ސޯބެގެ ކެމްޕެއިން ނިންމުމަށް އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ނަޝީދު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ
ހަބަރު
05 Jun 2026 | 16:00
އައްޑޫ ސިޓީގެ ހުރިހާ އުމްރާނީ ތަރައްޤީއަކީ އެމްޑީޕީގެ އެއްޗެއް: ނަޝީދު

އައްޑޫގެ އުމްރާނީ ހުރިހާ ތަރައްގީއަކީ އެމްޑީޕީގެ އެއްޗެއް ކަމަށާ، އިތުރު އެއްވެސް ސަރުކާރަކުން އައްޑޫގެ ތަރައްގީއަށް ކަމެއް ކޮށްދީފައި ނުވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓު އަބްދުالله ސޯދިގު (ސޯބެ)ގެ ކެމްޕެއިން ނިންމާލުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު އެމްޑީޕީ ސަރުކާރުތަކުން ކޮށްދީފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. 

އައްޑޫގައި އެމްޑީޕީގެ ސަރުކާރަކުން ފިޔަވައި ތަރައްގީގެ ކަމެއް، އިޖުތިމާޢީ ކަމެއް ކުރެވިފައި އޮތްތަނެއް ނުފެންނާނެ. ދޮށީ އުމުރު މީހުންނަށް އެއްޗެއް ދެވުނީ އެމްޑީޕީން، އެކަނިވެރި މައިންނަށް އެއްޗެއް ދެވުނީ އެމްޑީޕީން. ނުކުޅެދޭ މީހުންނަށް އެއްޗެއް ދެވުނީ އެމްޑީޕީން. ޔަތީމު ކުދިންނާ އަޅާލެވުނީ އެމްޑީޕީން. އެންމެ މަތީ އުޖޫރަ ދެވުނީ އެމްޑީޕީން. ބޭސްސިޓީއަށް ސަލާންޖެހިން ހުއްޓުވާލީ އެމްޑީޕީން. ފޮތް ލިސްޓަށް އާދޭސް ކުރުން ހުއްޓުވާލީ އެމްޑީޕީން. 

ރައީސް ނަޝީދު

އެއާއެކު ނަޝީދު ވިދާޅުވީ އައްޑޫ ސިޓީއަށް އުމްރާނީ ގޮތުން އައިސްފައިވާ  ހުރިހާ ތަރައްގީއަކީ އެމްޑީޕީން ގެނެސްދިން އެއްޗެއް ކަމަށެވެ. އަދި އެހެން ސަރުކާރުތަކުން އެ ސިޓީއަށް ކަމެއް ކޮަށްދީފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.

މި އައްޑޫ ސިޓީގައި މިވާ ހުރިހާ އުމްރާނީ ތަރައްޤީއެއް، އެއީ އިތުރުބައެއްގެ އެއްޗެއް ނޫން. އެމްޑީޕީގެ އެއްޗެއް. 

ރައީސް ނަޝީދު

ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖެ ދަނީ އަނދަވަޅަކަށް ވެއްޓެމުން ކަމަށާއި ދަރަނީގެ ދަންތުރައެއްގައި ޖެހެމުންދާ ކަމަށެވެ. އެހެންކަމުން، މަޖިލީހަށް ފޮނުވަން ޖެހޭނީ، ތަޢުލީމީ ބޭފުޅެއް ކަމަށާ، އެ ބޭފުޅަކަށް ދުނިޔޭގައި ހިނގާ ކަންތައް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށް ވިދާޅުވުއެވެ. 

އަދި އެފަދަ ބޭފުޅަކީ ސޯބެ ކަމަށްވެސް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ