ޖަންނަތުގެ އެޑް
ހަބަރު
15 Jun 2026 | 15:55
"ޖަންނަތު" ގެ ޓިކެޓް މިހާރު އޮންލައިނުކޮށް ބުކްކޮށްލެވޭނެ

ޑާކްރެއިނުން އޮލިމްޕަހަށް ގެނައުމަށް ތައްޔާރުވަމުންދާ ފިލްމް "ޖަންނަތު" ގެ ޓިކެޓް އޮންލައިނުކޮށް ބުކްކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

ރާއްޖޭގެ އެންމެ ވަރުގަދަ ޕްރޮޑަކްޝަން ހައުސްކަމަސްވާ ޑާކްރެއިނުން ވަނީ އަންނަ އޮގަސްޓްމަހުގެ 3 ވަނަ ދުވަހު "ޖަންނަތު" ރިލީޒް ކުރުމަށް ނިންމާފައެވެ. އަދި މިއަދުން ފެށިގެން އޮންލައިނުކޮށް ޓިކެޓް ބުކް ކުރެވޭނޭކަމަށް ޑާކްރެއިނުން ވަނީ ބުނެފައެވެ.

ޖަންނަތުގެ ޓިކެޓް ގަތުމަށް ބޭނުންވާ ފަރާތްތަކުން ފިލްމް ބެލުމަށް ބޭނުންވާ ތާރީހައި، ބޭނުންވާ ޝިޓް އަދަދާއި ގުޅޭނޭ ނަމްބަރު ޖެހުމަށްފަހު، 9911229 އަށް ވައިބާކޮށްލުމުން ޓިކެޓް ބުކްކުރުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ. އޮލިމްޕަހަށް ނުގޮސް އޮންލައިނުކޮށް ޖަންނަތުގެ ޓިކެޓް ބުކިންނަށް ހުޅުވާލިއިރު، ޑާކްރެއިނުން ވަނީ މި ފިލްމުގެ ޓީޒާ އާއްމުކޮށް ދައްކާލާފައެވެ.

ޓީޒާގައި ފެނިގެންދަނީ ނުކުޅެދުންތެރިކަން ހުންނަ މީހަކު ގޮވައިގެން ކުޑަ އަންހެންކުއްޖަކު މަގުމަތިން ދާތަނެވެ. މަންޒަރަށް ބަލާލުމުން ބޮޑަށް ސިފަވެގެންދަނީ އެއީ އެކުއްޖާގެ ބައްޕަގެ ގޮތުގައެވެ.

ޖަންނަތު މި ފިލްމަކީ އަހުމަދު ތޮލާލް އަދި އާއިޝަތު ފުއާދުގެ ލިޔެފައިވާ ސްކްރިޕްޓެއްގެ މައްޗަށް ބިނާކޮށް އަލީ ޝިފާޢު ދައިރެކްޓްކުރާ ފިލްމެކެވެ. ޓީޒާއަށް ބަލާލުމުން މިއީ ދިވެހި ސިނަމަާއިން ފެނިގެންދާނޭ ތަފާތު ފިލްމަކަށް ވެގެންދާނޭކަމަށް މިހާރު ވަނީ ޔަގީންވެފަްއެވެ.

ޑާކްރެއިނުން ވަނީ މިދިޔަ އަހަރުވެސް މުޅިން ތަފާތު ފިލްމުތަކެއް އާންމުންނާ ހަމަޔަށް ގެނެސްދީފައެވެ. އެގޮތުން މިފަހުން ގެނެސްދިން ފިލްމްތަކުގެ ތެރޭގައި، އަލްވަދާޢު އަދި އަލިފާން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި