ބަންޑާރަނައިކަ އިންޓަރނޭޝަނަލް އެއާޕޯޓް.. ފޮޓޯ: އިންޓަރނެޓް
ހަބަރު
17 Jun 2026 | 18:40
ރާއްޖެއެކޭ އެއްގޮތަށް ލަންކާއަށްވެސް މިދުވަސްވަރު ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު މަދުވެއްޖެ

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށްބޮޑަށް ދަށަށް ގޮސްފައިވާއިރު، އަވައްޓެރި ސްރީލަންކާއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުވެސް ވަރަށްބޮޑުތަން ދަށަށް ހިނގައްޖެއެވެ.

ސްރީލަންކާގެ ޓޫރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހިނގާ ޖޫންމަސް ފެށުނުފަހުން ދުވާލެއްގެ މައްޗަށް ޖުމްލަގޮތެއްގައި ޒިޔާރަތްކުރާ ފަތުރުވެރިންގެ މިންވަރު އުޅެނީ، ތިންހާހާއި ހަތަރު ހާހާ ދެމެދުގެ އަދަދެއްގައެވެ. މިމަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ލަންކާއަށް 27،043 ފަތުރުވެރިން ޒިޔާރަތްކުރިއިރު، ދެވަނަ ހަފްތާގައި 27،422 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. އެހެންކަމުން މިހިނގާ 14 ވަނަ ދުވަހުގެ ނިޔަލަށް ލަންކާއަށް ވަނީ 54،465 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. 

ލަންކާއަށް އެންމެގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ފަސް ގައުމުގެ ތެރޭގައި ހިމެނެނީ، އިންޑިއާ، އިނގިރޭސިވިލާތް، ޗައިނާ، އޮސްޓްރޭލިއާ އަދި ބަނގްލަދޭޝް އެވެ. ލަންކާއަށް ފަތުރުވެރިން އެންމެގިނައިން ޒިޔާރަތްކުރާ 10 ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. ރާއްޖެ އުޅެނީ މި ލިސްޓްގެ 9 ވަނާގައެވެ. މިހިނގާ ޖޫންމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއިން ލަންކާއަށް ޓޫރިސްޓް ވިސާގައި 1،305 މީހުން ވަނީ ޒިޔާރަތްކޮށްފައެވެ.

ލަންކާއެކޭ އެއްގޮތަށް މިހިނގާ ޖޫންމަހުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވެސް ވަނީ ނިސްބަތުން ދަށަށް ގޮސްފައވެެ. އެގޮތުން ދުވާލެއްގެ މައްޗަށް ރާއްޖެއަށްވެސް މިހާރު ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އުޅެނީ ތިން ހާހާއި ހަތަރު ހާހާ ދެމެދުގެ އަދަދެއްގައެވެ. ހިނގަމުން މި ދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ދަށް ސީޒަނެވެ. އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ މިދުވަސްކޮޅު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މަދުވުމުގެ މައިގަނޑު ސަބަބަކީ، މެދުއިރުމަތީގެ މަޝްރަހް މިވަގުތު އޮތްގޮތާއި، ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތާވެސް ދިމާވުމުންކަމަށް ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

އަވައްޓެރި ސްރީލަންކާއަށް މިހިނގާ ޖޫންމަހުގެ އެކަކުން 14 ވަނަ ދުވަހުގެ ނިޔަލަށް 54،465 ފަތުރުވެރިން ޒިޔާރަތްކުރިއިރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އުޅެނީ 55،353 ގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.