މިފްކޯގެ ސީއީއޯ އަނަސް، މުއައްޒަފުންނާއެކު.. ފޮޓޯ: މިފްކޯ
ހަބަރު
04 Jun 2026 | 11:31
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް

ޒަމާނުއްސުރެ މިފްކޯ ހިންގަމުން އައި ގޮތަށް މިއަދު ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާކަމަށް އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކަމަށް އަލަށް ހަވާލުވެ ވަޑައިގެންނެވި މުހައްމަދު އަނަސް ވިދާޅުވެއްޖެއެވެ.

މިފްކޯގެ ދަށުން ހިންގަމުން އަންނަ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ. ސިނާން ވިދާޅުވީ އޭނާގެ ތަސައްވުރަކީ މިފްކޯއަށް އިސްލާހީ ބަދަލުތަކެއް ގެނައުން ކަމަށާއި، ކުންފުންޏަކީ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންނަކަށް ވުމާވެސް އެކުގައި ބަދަލުތަކެއް ގެނެސް ކުންފުނި ޒަމާނީކުރަން ޖެހިފައިވާކަމަށެވެ.

މިފްކޯގެ ހިންގުން ޒަމާނާ އެއްގޮތަށް ބަދަލުކުރުމުގެ މަސައްކަތް މިހާރުވެސް ފަށާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މިފްކޯއަށް އިތުރަށް އާމްދަނީ ހޯދޭނެ ގޮތްތައް ހޯދައި ކުންފުންޏަށް ލިބޭ އެއްޗެއް އިތުރުކޮށް މުއައްޒަފުންގެ އާމްދަނީ އިތުރުކުރަން ޖެހޭކަންވެސް އަނަސް ފާހަގަކުރެއްވިއެވެ. 

ހަމައެކަނި މަސް އެކްސްޕޯޓް ކުރުމުގެ ބަދަލުގައި އިތުރު އާމްދަނީ ލިބޭނެ ގޮތްތައް އަޅުގަނޑުމެން މިއަދު ހޯދަންޖެހޭ. މިގޮތުން މެނޭޖްމަންޓުން އެބަ މަސައްކަތް ކުރަން ކުންފުނީގެ އޮޕަރޭޝަން ޑައިވާސިފައި ކޮށް، އައު މާކެޓުތައް ހޯދައި، އަޅުގަނޑުމެންގެ އުފެއްދުންތަކަށް އަގު އެއްކުރާނެ އިތުރު ގޮތްތަކެއް ހޯދަން

ސީއީއޯ އަނަސް

މުއައްޒަފުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ސިނާން ވަނީ، ހުރިހާ މުވައްޒަފުން ވެސް މަސައްކަތުގެ އަޚްލާޤު ހިފައްޓައި، ގުޅިގެން އެއް ޓީމެއްގެ ގޮތުގައި މަސައްކުރުމަށް އެދިފައެވެ. އަދި ހުރި މައްސަލަތައް ދެނެގަނެ މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ރަނގަޅު ކުރައްވާނޭކަމަށް ވަނީ ވިދާޅުވެފައެވެ.

މަގާމާ ހަވާލުވެ ވަދައިގަތުމަށްފަހު ހެޑް އޮފީހުގެ މުއައްޒަފުންނާ ބައްދަލުކުރެއްވުމަށްފަހު ސިނާން ވަނީ މިފްކޯގެ ސެންޓަުތަކަށް ޒިޔާަރަތްކޮސް އެތަންތަނުގައި ހުރި މައްސަލަތައް ބަލައި ރަނގަޅުކުރެވެން ހުރި ކަންކަން ރަނގަޅުކުރުމަށް ފިޔަވަޅު އަޅުއްވަން ފައްޓަވާފައެވެ.

މިފްކޯއަކީ ދިވެހި ޤައުމީ މަސްކުންފުންޏެވެ. އަދި އެކުންފުންޏަކީ މަސްވެރިންނާއި އަދި ދިވެހިންނާ ވަރަށްބޮޑަށް ގުޅި ލާމެހިފައިވާ ކުންފުންޏެއްވެސް މެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ