އަމަޑް ޑިއާލޯގެ ތަސްވީރެއް. ފޮޓޯ: އަލް ޖަޒީރާ.
ކުޅިވަރު
15 Jun 2026 | 11:27
އަމަޑް ޑިއާލޯގެ ފަހު ވަގުތުގެ ގޯލުން އައިވަރީ ކޯސްޓަށް ތާރީޚީ މޮޅެއް

ވޯލްޑް ކަޕް ގުރޫޕް އީގައި އިކުއެޑޯއާ ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑް އަމަޑް ޑިއާލޯ 90 ވަނަ މިނެޓުގައި ޖެހި ގޯލުން އައިވަރީ ކޯސްޓް 1-0 އިން މޮޅުވެއްޖެއެވެ.

ފިލަޑެލްފިއާގައި ކުޅުނު މި މެޗުގައި 56 ވަނަ މިނެޓުގައި ކުޅެން އެރި އަމަޑް މެޗުގެ މޮޅު ގޯލު ކާމިޔާބުކުރީ ވިލްފްރެއިޑް ސިންގޯ ދިން ބޯޅައަކުންނެވެ. ފުރަތަމަ ހާފުގައި އިކުއެޑޯގެ ޖޯން ޔެބޮއާ އާއި އެލަން މިންޑާގެ ހަމަލާ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު ދެވަނަ ހާފުގައި އެނާ ވެލެންސިއާގެ ހަމަލާ ގޯލުގެ ދަނޑިއަށް އަމާޒުވިއެވެ.

އިކުއެޑޯއަށް ފުރަތަމަ ފަހަރަށް ހަމަލާއެއް އޮން ޓާގެޓަށް ފޮނުވާލެވުނީ ފުރިހަމަ ވަގުތު ހަމަވާން ވިއްސަކަށް މިނެޓަށް ވެފައި ވަނިކޮށެވެ. ނަމަވެސް އައިވަރީ ކޯސްޓުގެ ގޯލްކީޕަރު ޔަހްޔާ ފޮފާނާ ވަނީ ގޮންޒާލޯ ޕްލާޓާގެ ހަމަލާ ދިފާއުކޮށްފައެވެ. ދެވަނަ ހާފުގެ ކުރީކޮޅު އައިވަރީ ކޯސްޓުގެ ފޯވާޑް އެލްޔޭ ވާހީގެ ހަމަލާއެއް ވެސް ގޯލުގެ ދަނޑިއަށް އަމާޒުވިއެވެ.

މި ނަތީޖާއާ އެކު އިކުއެޑޯ ބަލިނުވެ ދެމެހެއްޓި 19 މެޗުގެ ސިލްސިލާ ނިމުމަކަށް އައީއެވެ. އެ ޓީމު އެންމެ ފަހުން ބަލިވީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލް އަތުންނެވެ. އެ މުއްދަތުގައި އިކުއެޑޯ ވަނީ 12 ކްލީން ޝީޓް ހަދައިފައެވެ.

ޑިޑިއޭ ޑްރޮގްބާގެ ކެޕްޓަންކަމުގައި 2006 2010 އަދި 2014 ގައި ވާދަކުރި އައިވަރީ ކޯސްޓް އެއަށް ފަހު ވޯލްޑް ކަޕެއްގައި ކުޅޭ މިއީ ފުރަތަމަ ފަހަރެވެ. އެންމެ ފަހު ދެ މުބާރާތަށް އެ ޓީމު ކޮލިފައިނުވެއެވެ. 2014 ގައި މުބާރާތުގެ ފުރަތަމަ މެޗުން ޖަޕާން 2-1 އިން ބަލިކުރި ނަމަވެސް ދެން ކުޅުނު މެޗުތަކުގައި ކޮލަމްބިއާ އާއި ގްރީސް އަތުން މޮޅެއް ނުހޯދުނެވެ.

މި ފަހަރު ހޯދި މޮޅާ އެކު އައިވަރީ ކޯސްޓަށް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުގެ ނޮކައުޓް ބުރުގެ އުންމީދު ބޮޑުވެއްޖެއެވެ. ގުރޫޕް އީގައި ޖަރުމަން ވަނީ ފުރަތަމަ މެޗުގައި 7-1 އިން ކިއުރަސާއޯ ބަލިކޮށްފައެވެ. އައިވަރީ ކޯސްޓަށް ގުރޫޕް ސްޓޭޖުގައި ދެން އޮންނާނީ ޖަރުމަނާއި ކިއުރަސާއޯއާ ބައްދަލުކުރާ މެޗެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.