ހާރިޖިއްޔާގެ އޮފީސް... ފޮޓޯ: ވޮއިސް
ހަބަރު
15 Jun 2026 | 21:38
އެމެރިކާ އާއި އީރާން ސުލްހައިގެ ވާހަކަތަކަށް ދާން ނިންމުމުން ދިވެހި ހާރިޖިއްޔާއިން މަރުހަބާ ކިޔައިފި

އީރާނާއި އެމެރިކާ އާ ދެޤައުމުން ސުލްހައިގެ ވާހަކަތަކަށް ދާން ނިންމުމުން އެކަމަށް ދިވެހި ހާރިޖިއްޔާއިން މަރުހަބާ ކިޔައިފިއެވެ.

ސްވިޒަރލެންޑްގައި ބޭއްވި ވާހަކަތަކަށްފަހު އީރާނުން ވަނީ އެމެރިކާ އާއެކު ސުލްހައިގެ އިތުރު ވާހަކަތައް ފެށުމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ދިވެހި ހާރިޖިއްޔާގެ އޮފީހުން ނެރުނު ބަޔާނުގައި މިރޭ ބުނެފައިވަނީ، އީރާނާއި އެމެރިކާ އާ ދެޤައުމުގެ ހުރި ދެބަސްވުންތައް ނައްތާލުމަށް ވާހަކަތައް ފެށުމަށް އެއްބަސްވުމަކީ އެކަމަށް ދިވެހިރާއްޖެއިން މަރުހަބާކިޔާ ކަމަށެވެ. ހާރިޖިއްޔާގެ ބަޔާނުގައި ވަނީ، ދެ ޤައުމުން ޑިޕްލޮމަސީގެ މަގު ހިޔާރުކޮށް މިހާރު ހުރި ކަންބޮޑުވުންތަކަށް ހައްލެއް ގެނައުމަށް ނިންމައި، މަޝްވަރާގެ މަގުން ކުރިއަށްދިއުމަށް ދެ ފަރާތުން ދެއްކި ސާބިތުކަމަށްޓަކައި ދިވެހިރާއްޖެއިން އެކަން ބަލައިގަނެ އެކަމަށް ތައުރީފްކުރާކަމަށެވެ.

ދިވެހި ހާރިޖިއްޔާއިން ވަނީ އީރާނާއި އެމެރިކާ އާ ދެޤައުމު މަޝްވަރާތަކަށް މަގުފަހިކޮށްދިނުމަށް ޕާކިސްތާނާއި، ގަތަރާއި، ގަލްފުގެ އެހެނިހެން ގައުމުތަކަށް ޝުކުރު އަދާކޮށްފައެވެ.

" މި ހެޔޮ ބަދަލުގެ ސަބަބުން ސަރަހައްދީ އެއްބާރުލުން އިތުރުވެ، ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުމަކާއި ދާއިމީ ސުލްހައާއި ހަމަޖެހުމަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދުކުރަން" ދިވެހި ހާރިޖިއްޔާގެ ބަޔާނުގައި ބުންޏެވެ.

ސްވިޒަރލެންޑްގައި ބޭއްވި ވާހަކަތަކަށްފަހު އީރާނުގެ  މަޖިލީހުގެ އިގްތިސާދީ ކޮމިޝަންގެ މެމްބަރުންނާ ވާހަކަދައްކަވަމުން ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވެފައިވަނީ، އީރާނާ އެމެރިކާ އާ ދެމެދު މަޝްވަރާތައް ކުރިއަށްދަނީ ދެފަރާތުގެ ދެމެދުގައި އޮތް އިތުބާރު ނެތުމުގެ މާހައުލެއްގެ ތެރެއިންކަމަށެވެ. އަގާޗީ މިމޭރުމުން ވިދާޅުވެފައިވަނީ އީރާނާއި އެމެރިކާ އާ ދެމެދު މީގެކުރިން ކުރިއަށްގެންދިޔަ ވާހަކަތަކަށް ރިޔާއަތްކޮށެވެ. މީގެ ކުރިން ދެ ފަރާތުގެ ދެމެދުގައި ކުރިއަށްގެންދިޔަ ވާހަކަތަކުން ރަނގަޅު ނަތީޖާތަކެއް ނެރެވިފައި ނުވާކަމަށް އީރާނުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި