ބެޑް އެންޑް ބްރެކްފާސްޓްގައި ރޯވުން.. ފޮޓޯ: އޭޕީ
ދުނިޔެ
04 Jun 2026 | 07:55
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ

އިންޑިއާގެ ނިއުދިއްލީގެ ހައުޒް ރާނީ ސަރަހައްދުގައި ހުންނަ ބެޑް އެންޑް ބްރެކްފަސްޓް ހޮޓަލުގައި ހިނގި އަލިފާނުގެ ހާދިސާގައި މަދުވެގެން 21 މީހަކު މަރުވެއްޖެއެވެ.

ދިއްލީގެ ކަމާ ބެހޭ އޮފިޝަލުން ބުނީ މަރުވި މީހުންގެ ތެރޭގައި އިންޑިއާގެ އިތުރުން އެހެން ގައުމުތަކަށް ނިސްބަތްވާ މީހުންވެސް ހިމެނޭކަމަށެވެ. އިމާރާތުގައި އަލިފާން ރޯވުމާއެކު، އަލިފާންގަނޑުން ސަލާމަތްވުމަށްޓަކައި ގިނަ ބަޔަކު ވަނީ އިމާރާތުގެ މަތީ ބުރިތަކުން ތިރިއަށް ފުންމާލާފައެވެ. އެހެންކަމުން މަރުވި މީހުންގެ ސީދާ އަދަދު އިތުރުވާނޭކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ. ހައުޒް ރާނީ ސަރަހައްދުގެ ކައިރީގައި ބޮޑު ހޮސްޕިޓަލެއް ހުރުމުގެ ސަބަބުން ބަންގްލަދޭޝް، ނައިޖީރިއާ، މޮޒަމްބީކް، ލައިބީރިއާ އަދި އެފްރިކާ އާއި މެދުތެރޭ އޭޝިއާގެ ގައުމުތަކުން ބޭސްފަރުވާއަށް އަންނަ ބަލިމީހުންނާއި އެމީހުންގެ އާއިލާތަކުން އާންމުކޮށް މި ސަރަހައްދުގެ ގެސްޓްހައުސްތަކުގައި މަޑުކުރެއެވެ.

މިއީ 2022 ވަނަ އަހަރު މުންޑްކާގެ އިލެކްޓްރޯނިކްސް ކާރުޚާނާއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 27 މީހުން މަރުވި ފަހުން، ދިއްލީގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ. އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަކީ ތާރީހީ ސަރަހައްދެކެވެ. 12 ވަނަ ގަރުނުގެ ތާރީޚެއް އޮންނަ ހައުޒް ރާނީ އަކީ ހަނި ގޯޅިތަކެއް ހިމެނޭ ސަރަހައްދެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.