރަޖިސްޓްރޭޝަން ލިންކު: https://form.jotform.com/261473032440043

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ