ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު- ފޮޓޯ/ އެމްޑީޕީ
ހަބަރު
18 Jun 2026 | 09:02
ރާއްޖެ ދަރަނިވެރި ކުރުވީ ކޮންބައެއްތޯ ބެލުމަކީ މިވަގުތު މުހިންމުކަމެއް ނޫން؛ އެކަން އެއޮތީ ވެފައި: ނަޝީދު

ދިވެހިރާއްޖެ ދަރަނިވެރިކުރުވީ ކޮން ވެރިކަމެއްގައި، ކޮން ބައެއްތޯ ބެލުމަކީ މިވަގުތު މުހިންމު ކަމެއް ނޫން ކަމަށާ، މުހިންމީ އެކަމަށް ހައްލެއް ހޯދުން ކަމަށް، ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

'ސަންގު ޓީވީގެ' 'ޚަބަރަށްފަހު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ޑޮލަރެއްގެ އަގު މިހާރު ވަނީ 21 ރުފިޔާއަށް އަރާފައި ކަމަށާ، އެ ދަށްކުރެވެންވެސް ސަރުކާރަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ. 

ދިވެހި ދައުލަތަށް އެބަލިބޭ ޑޮލަރު. އާމްދަނީ އެބަލިބޭ. އެހެންނަމަވެސް ޚަރަދުކުރަން ހުރި ޚަރަދު ވަރަށް ބޮޑު. އޭގެ ތެރޭގައި ދަރަނި އަނބުރާ ދައްކަން ކުރަންޖެހޭ ޚަރަދު އެއީ އެންމެ ބޮޑު އެއް ޚަރަދު… ދަރަނީގެ މައްސަލައަކީ ސަރުކާރުން އަޅުގަނޑުމެންނާއެކީގައި އިށީންދެ އިނދެގެން ވާހަކަދައްކައިގެން ހައްލެއް ހޯދަންޖެހޭނެ މައްސަލައެއް. އެހެން ނޫންނަމަ ގައުމު ވަރަށް ހިތާމަވެރި ޙާލަތަކަށް ގޮސްދާނެ

ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު 

ރައީސް ނަޝީދު މި މޭރުމުން ވާހަކަދެއްކެވިއިރު، ރާއްޖޭގެ ދަރަނި އެންމެ ބޮޑުވެގެން ދިޔައީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައެވެ. އެ ވެރިކަން ނިމިގެން ދިޔައިރު ދަރަނި 100 ބިލިއަނަށްވުރެ ވަނީ މަތިވެފައެވެ. އެކަން އެމަނިކުފާނުވެސް ނިމިދިޔަ ސަރުކާރުގެ ފަހުކޮޅުގައި ގަދައަށް ދެއްކެވިއެވެ. އަދި އަދުގެ ސަރުކާރުންވެސް އެކަން ފާހަގަކުރެއެވެ.

އެކަމާއި ގުޅިގެން ވާހަކަދައްކަވަމުން ނަޝީދު ރޭ ވިދާޅުވީ ރާއްޖެ ދަރަނިވެރި ކުރުވީ ކޮންބައެއްތޯ ބެލުމަކީ މިހާރު މުހިންމު ކަމެއް ނޫން ކަމަށެވެ. 

އިރެލެވެންޓޭ ކާކުކަން އެކަން (ދަރަނިވެރި) ކުރީ މިވަގުތު. ކޮންމެ މީހަކު އެކަން ކުރި ނަމަވެސް އެކަން އެއޮތީ ވެފައި. ދިވެހި ރާއްޖެ މިއޮތީ ވަރަށް ބޮޑަށް ދަރަނިވެރިވެފައި. އެކަމަކަށް އިންކާރެއް ނުކުރެވޭނެ. އަޅުގަނޑެއް ނުދަން އެ ބަހުސަކަށް. ކާކުތޯ އެކަން ކުރީ. އަޅުގަނޑުގެ ވާހަކައަކީ މިއޮތީ އެކަން ވެފައޭ…ކިތަންމެ ވަރަކަށް ފަހަތަށް އެނބުރި އެއީ އެވެނިބައެއް ކުރި ކަމެކޭ، މިވެނި ބައެއް ކުރިކަމެކޭ ކިތަންމެ ބާރަށް ކިޔަސް މިކަން މިއޮތީ ވެފައި

ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު 

ނަޝީދު ވިދާޅުވީ، ދަރަނިވެރިކުރުވި މީހުންގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ދެން ކުރަނޖެހޭ ކަމަކީ އެކަމުގެ ހައްލު ހޯދައި، ރާއްޖޭގެ ރައްޔިތުންނަށް އިގްތިޞާދީ ގޮތުން ރަނގަޅު މުސްތަގުބަލެއް ހޯދުމުގެ މަސައްކަތް ކުރުން ކަމަށެވެ. 

އެމްޑީޕީއަށް ހައްލު ހޯދޭނެ. އަޅުގަނޑުގެ ހިތުގައި އެކަމަށް އެއްވެސް ޝައްކެއް ނެތް. އަޅުގަނޑުމެންނަށް ހައްލު ހޯދޭނެ. އަޅުގަނޑަށްވެސް އެނގޭ ހައްލު

ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު 

ރާއްޖޭގެ ދަރަނީގެ ތަފާސްހިބާތުތަކަށް ބަލާއިރު، ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ 30 އަހަރުގެ ވެރިކަން ނިމިގެންދިޔައިރު 5.7 ބިލިއަން ރުފިޔާގެ ދަރަނި އޮތެވެ. އެފަހުން އައި ނަޝީދުގެ ގާތްގަނޑަކަށް ތިން އަހަރުވީ ވެރިކަމުގައި 17.3 ބިލިއަން ރުފިޔާގެ ދަރަނި އުފައްދައި ޖުމްލަ ދަރަނި 23 ބިލިއަނަށް އެރިއެވެ. ދެން އައި ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަން ނިމުނު އިރު ޖުމްލަ ދަރަނި އޮތީ 45 ބިލިއަނުގައެވެ. އެއީ އެވެރިކަމުން އުފެއްދި 22.1 ބިލިއަނާއި ވާރުތަވީ ދަރަންޏާއެކުއެވެ. އެއަށްފަހު ރާއްޖޭގެ ދަރަނި އެންމެ ބޮޑަށް މަތިވެ، ޖުމްލަ ދަރަނި 126 ބިލިއަނަށް އެރީ ނިމިދިޔަ ރައީސް ޞާލިޙްގެ ވެރިކަމުގައެވެ.  އެ ވެރިކަމުގައި އެކަނިވެސް 60 ބިލިއަން ރުފިޔާގެ ދަރަނި އުފެއްދިއެވެ. 

ކޮމެންޓް
🥵
މިހިރަ އެއްޗަކާއެވެ!
18 Jun 2026
ގުޅޭ ލިޔުންތައް
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި