މިއަދު ރާއްޖެއާ ޕާކިސްތާނު ބައްދަލުކުރި މެޗްގެ ތެރެއިން.. ފޮޓޯ: އެފްއޭއެމް
ހަބަރު
04 Jun 2026 | 18:21
ޕާކިސްތާން އަތުން ބަލިވެ، ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވެއްޖެ

މިހާރު ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓުބޯޅަ މުބާރާތުގައި މިއަދު ދިވެހިރާއްޖެ ޕާކިސްތާނާ ދެކޮޅަށް ކުޅުނުމެޗުން ބަލިވުމުން މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ރާއްޖެއަށް ގެއްލިއްޖެއެވެ.

މުބާރާތުގައި މިއަދު ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ޕާކިސްތާނު މޮޅުވިއިރު، އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ. އެގޮތުން މިއަދުގެ މެޗް ޑޮމިނޭޓްކުރީ ޕާކިސްތާނުންނެވެ. މެޗްގެ ފުރަތަމަ ހާފްގައި ދެޓީމުންވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތައް ލިބިގެންގޮސްފައެވެ. އެގޮތުން ކައުންޓަރ އެޓޭކްގައި ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތައް ރާއްޖޭގެ ކުޅުންތެރިން ވަނީ ހޯދާފައެވެ.

މެޗްގެ ފުރަތަމަ ހާފް ނިމުނުއިރު 0-0 ގެ ނަތީއްޖާއިން ނިމުނުއިރު، ފުރަތަމަ ހާފް ފަށައި ރައްޖެއިން ވަނީ ޕާކިސްތާނުގެ ޑިފެންސަށް ނުަރައްކާކޮށްފައެވެ. މެޗްގައި ޕާކިސްތާގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ 53 ވަނަ މިނެޓް ތެރޭގައެވެ. މި ލަނޑު ޖަހައިދިނީ، ނަވާޒެވެ. ޕާކިސްތާނުގެ ދެވަނަ ލަނޑު 83 ވަނަ މިނެޓް ތެރޭގައި ޝަހުޒާދު ކާމިޔާބުކޮށްދިން އިރު ތިންވަނަ ލަނޑު ޖަހައިދިނީ، ރާޝިދެވެ. 

މެޗްގައި ރާއްޖޭގެ ޓީމުން ވަނީ ފަހު ހާފްގައި އަލީ ފާސިރު (ސެންޓޭ) އާއި ނައްސާހް ކުޅެން އަރުވާފައެވެ.

ޕާކިސްތާނު މެޗުން ރާއްޖެ ބަލިވިއިރު، މިރޭ ބަންގްލަދޭޝް އާއި އަފްޢާނިސްތާން ބައްދަލުކުރާ މެޗް ކޮންމެ ގޮތަކަށް ނިމުނަސް ރާއްޖެއަށް ފައިނަލަށް ދެވޭނެ އެއްވެސް ފުރުސަތެއް ނޯންނާނެއެވެ. ރާއްޖެ ވަނީ ފުރަތަމަ މެޗްގައި އަފްޢާން އަތުންވެސް ބަލިވެފައެވެ.

މުބާރާތުގައި މިރޭ އަފްޢާނިސްތާން ނިކުންނާނީ ބަންގްލަދޭޝް އާ ދެކޮޅަށެވެ. 

ކޮމެންޓް
ޣގ
އަޝްފާޤުވެސް ނިކުތް
04 Jun 2026
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ