ސޮމާލީ ރެފްރީ އޮމަރް އަރްތާން
ކުޅިވަރު
16 Jun 2026 | 07:51
ވޯލްޑް ކަޕަށް އެމެރިކާއަށް ނުވެއްދި ސޮމާލީ ރެފްރީގެ މުސާރަ އެއްކޮށް ދެނީ

ވޯލްޑް ކަޕްގައި ރެފްރީކަން ކުރުމަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުލިބުނު ސޮމާލީ ރެފްރީ އޮމަރް އަރްތާންއަށް މުބާރާތުގެ މުސާރަ އެއްކޮށް ދޭނެ ކަމަށް ފީފާއިން ބުނެފިއެވެ.

ހޯމަ ދުވަހު މިއާމީ އިންޓަނެޝަނަލް އެއާޕޯޓުގައި އެމެރިކާގެ އިމިގްރޭޝަން އޮފިޝަލުން 11 ގަޑިއިރު ވަންދެން އަރްތާންއާ ސުވާލުކުރުމަށްފަހު އޭނާގެ ޑިޕްލޮމެޓިކް ޕާސްޕޯޓާއި ވިސާ ބަލައިނުގަނެ ޤައުމަށް ވެއްދުން މަނާކުރިއެވެ. އެމެރިކާ ސަރުކާރުގެ އޮފިޝަލަކު ބުނީ "ޓެރަރ ޖަމާޢަތްތަކުގެ ޝައްކުކުރެވޭ މެމްބަރުންނާ ގުޅުން" އޮތް ކަމަށް ތުހުމަތުކުރެވޭތީ އެތެރެވުމުގެ ހުއްދަ ނުދިނީ ކަމަށެވެ.

ނަމަވެސް، ސޮމާލީ ހަނގުރާމަވެރި ޖަމާޢަތް އަލް ޝަބާބާ ގުޅުން އޮތް ކަމާ މެދު ސުވާލުކުރެވުނު ކަމަށާއި އެ ޖަމާޢަތާ ބެހޭ އެއްވެސް ކަމެއް ނޭނގޭ ކަމަށް ބޯޑަރު އޮފިޝަލުންނަށް ބުނެފައިވާނެ ކަމަށް އަރްތާން ބުންޏެވެ.

"އަހަރެންގެ އަތުގައި ރަނގަޅު ލިޔެކިޔުންތަކާއި ހުރިހާ އެއްޗެއް ހުރި. ރަނގަޅު ވިސާ ވެސް އޮތް. އަހަންނަކީ ހަމައެކަނި ރެފްރީއެއް އަހަރެންގެ ހުވަފެން ހަގީގަތަކަށް ހަދަން މަސައްކަތް ކުރާ މީހެއް. އަހަރެންގެ ހަޔާތުގެ އެންމެ ބޮޑު ހުވަފެން ވޯލްޑް ކަޕަށް އައުން."އަރްތާން ބުންޏެވެ.

ތުރުކީއަށް ފޮނުވައިލުމަށް ފަހު އިސްތަންބޫލްގައި ފީފާގެ އޮފިޝަލުންގެ އެހީތެރިކަން ލިބި އަރްތާން ވަނީ ސޮމާލިއާގެ ވެރިރަށް މޮގަދިޝޫއަށް ދަތުރުކޮށްފައެވެ. ބީބީސީ ސްޕޯޓަށް މަޢުލޫމާތު ދިން ފަރާތްތަކުން ބުނީ ވޯލްޑް ކަޕްގައި ބައިވެރި ނުވި ނަމަވެސް ފީފާއިން އޭނާގެ ފުރިހަމަ މުސާރަ ދޭނެ ކަމަށް ކަށަވަރުކޮށްދީފައިވާ ކަމަށެވެ. ވޯލްޑް ކަޕް ރެފްރީންނަށް ލިބޭ ފީ ކަނޑައެޅޭ ވަރު އެ ރެފްރީންނަށް ވެސް އެނގެނީ މުބާރާތް ނިމުމަށް ފަހުގައެވެ.

2025 ވަނަ އަހަރު ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކެފް) ގެ އެންމެ މޮޅު ފިރިހެން ރެފްރީގެ މަޤާމު ހޯދި އުމުރުން 34 އަހަރުގެ އަރްތާންއަށް މިހާރު ވަނީ އޮގަސްޓް 12 ގައި އޮސްޓްރިއާގެ ސަލްޒްބާގްގައި ޕެރިސް ސެއިންޓް-ޖާމެއިންއާއި އެސްޓަން ވިލާ ބައްދަލުކުރާ ޔޫއެފާ ސުޕާ ކަޕް މެޗުގައި ރެފްރީކަން ކުރުމުގެ ދަޢުވަތު ލިބިފައެވެ.

ސޮމާލީ ރައްޔިތެއްގެ ގޮތުގައި ބައްރެއްގެ ފައިނަލް މެޗެއް ބެލެހެއްޓި ފުރަތަމަ ރެފްރީގެ ގޮތުގައި 2025 ގައި ތާރީޚު ލިޔެ ޖޫން 2025 ގައި އެފްރިކަން ޗެމްޕިއަންސް ލީގު ފައިނަލްގެ ދެވަނަ ލެގާއި ޗިލީގައި ބޭއްވި 20 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ތިން މެޗު ހިމެނޭ ގޮތުން ތާޑް-ޕްލޭސް ޕްލޭއޮފް އަދި އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ދެ ގްރޫޕް މެޗު ވެސް އޭނާ ވަނީ ބަލަހައްޓައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.