ވެއްޓުނު ބޯޓު.. ފޮޓޯ: ޓައިމްސް އޮފް އިންޑިއާ
ދުނިޔެ
13 Jun 2026 | 14:11
އިންޑިއާ ވައިގެ ސިފައިންގެ މަތިންދާބޯޓެއް ވެއްޓިއްޖެ

އިންޑިއާގެ އަސްކަރިއްޔާގައި ހިމެނޭ ވައިގެ ސިފައިންގެ މަތިންދާބޯޓެއް ވެއްޓި ފަސް މީހަކު މަރުވެއްޖެއެވެ.

އިންޑިއާގެ ވައިގެ ސިފައިންގެ ފަރާތުން އެކްސްގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިންޑިއާގެ އިރުއުތުރުގައި އޮންނަ އަސްކަރީ މަރުކަޒަކަށް ވައިގެ ސިފައިންގެ މަތިންދާބޯޓެއް ވެއްޓި، އިންޑިއާގެ ވައިގެ ސިފައިންގެ ފަސް މީހުން މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ، 50 މީހުންގެ ޖާގައިގެ 'އެންޓޮނޯވް އެން-32' މަރުކާގެ މަތިންދާބޯޓު އާސާމް ސްޓޭޓްގެ ޖޯރްހަޓްގައި އޮންނަ އެއާބޭސްއަށް ޖައްސަން އުޅުމުގެ ތެރޭގައެވެ. ނަމަވެސް، އެ ބަޔާނުގައި މި ހާދިސާގައި މަރުވި މީހުންގެ ތަފްސީލެއް ނުވަތަ ބޯޓުން ދަތުރުކުރި މީހުންގެ ޖުމްލަ އަދަދެއް ހާމަކޮށްފައެއް ނުވެއެވެ.

މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި، ބޯޓު ބިމުގައި ޖެހި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި ބޯޓުގެ ބައިތައް ވަނީ ވަކިވެފައެވެ. މި ހާދިސާއާ ގުޅިގެން ކުއްލި ހާލަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ފަޔަރު ފައިޓަރުންނާއި ވައިގެ ސިފައިންގެ އިސްވެރިން ވަނީ އެ ސަރަހައްދަށް ގޮސް ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުން ވަނީ ބޯޓު ވެއްޓުނު ސަރަހައްދުން ބޯ ކަޅު ދުން އަރަމުންދާ ތަނާއި، ބޯޓުގެ ބައިތައް ކުދިކުދިވެފައި އޮތް މަންޒަރުތައް ދައްކާފައެވެ. ހާދިސާ ހިނގިތާ އިރުކޮޅެއްގެ ތެރޭގައި ސިފައިން ވަނީ ބޯޓުގެ ބައިތަކުގެ ތެރޭގައި އެއްވެސް މީހަކު ސަލާމަތުން އޮތްތޯ ބެލުމުގެ މަސައްކަތް ފަށާފައެވެ.

"ޓެލެގްރާފް އިންޑިއާ" އިން ވަނީ ބޯޓު ވެއްޓުމުގެ ކުރިން ބާރުގަދަ ގޮވުމެއްގެ އަޑު އިވުނު ކަމަށާއި، އޭގެ ފަހުން މުޅި ސަރަހައްދު ދުމުން ފުރިގެންދިޔަ ކަމަށް ރިޕޯޓްކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން މުޅި އެއާބޭސް ބަންދުކޮށް، އެތަނަށް ވަދެ ނިކުމެ އުޅުން މަނާކޮށްފައެވެ. އަދި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި "ކޯޓް އޮފް އިންކުއަރީ" އެއް ހަދައި، ރަސްމީ ތަހުގީގެއް ފެށުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.