އެމެރިކާގެ ރައީސް ޓްރަމްޕް- ފޮޓޯ/ ރޮއިޓާސް
ދުނިޔެ
04 Jun 2026 | 09:25
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ; މުޖުތަބާ ޚާމަނާއިއާވެސް ބައްދަލުކުރަން ބޭނުން: ޓްރަމްޕް

އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ބުދަ ދުވަހު ދިން އިންޓަވިއުއެއްގައި ޓްރަމްޕް ބުނީ، އީރާނުން މިހާރުވެސް ނިއުކްލިއަރ ހަތިޔާރު ނުއުފެއްދުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުންތައް ނައްތާލުމަށް ކުރެވޭ މަޝްވަރާތަކުގައި ޚާމަނާއީގެ ބައިވެރިވުން އެބައޮތް ކަމަށާއި، އީރާނުގެ ރައްޔިތުން އޭނާއަށް ވަރަށް ބޮޑަށް އިހުތިރާމް ކުރާ ކަމަށްވެސް ޓްރަމްޕް ބުނެފައިވެއެވެ.

ޚާމަނާއީގެ ސިއްހީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަމުން ޓްރަމްޕް ބުނީ، އޭނާގެ ހާލު އެހާ ރަނގަޅު ނޫން ކަމަށް މައުލޫމާތު ލިބިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް މަޝްވަރާތަކުގެ ކަންކަމުގައި އޭނާގެ ހުއްދަ ލިބެމުންދާ ކަމަށް ބުންޏެވެ. ޓްރަމްޕް އިތުރަށް ބުނީ، އަދި މިހާތަނަށް ޚާމަނާއީއާ ބައްދަލުވެފައި ނުވި ނަމަވެސް، ކަންތައްތައް ރަނގަޅަށް ދާނަމަ ކުރިއަށް އޮތް ތަނުގައި ބައްދަލުކުރަން ބޭނުންވާ ކަމަށެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން ދޭން ފެށި ހަމަލާތަކާ ގުޅިގެން އުފެދުނު ހަނގުރާމައަކީ ކާމިޔާބީއެއްގެ ގޮތުގައި ޓްރަމްޕް ސިފަކުރިއެވެ. އޭނާ ބުނި ގޮތުގައި އީރާނުގެ އަސްކަރިއްޔާ ވަނީ ބަލިކޮށްލެވިފައެވެ. ނަމަވެސް މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާއިރު، ނޮވެމްބަރު މަހު އޮންނަ އެމެރިކާގެ ކޮންގްރެސް އިންތިޚާބާ ދިމާކޮށް މި ހަނގުރާމައަށް އޮތް ތާއީދު އެމެރިކާގެ ރައްޔިތުންގެ މެދުގައި ވަނީ ކުޑަވެފައެވެ.

"އީރާނުގެ މައްސަލައަކީ ބޮޑު ކާމިޔާބީއެއް. އަޅުގަނޑުމެން މިދަނީ އެއްބަސްވުމަކަށް އައުމަށް މަސައްކަތް ކުރަމުން. އެކަން ކާމިޔާބުވެއްޖެނަމަ ވަރަށް ރަނގަޅު. ނުވިނަމަ ދެން އޮތް ގޮތަކަށް ކުރިއަށް ދާނީ،" ޓްރަމްޕް ބުންޏެވެ.

ދެން އޮތް ގޮތަކީ ކޮބައިކަން ޓްރަމްޕް ސީދާ ނުބުނި ނަމަވެސް، މީގެ ކުރިން އޭނާ ވަނީ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އަލުން ހަމަލާތައް ދޭން ފަށާނެ ކަމުގެ އިންޒާރު ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ