ސްޕެއިން އަދި ކޭޕް ވާޑޭ ބައްދަލުކުރިމެޗްގެ ތެރެއިން... ފޮޓޯ: ސްކައި ސްޕޯޓްސް
ކުޅިވަރު
16 Jun 2026 | 00:04
ކުޑަ ޤައުމެއް ކަމަށްވާ ކޭޕް ވާޑޭ އަތުން، ސްޕެއިނަށް ލަދުވެތި ނަތީޖާއެއް

މިފަހަރުގެ ވަރލްޑްކަޕްގައި ވާދަކުރާ އެންމެ ކުޑަ އެއް ޤައުމުކަމަށްވާ، ކޭޕް ވާޑޭ އާއި ދުނިޔޭގެ ފުޓްބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި ހިމެނޭ ސްޕެއިން ބައްދަލުކުރިމެޗް ގިނަ ބަޔަކު ހީކުރިގޮތާ ހިލާފަށް ނިމިއްޖެއެވެ.

މިމެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ކޭޕް ވާޑޭގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ހީރޯއަކީ ކޭޕް ވާޑޭގެ ކީޕަރު އުމުރުން 40 އަހަރުގެ ވޮޒްނިއާ އެވެ. އޭނާ ވަނީ މި މެޗްގައި ހުށިޔާރުކަމާއެކު ސްޕެއިންގެ ހަމަލާތައް ދިފާއުކޮށްފައެވެ. 

މެޗްގެ ފުރަތަމަ ހާފްގައި ސްޕެއިނުން ގިނަ ހަމަލާތަކެއް ވަނީ އުފައްދާފައެވެ.

މެޗްގެ ފުރަތަމަ ހާފްގައި ސްޕެއިނަށް ލަނޑެއް ނުޖެހުމުން ދެވަނަ ހާފްގެ 70 މިނެޓްތެރޭގައި ކޯޗް ފުއެންޓޭ ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މެޗުގެ ދެވަނަ ހާފުގައި ލަމީން ޔަމާލް ކުޅެން އެރުވުމާއެކު، ސަޕޯޓަރުންނަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ވަނީ ލިބިފައެވެ. ނަމަވެސް މެޗްގެ ނަތީޖާ ބަދަލުކޮށްލެވޭ ގޮތެއް ނުވެ، މެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. މެޗަށް ޔަމާލް ކުޅެން އެރިއިރު، އޭނާއަށް ލިބުނު އަނިޔާ އަދިވެސް މުޅިން ރަނގަޅު ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޭޕް ވާޑޭ އާއި ސްޕެއިން ބައްދަލުކުރިމެޗް ލަނޑެއް ނުޖެހި ނިމުނުއިރު، މިއީ ވަރލްޑްކަޕްގެ ތާރީހުގައިވެސް ފެނިގެންދިޔަ ހައިރާންކުރުވަނިވި އެއް ނަތީޖާކަމަށް ބައެއް މީޑިއާތަކުން ވަނީ ފާހަގަކޮށްފައެވެ. ކޭޕް ވާޑް މިވަގުތު އޮތީ ފީފާ ރޭންކިންގެ 67 ވަނައިގައެވެ. ސްޕެއިން އޮތީ ފީފާ ރޭންކިންގެ ދެވަނާގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.