"ދަ ޕަލްސް" ޕްރޮގްރާމްގައި ރައީސް ޑރ.މުއިއްޒު ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ: ރައީސް އޮފީސް
ހަބަރު
06 Jun 2026 | 09:49
ބޭނުންވަނީ ވިލިމާލެ، އެ ފެހިކަންމަތީ ބާއްވައިގެން މަޝްރޫޢުތައް ކުރިއަށްގެންދަން: ރައީސް

އަދުގެ ސަރުކާރުގެ ސިޔާސަތަކީ ވިލިމާލެ މިހާރުވެސް ފެންނަ ފެހިކަން މަތީ ބައްވައިގެން މަޝްރޫޢުތައް ކުރިއަށްގެންދިއުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ދަ ޕަލްސް" ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފެށި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވަނީ މި ސަރުކާރުން ތިމާވެށީގެ ކަންކަން ކުރިއަށްގެންދާގޮތުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަދައްކަވާފައެވެ. އެގޮތުން ވިލިމާލޭގައި ހައުސިން މަޝްރޫޢު އަދި އެނޫންވެސް ބައެއް މަޝްރޫޢުތައް ކުރިއަށްގެންދަން ބޮޑެތި ގަސްތައް ނަގަންޖެހިފައިވާ މައްސަލާގައި ރައީސް ވިދާޅުވީ، މި ސަރުކާރުން ވިލިމާލެ ބާއްވާނީ މިހާރުވެސް އެ ފެންނަ ފެހިކަންމަތީގައި ކަމަށެވެ. 

ވިލިމާލެ

އެގޮތުން މިފަހުން ހައުސިން މަޝްރޫޢު ހިންގަން ގަސްތައް ނަގަންޖެހުމުން ހައުސިން އިމާރާތްތައް އަޅާ ސަރަހައްދަށް ބަދަލުގެނެސް ގަސްތައް އެ ހުރިގޮތަށް ބެހެއްޓުމަށް ނިންމާފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ވިލިމާލޭގައި ހޮސްޕިޓަލް އަޅަން ނިންމާފައިވާ ސަރަހައްދުން ގަސް ކޮންމެވެސް ވަރަކަށް ނަގަންޖެހުނު ނަމަވެސް، އެހެންތަންތަނުގައި ގަސްތައް އިންދުމުގެ ކަންކަން ކުރިއަށްދާނޭަކަމަށެވެ. އެގޮތުން ވަގުތީގޮތުން ގަސްތައް ނެގިނަމަވެސް އެހެންތަންތަނުގައި ގަސްތައް އިންދައި އޭގެ ބަދަލު ފަހުން ފެންނާނޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެން ބޭނުން ވިލިމާލެއަކީ ފެހިތަނެއްގެ ގޮތުގައި، ފެހިކޮށް ބާއްވަން. ދެން އަބަދުވެސް މާލެއާ ގުޅިފައި އެފަދަ ތަނެއް އޮތުން ވަރަށް މުހިންމު. ޒަމާންސުރެ އޮތް މި ރީތިކަން ޤާއިމުކޮށް ރަނގަޅަށް ބޭނުން. އަލުން ތަރައްޤީވެސް ކުރަން ބޭނުން

ރައީސް ޑރ.މުއިއްޒު

ރައީސް ވިދާޅުވީ މި ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައްވެސް ކުރިއަށްގެންދާނީ ތިމާވެށި ހިމާޔަތްކުރުމާ ގުޅިލާމެހިގެންދާނޭ ގޮތަށް ކަމަށެވެ. ތިމާވެށި ހިމާޔަތްކޮށް ކުރިއެރުވުމުގައި ރާއްޖެއަކީ އެހެން ޤައުމުތަކަށް ނަމޫނާއެއްގެ ގޮތުގައި ދައްކަން ބޭނުންވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެ މަސައްކަތް ތާވަލްކޮށްފައިވާ ގޮތަށް ކުރިއަށް ގެންގޮސް ނިންމޭނޭކަމަށެވެ. އެގޮތުން ރައްޔިތުންގެ އެއްބާރުލުމާއެކު ކުރިއަށްގެންދާ މިފަދަ ކަންތައްތަކުގެ ނަތީޖާ ހޯދުމުގައި ރައްޔިތުންގެ ބައިވެރިވުން މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

ސަރުކާރުން އަމާޒުހިފާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 1.6 މިލިއަނަށްވުރެ ގިނަ ގަސް ވަނީ އިންދާފައެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން، ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމް ފައްޓަވާފައިވަނީ 2024 ވަނަ އަހަރުގެ ޖޫންމަހުގެ ފަސްވަނަ ދުވަހުއެވެ. ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދުމަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދެކެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ