މޮރޯކޯ އާއި ބްރެޒިލް ބައްދަލުކުރިމެޗްގެ ތެރެއިން... ފޮޓޯ: ގެޓީ
ކުޅިވަރު
14 Jun 2026 | 08:48
މޮރޯކޯ ކައިރިން ބްރެޒިލްއަށް ފުއްދާލަން ޖެހުނީ އެންމެ ޕޮއިންޓަކުން

ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ވަރުގަދަ ބްރެޒިލް އާއި މޮރޯކޯ ބައްދަލުކުރިމެޗް އެއްވަރުވެގެން ނިމިއްޖެއެވެ.

އެމެރިކާގެ ނިއު ޖާޒީގައި ކުޅުނު މިމެޗް ނިމުނީ 1-1 ގެ ނަތީޖާއިންނެވެ. ކުރިން ހީކުރި ގޮތާ ހިލާފަށް މެޗްގައި ލީޑް ނެގީ މޮރޯކޯއިންނެވެ. އެއީ ފުރަތަމަ ހާފްގެ 21 ވަނަ މިނެޓް ތެރޭގައި ޑިއާޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ސައިބާރީއެވެ.

މިއީ ވަރލްޑްކަޕް ތާރީހުގައިވެސް ދެކުނު އެމެރިކާގެޓީމަކާ ދެކޮޅަށް ކުޅެ މޮރޯކޯއިން ގޯލެއް ޖެހި ފުރަތަމަ ފަހަރެވެ. މީގެ ކުރިން 1970 ވަނަ އަހަރު ޕެރޫއާ ދެކޮޅަށް އަދި 1998 ވަނަ އަހަރު ބްރެޒިލާ ދެކޮޅަށް ކުޅުނު މެޗުތަކުގައި މޮރޮކޯއަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މެޗްގައި މޮރޯކޯގެ ފަރާތުން މޮޅުކުލުމެއް ފެނިގެންދިޔައިރު، އެޓީމްގެ ތަރި ހަކީމީ ވަނީ ބްރެޒިލްގެ ޑިފެންސް ލައިނަށް ބާރުބޮޑުކޮށް ޕްރެޝަރަށް ވައްޓާލާފައެވެ. އެގޮތުން މެޗުގެ ކުރީކޮޅު މޮރޮކޯއިން ވަރަށް ބޮޑަށް ޑޮމިނޭޓް ކުރިއިރު، ފުރަތަމަ 30 މިނެޓުގެ ތެރޭގައި އެޓީމުން ވަނީ ބްރެޒިލްގެ ގޯލަށް 12 ހަމަލާ އަމާޒުކޮށްފައެވެ. މިއީ 2018 ވަނަ އަހަރު މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، ވޯލްޑް ކަޕްގެ މެޗެއްގައި ބްރެޒިލާ ދެކޮޅަށް މިހާ ގިނަ ހަމަލާ އުފެއްދި ފުރަތަމަ ފަހަރެވެ.

މޮރޯކޯއިން ލަނޑެއް ޖެހިތާ މާ ގިނައިރެއް ނުވެ، ބްރެޒިލުން ވަނީ މެޗް އެއްވަރުކޮށްފައެވެ. މި ލަނޑު ޖަހައިދިނީ، ވިނީޝިއަސް ޖޫނިއާ އެވެ. މި ލަނޑުގެ އިތުރުންވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ވެސް ބްރެޒިލަށް ލީޑު ނެގުމަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ލޫކަސް ޕަކޭޓާ ފޮނުވާލި ހިތްގައިމު ހަމަލާ މޮރޮކޯގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށް ވަނީ ކޯނަރަކަށް ބޭރުކޮށްލާފައެވެ.

ބްރެޒިލް މޮރޯކޯއާ ދެކޮޅަށް މި މެޗް ކުލެމުން ދިޔައިރު، ބްރެޒިލަށް 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ރޮނާލްޑޯ، ކަކާ އަދި ރޮބާޓޯ ކާލޮސް ފަދަ މަޝްހޫރު ލެޖެންޑުން ސްޓޭޑިއަމްގައި ކުޅިބަލަން ތިބިކަން ފާަހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.