ރާއްޖޭގެ ޚަތީބުން ހަރަމުގެ އިމާމަކާއެކު- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ހަބަރު
04 Jun 2026 | 14:05
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް؛ ޙަރަމްފުޅުގެ އިމާމަށް ދަޢުވަތު ދީފި

ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.

މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރާ 13 ސެޕްޓެމްބަރު 2026 ވަނަ ދުވަހުއެވެ. 

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރެއްވި ގޮތުގައި، މި މަހާސިންތާއަށް މައްކާގެ މަސްޖިދުލް ޙަރަމްގެ އިމާމު، ފަޟީލަތުއްޝައިޚު ޑރ. ޔާސިރް އައްދައުސަރީއަށް މިހާރު ވަނީ ދަޢުވަތު ފޮނުއްވާފައެވެ.

މިއީ ރާއްޖޭގެ ކުރިއަށް އޮތް އިސްލާމީ ޤަރުނުގައި، އިސްލާމީ ޝިޢާރު ފާޅުކުރުމުގެ އިސްދައުރު އަދާކުރާނެ ޒުވާން ޚަޠީބުންނާއި ޙާފިޒުންނަށް ބާއްވާ ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވިގޮތިގައި، މިނިސްޓްރީން ތަމްރީންކުރާ 1000 ޒުވާން އިމާމުންނާއި ޚަޠީބުންގެ އިތުރުން ރާއްޖޭގެ ޒުވާން ޙާފިޒުންނަށް މި މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު ހަމަޖެހިގެންދާނެއެވެ.

މިވަގުތު ރާއްޖޭގެ ޙާފިޒުންގެ ދަފްތަރުގައި 307 ޙާފިޒުން ތިއްބެވިއިރު، ޒުވާން ޚަޠީބުންގެ އަދަދަކީ 532 އެވެ. ނަމަވެސް، އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީގެ އަމާޒަކީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން 1000 ޒުވާން ޚަޠީބުން ތަމްރީންކޮށް ނިންމުން ކަމަށް ޝަހީމް ވިދާޅުވިއެވެ.

ވަޒީރު ޝަހީމް ވަނީ މި މަހާސިންތާއަށް މިހާރުން ފެށިގެން ތައްޔާރުވުމަށް ޒުވާން ޚަޠީބުންނަށް އިލްތިމާސްކުރައްވާފައެވެ. އެގޮތުން އިމާމުކަމުގެ ހެދުންކޮޅާއި ތާކިހާކޮޅު ތައްޔާރުކުރެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

މި މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ ތެރޭގައި މިނިސްޓްރީން ރަސްމީކޮށް އިޢުލާންކުރާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ