ވަރލްޑްކަޕްގައި ކޮރެއާ އަދި ޗެކްރިޕަބްލިކް ބައްދަލުކުރި މެޗްގައި ސްޓޭޑިއަމްގެ ބައެއް ހުސްކޮށް.. ފޮޓޯ: ޑެއިލީ މެއިލް
ކުޅިވަރު
13 Jun 2026 | 15:00
ސްޓޭޑިއަމުން ހުސްގޮނޑި ފެންނަ މައްސަލާގައި، ފީފާއަށް ގޯސްވީ ދަނޑަށް ވަންނަ ސަޕޯޓަރުން

މިފަހަރުގެ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ސްޓޭޑިއަމްތަކުން ހުސް ގޮނޑި ފެންނަ މައްސަލާގައި ފީފާއިން ވަރަށް ތަފާތު ހުތްޖަތެއް ދައްކައިފިއެވެ.

ޓީވީން މުބާރާތުގެ މެޗްތައް ބެލި މީހުން ވަނީ ސްޓޭޑިއަމަށް ވަންނަ މީހުންގެ އަދަދު މަދުކަން ފާހަގަކޮށް، ސްޓޭޑިއަމުން ހުސްގޮނޑި ފެންނަ މިންފަރު އިތުރުކަން ފާހަގަކޮށްފައެވެ. މިކަމާ ގުޅިގެން ފީފާއިން ވަނީ، އެވާހަކަތައް ދިފާއުކޮށް ވާހަކަދައްކާފައެވެ. 

ފީފާއިން ބުނީ ސްޓޭޑިއަމްގައި މެޗް ބަލަންތިބޭ މީހުންގެ އަދަދު މަދުވެ ހުސްގަނޑި ފެންނަނީ، ދަނޑަށް ވަންނަ މީހުން އެމީހުންގެ ގޮނޑިތަކުގައި އިށީނދެ ތިބުމުގެ ބަދަލުގައި، ސްޓޭޑިއަމްގެ އެތެރޭގައި ހުންނަ ހިނގާ މަގުތަކުގައި މެޗްބަލަން ތިބޭތީކަމަށެވެ.

މިފަހަރުގެ މުބާރާތުގެ މެޗްތަކުގެ ޓިކެޓް އަގުބޮޑުކަމަށް ގިނަ ބަޔަކު ފާހަގަކުރާއިރު، މުބާރާތުގެ އެތައް ހާސް ޓިކެޓް އަދިވެސް ނުވިކި ހުރިކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މިފަހަރުގެ މުބާރާތުގެ ޓިކެޓުގެ އަގުތަކަށް ބަލާއިރު، އެންމެ އަގުހެޔޮ ޓިކެޓެއްވެސް އުޅެނީ 867 ޑޮލަރަށެވެ. ވީ.އައި.ޕީ ލައުންޖާއި ކެއުން ހިމެނޭ ޕެކޭޖުތަކުގެ އަގު 9,225 ޑޮލަރަށް އަރާއިރު، ފީފާގެ ވެބްސައިޓުގައިވާ 'ހޮސްޕިޓަލިޓީ' ޓިކެޓުތަކުގެ އަގު އުޅެނީ 2,430 ޑޮލަރާއި 3,150 ޑޮލަރާ ދެމެދުގެ އަގުތަކެއްގައެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ޓިކެތްގެ އަގުބޮޑުވާކަމަށް ދެކެވޭ ވާހަކަތައް ދިފާއުކުރައްވާފައެވެ. އެގޮތުން ޓިކެޓްގެ  ޓިކެޓެއްގެ އެވްރެޖް އަގު 500 ޑޮލަށް އަރާއިރު، މި އަގުތަކަކީ އެމެރިކާގައި ބާއްވާ ބޮޑެތި ކުޅިވަރު މުބާރާތްތަކުގެ އަގުތަކާ އެއްވަރުގެ އަގުތަކެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައވެެ.  އިންފަންޓީނޯ ވިދާޅުވީ ޓިކެޓްގެ އަގު ހެޔޮކޮށްފިނަމަ ބްލެކް މާކެޓުގައި މާ ބޮޑު އަގުގައި ޓިކެޓު ވިއްކާނެ ކަމަށާއި، އޭރުން އެ ފައިސާ ފުޓްބޯޅައަށް ލިބުމުގެ ބަދަލުގައި ދާނީ ވަގަށް ޓިކެޓު ވިއްކާ މީހުންގެ އަތަށް ކަމަށެވެ.

ޓިކެޓުގެ އަގު އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ސްޓޭޑިއަމްތަކަށް ވަންނަ މީހުން މަދުވެ، މުބާރާތުގެ ފޯރި ކުޑަވެގެންދާނެ ކަމުގެ ބިރު މިހާރު ވަނީ ހީވެފައެވެ. މުބާރާތް ފެށުމުގެ ކުރިން ފީފާއިން ވަނީ ޓިކެޓް ހޯދުމަށް 500 މިލިއަން މީހުން އެދުނުކަން ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.