ޕޭޕަލްގެ ޚިދުމަތް ތަޢާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
15 Jun 2026 | 13:46
ޕޭޕަލްގެ ޚިދުމަތް ތަޢާރަފުކުރަން މަސައްކަތް ކުރުމުން މިއީ ނުވާނެ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނި: ސަޢީދު

ދިވެހިރާއްޖޭގައި ޕޭޕަލް ގެ ޚިދުމަތް ތަޢާރަފްކުރަން މަސައްކަތް ކުރުމުން އެއީ ނުވާނެ ކަމެއް ކަމުގައި ބުނެ ބައެއް ފަރާތްތަކުން ވާހަކަދެއްކި ކަމަށާ، ނަމަވެސް އެކަން ހާސިލް ކުރެވުނީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ހިކުމަތްތެރިކަމުގެ ސަބަބުން ކަމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.  

ބައިނަލްއަގުވާމީ ފައިސާގެ މުއާމަލާތްތައް ކުރުމުގައި ބޮޑެތި ލުއި ފަސޭހަތަކެއް ލިބިދޭ ޕޭޕަލްގެ ޚިދުމަތް މިއަދު ވަނީ ރާއްޖޭގައި އިފްތިތާޙް ކޮށްފައެވެ. 

އެކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަޢީދު ވިދާޅުވީ، ޕޭޕަލް ފަދަ ޚިދުމަތެއް ރާއްޖެއަށް ތަޢާރަފް ވުމަކީ ރާއްޖޭގެ ކުދިއަދި މެދުފަންތީގެ ވިޔަފާރި ހިންގާ ފަރާތްތަކާއި، ފްރީލާންސްކޮށް މަސައްކަތްކޮށްދޭ ފަރާތްތަކާއި، އުފެއްދުންތެރިން ޒަމާނުއްސުރެ ދެކެމުންއައި ހުވަފެނެއް ކަމަށެވެ. 

ނަމަވެސް އެއީ ނުވާނެ ކަމެއް ކަމަށާ އެކަމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަދެއްކި ކަމަށް ވިދާޅުވިއެވެ.

”މިއީ ނުވާނެ ކަމެއް ކަމަށް ބުނި. މިކަމުގެ ހުރި ހުރަސްތައް މާ ބޮޑު ކަމަށްބުނި. މި ގައުމުގެ އާބާދީ މާ ކުޑަ ކަމަށް ބުނި. މިތަނުގެ މާކެޓް ވަރަށް ހަނި ކަމަށް ބުނި. އެ ހުވަފެންތައް ޖެހޭނީ މަޑުޖައްސާލަން ކަމަށް ބުނި.“

ވަޒީރު ސަޢީދު

ނަމަވެސް ރާއްޖެއަށް ޕޭޕަލް ތަޢާރަފް ކުރުމަކީ ހަގީގަތަކަށް ހެދޭނެ ކަމެއް ކަމަށް ދެކެވަޑައިގެން، އެކަމަށް ރިޔާސީ އިންތިޚާބުގައި، ރަޢީސް މުޢިއްޒު ވައުދުވެވަޑައިގެންނެވި ކަމަށާަ، އެކަމަށް މަގުފަހިކޮށްދެއްވުމަށް އެމަނިކުފާނު މަސައްކަތްކުރެއްވި ކަމަށް ވިދާޅުވިއެވެ.

އަދި ޕޭޕަލްގެ ޚިދުމަތް ސީމްލަސްލީ ރާއްޖޭގައި އިންޓަގްރޭޓްކުރެވިގެން ދިއުމަކީ ދުނިޔޭގެ ޑިޖިޓަލް އިޤްތިޞާދުގައި ދިވެހިންގެ ބައިވެރިވުން ފުޅާކުރުމަށް އޮތް ބޮޑު ހުރަހެއް ނައްތާލުމަށް ކުރެވުނު ގިނަގުނަ މަސައްކަތްތަކުގެ ނަތީޖާ ކަމުގައި ސަޢީދު ފާހަގަކުރެއްވިއެވެ.

ސަޢީދު ވިދާޅުވީ، ރަނގަޅު ތަޞައްވުރެއްގެ މައްޗަށް ބިނާކޮށް ހަރުދަނާ ލީޑަރޝިޕަކުން މަސައްކަތްކުރުމުން ނަތީޖާ ޙާޞިލްކުރެވޭނެކަމަށާއި، ދިވެހިރާއްޖޭގެ މާކެޓް ސައިޒް ކުޑަވެގެން ނުވަތަ ޤުދުރަތީ ގޮތުން ރާއްޖެ އުފެދިފައި އޮތްގޮތުގެ މައްޗަށް ބުރަވެ، ރާއްޖެ ފަހަތަށްޖެހޭނެ ސަބަބެއް ނެތްކަން މިނަތީޖާއިން ދޭހަވާކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި