ކެނެޑާ އަދި ބޮސްނިއާ ބައްދަލުކުރިމެޗްގެ ތެރެއިން..
ކުޅިވަރު
13 Jun 2026 | 05:43
ބޮސްނިއާ އާއި ކެނެޑާ މެޗް ނިމުނީ އެއްވަރުވެގެން

ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ މުބާރާތް ބާއްވާ އެއް ޤައުމުކަމަށްވާ ކެނެޑާ ކުޅުނު ފުރަތަމަ މެޗް އެއްވަރުވެގެން ނިމިއްޖެއެވެ.

މުބާރާތުގައި ކެނެޑާ ކުޅުނު ފުރަތަމަ މެޗްގައި ނިކުތީ ބޮސްނިއާ އާ ދެކޮޅަށެވެ. ޓޮރޮންޓޯގައި ކުޅުނު މިމެޗް ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެގެންނެވެ. މެޗްގައި އެންމެ ފުރަތަމަ ލަނޑެއް ޖަހައި ކުރި ހޯދީ ބޮސްނިއާ އިންނެވެ. އެއީ 21 ވަނަ މިނެޓް ތެރޭގައި ތަޖުރިބާކާރު ޑިފެންޑަރު ކޮލަސިނެޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖޫވޯ ލޫކިޗް އެވެ. 

މެޗްގެ ފުރަތަމަ ހާފް 1-0 ގެ ނަތީޖާއިން ބޮސްނިއާ ކުރީގައި އޮވެގެން ނިމުނުއިރު، ދެވަނަ ހާފް ފެށުމާއެކު ކެނެޑާއިން ވަނީ މެޗް އެއްވަރުކުރަން ގިނަ ހަމަލާތަކެއް ބޮސް ބޮސްނިއާގެ ގޯލަށް އަމާޒުކުރަން މަސައްކަތްކޮށްފައެވެ. ނަމަވެސް މީގެ ތެރެއިން ގިނަ ހަމަލާތައް ބޮސްނިއާގެ ޑިފެންޑަރު ކޮލަސިނެޗް ވަނީ ދިފާއުކޮށްފައެވެ. އަދި ބައެއް ހަމަލާތައް ކީޕަރުވެސް ދިފާއުކުރިއެވެ.

މެޗްގައި ބޮސްނިއާއިން ލީޑް ނަގާފައިވަނިކޮށް ކެނެޑާއަށް އެއްވަރުކޮށްދިނީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ސައިލް ލާރިންއެވެ. މިމެޗް އެއްވަރުވެގެން ނިމުނުއިރު، މިއީ ވަރލްޑްކަޕް މުބާރާތުގެ މެޗެއް ބަލިނުވެ، ކެނެޑާއިން ނިންމާލި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކެނެޑާއިން ވަނީ ދެފަހަރެއްގެ މަތިން ވަރލްޑްކަޕް ކުޅެފައެވެ. އެއީ، 186 އަދި 2022 ވަނަ އަހަރެވެ. އެ ދެ މުބާރާތުންވެސް އެޓީމް ކުޅުނު މެޗުތަކުން ވަނީ ބަލިވެފައެވެ. 

މެޗްގައި ކެނެޑާއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތައް ވަނީ ލިބި ބޭނުން ނުކުރެވި ގޮސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.