ޕާޓޭ.. ފޮޓޯ: ގާޑިއަން
ކުޅިވަރު
13 Jun 2026 | 07:09
ގާނާގެ ތޯމަސް ޕާޓޭއަށް ކެނެޑާއަށް ވަނުމުގެ ހުއްދައެއް ނުލިބުނު

ގާނާގެ ވަރލްޑްކަޕް ސްކޮޑްގައި ހިމެނޭ ތޯމަސް ޕާޓޭއަށް ކެނެޑާއަށް ނުވަދެވޭނޭކަމަށް އެޤައުމުގެ އިމިގްރޭޝަނުން ނިންމައިފިއެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕާޓޭއަށް ކެނެޑާއަށް ވަނުމުގެ ހުއްދަ ކެނެޑާއިން ދީފައި ނުވަނީ، އޭނާގެ މައްޗަށް ހުށަހެޅިފައިވާ ރޭޕް މައްސަލައަކާ ގުޅިގެންނެވެ. ކުރިން އިނގިރޭސިވިލާތުގެ އާސެނަލް އަދި މިހާރު ސްޕެއިްނގެ ވިޔަރެއާލަށް ކުޅެމުން އަންނަ ޕާޓޭގެ މައްޗަށް ހުށަހެޅިފައިވާ ރޭޕްގެ މި ދައުވާތައް ކޮށްފައިވަނީ، 2025 ވަނަ އަހަރެވެ.

އިނގިރޭސިވިލާތުގެ ލަންޑަންގެ މެޓްރޯޕޮލިޓަން ފުލުހުން ވަނީ މި މައްސަލާގައި ރޭޕްގެ ފަސް ދަޢުވާއަކާއި ޖިންސީ ގޯނާގެ އެއް ދަޢުވާ ޕާޓޭގެ މައްޗަށް އުފުލާފައެވެ. މި ދައުވާތައް އުފުލިނަމަވެސް އެ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާ ވަނީ މި ދަޢުވާތަކަށް އިންކާރުކޮށްފައެވެ. އެ ދައުވާތައް އޮއްވައި މި އަހަރުގެ ފެބްރުއަރީ މަހު ޕާޓޭގެ މައްޗަށް ރޭޕްގެ އާ ދެ ދަޢުވާއެއް އުފުލުނުއިރު، އޭނާ ވަނީ މި ދައުވާތަކަަށްވެސް އިންކާރުކޮށްފައެވެ.

ވަރލްޑްކަޕްގައި ގާނާ ކުޅޭ ފުރަތަމަ މެޗް އޮންނާނީ އަންނަ ބުދަ ދުވަހު ޓޮރޮންޓޯގެ ބީ.އެމް.އޯ ފީލްޑްގައި ޕެނަމާއާ ދެކޮޅަށެވެ. މި މެޗުން ގާނާގެ ވޯލްޑް ކަޕް ކެމްޕޭން ފަށާއިރު، ޕާޓޭއަށް ކެނެޑާއަށް އެތެރެ ނުވެވޭނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ. އެހެންކަމުން އެ މެޗުގައި އޭނާއަކަށް ނުކުޅެވޭނެއެވެ.

ޕެނަމާ މެޗަށްފަހު މުބާރާތުގައި ގާނާ ދެން ކުޅޭނީ ޖޫންމަހުގެ 23 ވަނަ ދުވަހު ބޮސްޓަންގެ ޖިލެޓް ސްޓޭޑިއަމްގައި އިންގްލެންޑާ ދެކޮޅަށެވެ. އަދި ގްރޫޕް 'އެލް' ގެ ފަހު މެޗުގައި ޖޫން 27 ވަނަ ދުވަހު ފިލަޑެލްފިއާގެ ލިންކަން ފައިނޭންޝަލް ފީލްޑްގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭނެއެވެ. އެމެރިކާގައި ކުޅޭ މި ދެ މެޗުގައި ބައިވެރިވުމުގެ ފުރުސަތު ޕާޓޭއަށް އެބައޮތްކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.

ގާނާއިން މިފަހަރު ވަރލްޑްކަޕަށް އެކުލަވާލި ސްކޮޑްގައި ޕާޓޭ ހިމެނިއިރު، މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިނަމަ، އެމެޗްގައިވެސް ޕާޓޭ ނުފެންނާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.