ކުރީގެ ރައީސް މުޙައްމަދު ނަޝީދު- ފޮޓޯ/ އެމްޑީޕީ
ހަބަރު
07 Jun 2026 | 10:26
އެމްޑީޕީން ބައި އިލެކްޝަން ކާމިޔާބު ކުރީ ބޮޑު އަޣުލަބިއްޔަތަކުން؛ ރައީސް މުޢިއްޒު ރަނގަޅަށް ބަލިވެއްޖެ: ނަޝީދު

އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކާމިޔާބު ކުރުމާ ގުޅިގެން، ވެރިކަންކުރާ ޕީއެންސީން ދައްކަމުންދާ ވާހަކަތަކަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ފާޑުތވިދާޅުވެއްޖެއެވެ.

މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުالله ސޯދިގަށް ލިބިވަޑައިގަތީ 1375 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 51.15 އިންސައްތައެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ސަޢީދަށް ލިބިވަޑައިގަތީ 1313 ވޯޓެވެ. އެއީ 48.85 އިންސައްތައެވެ.

ދެ ކެންޑިޑޭޓުންގެ ދެމެދުގައި އޮތް ފަރަގަކީ 62 ވޯޓެވެ. އިންތިޚާބުގައި އައްޑޫ ސިޓީ ހިތަދޫގައި ބަހައްޓާފައި ހުރި ފޮށިތަކުން ކުރި ހޯދީ ސަޢީދެވެ. ނަމަވެސް ނަތީޖާ ބަދަލުވީ މާލެ ފޮށިތަކުންނެވެ. 

އެހެންކަމުން ވެރިކަންކުރާ ޕާޓީން އަންނަނީ ގޮނޑި ނުލިބުނު ނަމަވެސް އެ ނަތީޖާއަކީ ކާމިޔާބީއެއް ކަމަށް ފާހަގަކުރަމުންނެވެ. 

އެކަމަށް ފާޑުވިދާޅުވެ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބައެއް ފަހަރު ތަޅާފޮޅާއިރު ވާގޮތަށް ކަންތައްތައް މެދުވެރިވެފައިވާ ކަމަށެވެ.

”ގަދަ މީހާ ޖަހާއިރަށް، އަނގައިން ބަލިނުވާ މީހާ "ދެން ޖަހާބަލަ" އޭ ބުނާނެ. ނަމަވެސް އެންމެ ފަހުން ހެސް ކިޔާފައި ކަންކަށީގައި ޖަހާ ވައްޓާލުމުން "އަދި ކިރިޔާ ޖެހުނު ކަމަށް" ބުނާނެ“ ނަޝީދު ވިދާޅުވިއެވެ. 

ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަކީ މީގެ ކުރިން ޕީއެންސީ އަތުގައި ބޮޑު އަޣުލަބިއްޔަތަކުން އޮތް ގޮނޑިއެއްކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީން އެ ގޮނޑި ހޯދުމަކީ ރައީސް މުޢިއްޒު ރަނގަޅަށް ބަލިވުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ