ބްރެޒިލް އާއި ހައިޓީ ބައްދަލުކުރި މެޗްގައި ކޫންޔާ.... ފޮޓޯ؛ ސްކައި ސްޕޯޓްސް
ކުޅިވަރު
20 Jun 2026 | 08:33
ކޫންޔާގެ ގޯލްތަކާއެކު، ތާވަލްގެ ކުރީގައި ބްރެޒިލް ހަމަޖެހިލައިފި

ހައިޓީ ބަލިކޮށް ވަރލްޑްކަޕް ގްރޫޕް ސީގެ ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ.

ބްރެޒިލް އާއި ހައިޓީ ބައްދަލުކުރިމެޗް، ބްރެޒިލް ކާމިޔާބުކުރީ 3-0 ގެ ނަތީޖާއިންނެވެ. މެޗްގައި ފެނިގެންދިޔަ ހުރިހާ ގޯލެއްވެސް ޖަހާފައިވަނީ، ފުރަތަމަ ހާފްގެ ތެރޭގައެވެ. މި މެޗްގައި ބްރެޒިލްގެ ކޫންހާ ވަނީ ދެ ލަނޑު ޖަހައުދީފައެވެ. އެގޮތުން ފުރަތަމަ ލަނޑު ޖަހާފައިވަނީ، 23 ވަނަ މިނެޓް ތެރޭގައެވެ. އަދި ދެވަނަ ލަނޑު ޖަހާފައިވަނީ، 36 ވަނަ މިނެޓްތެރޭގައެވެ.

ބްރެޒިލްގެ ތިންވަނަ ލަނޑު ޖަހައިދިނީ، ވިނީޝިއަސް ޖޫނިއާ އެވެ. ހައިޓީއާ ދެކޮޅަށް ނިކުންްއިރު އެންމެފަހުން މޮރޯކޯއާ ދެކޮޅަށް ކުޅުނުމެޗް އެއްވަރުވުމުން މިމެޗް ކާމިޔާބުކުރުން ބްރެޒިލްއަށް އޮތީ މަޖުބޫރުވެފައެވެ. ރެޒިލަށް މި މެޗުގައި ކުރިމަތިވި ހަމައެކަނި ހިތްދަތި ކަމަކީ މެޗުގެ 40 ވަނަ މިނެޓުގައި އަނިޔާގެ ސަބަބުން ރަފީނިއާ ބަދަލުކުރަން ޖެހުމެވެ.

ރަފީނިއާގެ ބަދަލުގައި ބޯންމައުތަށް ކުޅެމުން އަންނަ ރަޔާން ކުޅެން އެރިއިރު، ނޭމާ އަދިވެސް ހުރީ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއިން މުޅިން ރަނގަޅު ނުވެއެވެ. މެޗުގެ ދެވަނަ ހާފުގައި ޒުވާން ކުޅުންތެރިޔާ އެންޑްރިކް ވަނީ އޭނާގެ ފުރަތަމަ ވޯލްޑް ކަޕް މެޗު ކުޅެފައެވެ.

މި މޮޅާއެކު ލަނޑުގެ ތަފާތުން ބްރެޒިލް މިހާރު އޮތީ ގްރޫޕް ސީގެ އެއްވަނައިގައެވެ. ނަމަވެސް، އަންނަ ބުދަ ދުވަހު ސްކޮޓްލޭންޑާ ދެކޮޅަށް ކުޅޭ ފަހު މެޗަކީ ގްރޫޕްގެ އެއްވަނަ ކަށަވަރުކުރުމަށް މުހިންމު މެޗެކެވެ. ކުޅުނު ދެވަނަ މެޗުން ބަލިވުމާއެކު، ހައިޓީ ވެފައިވަނީ މި މުބާރާތުން ކަޓައިގެންދިޔަ ފުރަތަމަ ގައުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.