ޝިފާން އާއި ރައީސް ނަޝީދު-
ހަބަރު
08 Jun 2026 | 13:00
ޝިފާން، ރައީސް ނަޝީދަށް: އައިސިން އަކީ ކޭކުގެ އަގުބޮޑުކޮށްލަދޭ ބޭނުންތެރި ފަށަލައެއް

ސިޔާސީ މަސައްކަތްތަކުގައި ކޯލިޝަން ހެދުމަކީ ކޭކެއްގައި "އައިސިން" ޖަހާލުން ފަދަ ކަމެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި ވާހަކަފުޅަށް، އަދާލަތު ޕާޓީގެ ރައީސް މުޙައްމަދު ޝިފާން ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޭކެއްގެ މަތީގައި ފަތުރާލެވިފައިވާ އައިސިންގ ފަށަލައަކީ ކޭކު ރީތިކޮށް އަދި އޭގެ އަގު ބޮޑުކޮށްލަދޭ ވަރަށް ބޭނުންތެރި ފަށަލައެއް ކަމަށެވެ.

އަދި އެ ފަށަލަ ނައްތާލުމުން ބާކީ އޮންނަ ބަޔަކީ އެއްވެސް ރަހައެއް ނެތް، ހިކިފައިވާ، އަދި ފަސޭހައިން ކުނޑިވެގެންދާ އެއްޗަކަށް ވާނަމަ، އެ ކެއުމަށް ޝައުގުވެރިވާނެ ބަޔަކު ވަރަށް މަދުވާނެ ކަމަށް ޝިފާން ފާހަގަކުރެއްވިއެވެ.

ޝިފާން އިތުރަށް ވިދާޅުވީ ކޭކެއްގެ ހަގީގީ އަގު ބިނާވެފައިވަނީ އޭގެ ބޮޑުމިނަކަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، އެއީ ކާލަން ބޭނުންވާ ފަދަ މީރު އަދި ޝައުގުވެރި އެއްޗަކަށް ވުމަކީ އޭގެ އަސްލު އަގު ވަޒަންކުރެވޭ މިންގަނޑު ކަމަށް އޭނާ ވިދާޅުވިއެވެ.

‏ހަމަ އެފަދައިން އަޅުގަނޑުމެން ކުރާ ކަންތައްތަކުގައިވެސް، އެކަމެއްގެ ބޮޑުމިނަށްވުރެ މުހިންމީ އެކަމެއްގެ ފެންވަރާއި އެކަމެއްގައި ހިމެނޭ އިޚްލާޞްތެރިކަމެވެ.

ޝިފާން

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ކެމްޕޭނަށް ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ސިޔާސީ މަސައްކަތުގައި ބައެއް ފަހަރު އެހެން ޕާޓީތައް ގާތްކުރަނީ "އައިސިން" ޖަހާލަން ކަމަށެވެ. އަދި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީގެ ބައިވެރިވުން އޮވެގެން ނޫނީ އެމްޑީޕީއަށް ވެރިކަން ނުލިބޭނެ ކަމަށް ގަބޫލުނުކުރުމަށް އެމަނިކުފާނު އެމްޑީޕީގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ވެރިކަން ހޯދުމަށް ހުރިހާ މަސައްކަތެއް ކުރާ ބަޔަކީ އެމްޑީޕީގެ "ރީނދޫ ލަޝްކަރެ"ވެ. މިއީ އެއް ޕާޓީއަކަށް އެކަނި ރިޔާސީ އިންތިޚާބެއް ކާމިޔާބު ނުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވާ ވާހަކަފުޅަށް ނުސީދާކޮށް ދެއްވި ރައްދެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ