-
ކުޅިވަރު
15 Jun 2026 | 11:08
ޓިއުނީޝިއާ ކޮޅައް ފަސް ގޯލު ޖަހައި ސްވިޑެން ވޯލްޑް ކަޕް ފެށީ ރަނގަޅު މޮޅަކުން

ފީފާ ވޯލްޑް ކަޕްގެ ގުރޫޕް އެފްގެ ފުރަތަމަ މެޗުގައި ޓިއުނީޝިއާގެ މައްޗަށް 5-1 އިން ކުރި ހޯދައި ސްވިޑެން އިން ގުރޫޕްގެ އެއްވަނައަށް ޖެހިލައިފިއެވެ.

ގްވާދަލޫޕޭގައި ކުޅުނު މި މެޗުގައި ސްވިޑެންގެ ލީޑު ފެށީ ހަތްވަނަ މިނެޓުގައި ޔަސީން އަޔާރީ ޖެހި ގޯލުންނެވެ. ވިކްޓާ ޔޯކެރޭޒް ފޮނުވާލި ބޯޅަ ޓިއުނީޝިއާގެ ޑިފެންޑަރު ބްލޮކް ކުރި ވަގުތު އޭރިއާ ބޭރުން ލިބުނު ބޯޅަ ގޯލަށް ފޮނުވާލީ އަޔާރީއެވެ. އޭގެ ފަހުން 30 ވަނަ މިނެޓުގައި އެލެކްޒެންޑާ އީސާކް ލީޑު ފުޅާކޮށްދިނެވެ. ނަމަވެސް ފުރަތަމަ ހާފް ނިމެން ގާތްވެފައި ވަނިކޮށް ހަނިބަލް މެޖްބްރީ ނަގައިދިން ހުރަހަކުން 43 ވަނަ މިނެޓުގައި އޮމަރް ރެކީކް ޓިއުނީޝިއާއަށް ފަރަގު ކުޑަކޮށްދިނެވެ.

ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައި ޔޯކެރޭޒް ސްވިޑެންގެ ތިންވަނަ ލަނޑު ޖެހިއިރު 84 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މަޓިއަސް ސްވަންބާގް ވަނީ ދަނޑަށް ނުކުތްތާ އެންމެ 18 ސިކުންތު ތެރޭ ހަތަރުވަނަ ގޯލު ޖަހައިފައެވެ.

ފުރަތަމަ އޮފްސައިޑް ކަމަށް ނިންމި ނަމަވެސް ވީއޭއާރު ރިވިއުއަށް ފަހު އެ ގޯލު ބަލައިގަތެވެ. އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި އަޔާރީ ބްރޭސް ނަތީޖާ ހަމަކޮށް ފަސްވަނަ ލަނޑު ޖެހިއެވެ. ޓިއުނީޝިއާ އާއި މޮރޮކޯ ނަސްލުގެ ސްވިޑެންގައި އުފަން އަޔާރީ ފުރަތަމަ ގޯލަށް ފަހު އުފާފާޅުކޮށްފައެއް ނުވެއެވެ. ނަމަވެސް ދެވަނަ ގޯލަށް ފަހު ޝުކުރުގެ ސަޖިދައަކަށް ތިރިވިއެވެ.

މި މެޗުގައި ޔޯކެރޭޒް ގޯލެއް ޖެހުމުގެ އިތުރުން އީސާކްގެ ގޯލު އެސިސްޓް ކޮށްދިންއިރު އީސާކް ވަނީ ޔޯކެރޭޒް އާއި ސްވަންބާގްގެ ގޯލު އެސިސްޓް ކޮށްދީފައެވެ. އެންމެ ފަހުން ބޭއްވި ގަތަރު ވޯލްޑް ކަޕުން ފުރުސަތު ނުލިބުނު ސްވިޑެން އިން ތިން ޕޮއިންޓާ އެކު ގުރޫޕްގެ ކުރީގައި އޮތްއިރު ނެދަލެންޑްސް އާއި ޖަޕާން ވަނީ ރޭ 2-2 އިން އެއްވަރުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.